23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ވަން ޕްލަސް

ވަން ޕްލަސް 6 އޮފިޝަލްކޮށް ލޯންޗްކޮށްފި

 • ވަން ޕްލަސް 6 ގެ ސްކްރީނަކީ 6.28 އިންޗްގެ އެމޮލެޑް ޑިސްޕްލޭއެއް
 • ވަން ޕްލަސް 6 ގައި ފޭޝަލް ރިކޮގްނިޝަން އަދި ފިންގަރޕްރިންޓް އަންލޮކް ވެސް ހިމެނޭ
 • ފޯންގެ ފަހަތުގައި އެއްކޮށް ހުންނާނީ ބިއްލޫރި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 17 މެއި 2018 | ބުރާސްފަތި 16:42 | |

މަގުބޫލް

 1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ވަން ޕްލަސް 6 -- ގެޓީ އިމޭޖާސް

ދުނިޔޭގެ ސްމާޓްފޯން މާކެޓްގެ އެންމެ ކުރީގައި ފައިތިލަ ސާބިތުކޮށްފައިވާ ޗައިނާގެ "ވަން ޕްލަސް" ކުންފުނިން އެ ކުންފުނީގެ އައު ފްލެގްޝިޕް ކަމަށްވާ "ވަން ޕްލަސް 6" އޮފިޝަލްކޮށް ލޯންޗްކޮށްފިއެވެ.  

ވަން ޕްލަސް 6 ގެ ސްކްރީނަކީ 6.28 އިންޗްގެ އެމޮލެޑް ޑިސްޕްލޭއެކެވެ. މި ޑިސްޕްލޭއިން ފުލް އެޗްޑީ ޕްލަސްކޮށް 2280 X 1080 މަންޒަރު ފެންނާނެއެވެ.

މި ފޯންގެ އެންމެ ހާއްސަ ސިފައަކީ ފޯނުގެ ސްޕީޑެވެ. އެގޮތުން ފޯންގައި އަޅުވާފައިވާ ކުއަލްކޮމް ސްނެޕްޑްރެގަން 845 ޕްރޮސެސަރާއި އެޑްރެނޯ 635 ޖީޕީޔޫގެ ސަބަބުން ފޯން ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ހުއްޓުމެއްނެތި ފޯން ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން ވަން ޕްލަސްއިން ވަނީ ދީފައެވެ.

މި ފޯން ގަންނަ ފަރާތްތަކަށް 6 ޖީބީ ރެމް ނުވަތަ 8 ޖީބީ ރެމްގެ ވާރޝަން އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ހަމައެހެންމެ ވަން ޕްލަސްއިން ތިން ސްޓޯރޭޖް ރޭންޖެއް ބާޒާރަށް ނެރޭނެއެވެ. އެއީ 64 ޖީބީ އާއި 128 ޖީބީ އާއި 256 ޖީބީގެ ފޯންތަކެވެ.

ވަން ޕްލަސް 6 ގައި ފޭޝަލް ރިކޮގްނިޝަން އަދި ފިންގަރޕްރިންޓް އަންލޮކް ވެސް ހިމެނިފައިވެއެވެ. މީގެއިތުރުން އިންފިނިޓީ ޑިސްޕްލޭއެއް ހުންނައިރު ފޯނުގެ މޫނުމަތިން ޖާގަ ދެވިފައިވަނީ ސެންސަރު ތަކަށާއި ފްރޮންޓް ކެމެރާއަށް އެކަންޏެވެ. މި ޖާގަ ދިނުމުގެ ގޮތުން އައިފޯން 10 އެއްގައި ހުންނަ ވަރުގެ ނޮޗެއް މި ފޯންގެ ޑިސްޕްލޭގައި ވެސް ހުންނާނެއެވެ. މިފަހަރުގެ ފޯންގައި ވެސް ޔޫއެސްބީ ޓައިޕް ސީ ޕޯޓެއްގެ އިތުރުން ހެޑްފޯން ޖެކެއް ވެސް ހުންނާނެއެވެ.

ވަން ޕްލަސްގެ ފޯންތަކަކީ ވަރުގަދަ ކެމެރާތަކާއެކު ނެރޭ ފޯންތަކަށްވާއިރު ވަން ޕްލަސްގައި ވަންގެ ފްރޮންޓް އަދި ބެކް ކެމެރާއަކީ ވެސް މާކެޓުގައި ހުރި އެންމެ ކޮލިޓީ ކެމެރާތަކާއި ވާދަކުރާނެ ކެމެރާތަކެކެވެ. ފްރޮންޓް ކެމެރާއިން 2.0 އެޕާރޗާރ ގައި 20 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެއެވެ. ފޯންގެ ފަހަތުގައި ޑުއަލް ކެމެރާ ހަރުކުރެވިފާއިރު އޭގެތެރެއިން އެއް ކެމެރާއަކީ 1.7 އެޕާރޗާރ ގައި 16 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެ ކެމެރާއެކެވެ. ދެވަނަ ކެމެރާއިން ހަމަ އެ އެޕާރޗާރގައި 20 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެއެވެ.

ވަން ޕްލަސްގެ ވަންގެ އެތެރޭގައި ވަނީ އެންޑްރޮއިޑް އޯރިއޯއަށް ބޭސްކޮށްފައިވާ އެ ކުންފުނީގެ އަމިއްލަ އޯއެސް ކަމަށްވާ އޮކްސިޖެން އޯއެސްއެވެ. ފޯންގެ ފަހަތުގައި އެއްކޮށް ހުންނާނީ ބިއްލޫރިއެވެ.

މިފަހަރު ފޯން ނެރުމަށް ހަމަޖެހިފައިވަނީ ތިން ކުލަ އަކުންނެވެ. އެއީ މިރާރ ބްލެކް އާއި މިޑްނައިޓް ބްލެކް އަދި ސިލްކް ވައިޓްއެވެ. ހަމައެހެންމެ އެ ކުންފުނިން ވަނީ މާވެލްއިން ނެރެފައިވާ ހިޓް ފިލްމް ކަމަށްވާ "އެވެންޖަރސް އިންފިނިޓީ ވޯ" އަށް ހާއްސަކޮށް އެވެންޖަރސް އެޑިޝަންގެ ފޯންތަކެއް ވެސް ނެރުމަށް ނިންމާފައެވެ.

މާކެޓުގައި މި ފޯންގެ އަގުތައް ފެށޭނީ 469 ޕައުންޑްއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް