20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

މާލޭގެ މަގުތައް

ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ

  • ރަމަޟާން މަހު އެހެން މަސްތަކާއި ހިލާފަށް ގޭތަކުން ކުނިނެރޭ މިންވަރު އިތުރު
  • ރަމަޟާން މަހަށް ކުނިނެގުމަށް ދާ ވަގުތު ވެމްކޯއިން ވަނީ ކުޑަކޮށްފައި
  • މާލޭގެ ހަނި ގޯޅިތަކާއި ކަންމަތިތަކުގައި ކުނިފުނިތައް ވަރަށް ގިނަ
  • ކުނި ބަލާ އައުމަށް ވެމްކޯ ނަންބަރަށް ގުޅި ނަމަވެސް ފޯނެއް ނުނަގާ
  • ހެންވޭރުގައި ހުންނަ ހެލްތް މިނިސްޓްރީ ވަށައިގެން ކުނިވާ ޒާތުގެ ކުނި
އަމްނާ އިމާދު | @amnabinthimad

| 17 މެއި 2018 | ބުރާސްފަތި 14:34 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. އަލިދީގެ ތާއީދު އިބޫއަށް!


ހެލްތް މިނިސްޓްރީ ވަށައިގެންކުނި.. ފޮޓޯ ރާއްޖެއެމްވީ -- ރާއްޖެއެމްވީ

ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ އެވެ. މާލޭގެ އެކި ތަންތަނަށް ޚާއްސަކޮށް ކަންކަން މައްޗަށް ކުނި ޖަމާކޮށްފައި ހުރުމަކީ އާއްމުކޮށް ފެންނަ މަންޒަރުތަކެކެވެ. މިސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފައިވެއެވެ.

އެއާއިއެކު ކުރިން މާލޭގެ ގޭގެއިން އަގުނަގައިގެން ކުނިއުކަމުން އައި ބިދޭސީންވެސް ހުއްޓުވައި، އަދި އަމިއްލައަށް ކުނި އުކުން ވެސް މަނާކުރިއެވެ. މިއުސޫލާއެކު ވެމްކޯއިން ދަނީ ވަކި ވަގުތުތަކެއްގައި ގޭބިސީތަކަށް ގޮސް ކުނި އެއްކުރަމުންނެވެ. ނަމަވެސް މިއުސޫލާއެކު މާލޭގެ މަގުތަކުގެ ކަންކަން މައްޗާއި، ގޭތަކުގެ ގޯޅިތަކުގެ ކުނިތަކުން ފުރިގެން ދިޔައެވެ.

މިމައްސަލައަށް ދާއިމީ ހައްލެއް ހޯދިފައި ނުވާއިރު މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ގޭބިސީތަކުން ކުނި ނެގުމަށްދާ ވަގުތުތައް ވަނީ ކުޑަކޮށްފައެވެ. އެގޮތުން ގޭބިސީތަކުން ކުނި ނެގުމަށް ދާނެ ވަގުތަކީ ރޭގަނޑު 8 އަކުން 12 އަށް ވަނީ ހަމަޖައްސާފައެވެ. އެހެން މަސްތަކާއި ހިލާފަށް ރަމަޟާން މަހު ގޭބިސީތަކުން ކުނިނެރޭ މިންވަރު އިތުރުވާއިރު ކުނި ނެރުމަށްދާ ވަގުތުތައް ކުޑަކުރުމުން މިމައްސަލަތައް ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައިވެއެވެ. 

އެގޮތުން ރާއްޖެޓީވީގެ ޓީމުން މިއަދު މާލޭގެ ހެންވޭރު އަވަށަށް ދިއުމުން ފެނުނީ މުޅި އަވަށުގައި ކުނިވެފައިވާ ތަކެތި ހުއްޓައެވެ. ހެލްތް މިނިސްޓްރީ ވަށައިގެން ކުނި ހުރިއިރު ވިއްސާރަވުމުގެ ސަބަބުން ކުނިތައް ވަނީ މުޅި މަގު މައްޗައް ފެތުރިފައެވެ.

މަގެއްގެ ކަންމަތީގައި ކުނި ޖަމާކޮށްފައި..

މިއަދު ރާއްޖެ ޓީވީއާ ވާހަކަދެއްކި ބައެއް މީހުން ބުނީ މަގުމަތިން ކުނި ނެގުމަށް މަސައްކަތް ކުރާ ވެމްކޯ މުވައްޒަފުން ގާތު ބުނި ނަމަވެސް ކުނިނެގުމަށް ނާންނަ ކަމަށެވެ. ވެމްކޯގެ ނަންބަރަށް އެތައް ފަހަރަކު ގުޅި ނަމަވެސް ޖަވާބު ނުދޭ ކަމަށް އެމީހާ ބުންޏެވެ.

މިކުނި ތަކުގެ ސަބަބުން ގެއަށް ވަދެ ނުކުމެ ހެދުމަށް ވަނީ ދަތިތަކާއި ކުރިމަލި ލާން ޖެހިފައި.. 

" މިހާރު މިއޮތީ ބަންޑާރަ ހަސަނަށް މޫދު ހިތެކޭ ބުނާ ގޮތަށް ވެފަ. ޒިންމާ ނަގާނެ ފަރާތެއް ނެތް. ޒިންމާ ނުނެގެންޏާ ކީއްކުރަން ހަވާލުވަނީ. އެބަ ހުންނަން ނުނިދާ މިކަންމައްޗައް ކުނި އަޅާ މީހުން ބަލަން. މިގެ ވަށާގެން މިއޮތީ ކުނި. ގޭތެރެއިން ވެސް ދުވަނީ ކުނި ވަސް. ގެއަށް ވަންނަން ވެސް އެހާ ދަތި." ދުވަސްވީ އަންހެނަކު ބުންޏެވެ.

ކުނީގެ ސަބަބުން އެތަކެއް ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާ ރާއްޖެޓީވީއާ ވާހަކަދެއްކި މީހަކު ބުނީ މާލޭގައި ލޮލުރޯގާއާއި، ޑެންގޫ ހުން ފަދަ ތަފާތު ރޯގާތައް ވަރަށް ގިނަ ކަމަށެވެ.

ކުނި ގިނަ ވުމުގެ ސަބަބުން ގިނަ ބައެއްގެ އާންމުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން.. 

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. އިޖްތިމާއީ ގޮތުންނާއި ސިއްހީ ގޮތުން އަދި ގާނޫނީ ގޮތުން ބަޔަކާ ހަވާލު ކޮށްފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް.  ހެންވޭރު އަވަށު އޮފީހުން މިކުނިތައް އުކާލި ދުވަސްވަރު މާލޭގެ މަގުތައް މިގޮތަށް އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ. އަނެއްކާ ހައުސިން މިނިސްޓްރީން މިމަސައްކަތް ކުރެއްވިއިރު ވެސް އެކަށީގެންވާ ރަނގަޅު ގޮތެއްގައި މިމަސައްކަތް ކުރެވިގެން ދިޔަ . އެހެން ނަމަވެސް މިހާރު ޒިންމާދާރު ކަމެއް ނެތް ގޮތެއްގައި މާލޭގެ މަގުތަކަށް ކުނި އަޅަމުންދާތީ ވަރަށް ކަންބޮޑުވޭ. ވެރިން ފިނި ކޮޓަރީގައި ތިއްބަވައިގެން މިކަމެއް ހައްލެއް ނުވާނެ. އެބޭފުޅުން ވަޑައިގެން މާލޭގެ މަގުތަކުގެ ހާލަތު ބައްލަވަން ޖެހޭނެ" އެމީހާ ބުންޏެވެ.

ރައީސް އޮފީސް ކައިރީގައި ބަހައްޓާފައި ހުރި ކުނި ކޮތަޅުތަކެއް..

މާލެ ސިޓީއަކީ ސާފުތާހިރު ތަނަކަށް ހެދުމަށް "މާ ސާފު މާލެ"ގެ ނަމުގައި އެކިއެކި ޕްރޮގްރާމްތައް މިނިސްޓްރީތަކާއި މުއައްސަސާތަކުން އަންނަނީ ހިންގަމުންނެވެ. މިގޮތަށް މާލެތެރެ ސާފު ނުވާނެ ކަމަށާއި، ކުނި ނެގުމުގެ ގަވާއިދާ އުސޫލުތައް ދެމެހެއްޓުމަށް ހަރުދަނާ ނިޒާމެއް ގާއިމް ނުކުރެވެނީސް ކުނީގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް