18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޓީއެފްޖީ ލޯންގް ރަން

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

  • ހުރިހާ އިސްވެރިން މިއަހަރު ބައިވެރިވާނެ
  • " ލޯންގް ރަން" ކުރިއަށްދާނީ މައިގަނޑު ހަތަރު ބަޔަކަށް
އަމިނަތް ނުޒުހާ | Nuzuha

| 11 ޖެނުއަރީ 2017 | ބުދަ 03:00 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އެމްޓީސީސީގެ ހުރިހާ އިސްވެރިން ލޯންގް ރަންގައި ބައިވެރިވާން ނިންމައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ ފޮޓޯ: އާކައިވް -- ގޫގުލް

ޓޯޓަލް ފިޓްނަސް ގްރޫޕް ( ޓީއެފްޖީ) އިން ކުރިއަށް ގެންދާ ލޯންގް ރަންގައި އެމްޓީސީސީގެ ހުރިހާ އިސްވެރިން މިއަހަރު ބައިވެރިވާން ނިންމައިފިއެވެ.

އެމްޓިސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވީ ލޯންގް ރަން 2017ގައި އެމްޓީސީސީގެ ވެރިން އިސްނަގައިގެން ބައިވެރިވުމަށް ނިންމެވި މައިގަނޑު ސަބަބަކީ، މި ކުންފުނީގެ މުވައްޒަފުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނަމޫނާ ދެއްކުމުގެ އިތުރުން މިފަދަ ހަރަކާތްތަކުކައި އަމަލީގޮތުން ބައިވެރިވެ ދުޅަހެޔޮ މަސައްކަތުގެ ވެއްޓެއް ބިނާކޮށް، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުން ކަމަށެވެ.
އެމްޓީސީސީގެ މުވައްޒަފުން ވަނީ 2016 ވަނަ އަހަރު ޓީއެފްޖީ އިން ކުރިއަށް ގެންދިޔަ " ލޯންގް ރަން" ދުވުމުގައިވެސް ބައިވެރިވެފައެވެ.

ޓީއެފްޖީ އިން 2012 އަހަރުން ފެށިގެން ކުރިއަށް ގެންދާ " ލޯންގް ރަން" އަކީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލެވިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން، ބައިވެރިން ދުވާނީ ފުލް މެރަތަން، ހާފް މެތަރަން، 10ކިލޯ މީޓަރު އަދި 5 ކިލޯ މީޓަރަށެވެ.

ޓީއެފްޖީގެ ސީއީއޯ ހުސެން ޒިނާން ވިދާޅުވީ ޢެމްޓީސީސީގެ އެންމެހާ އިސްވެރީން މިއަހަރުގެ ލޯންގް ރަންގައި ބައިވެރިވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް، ޓިއެފްޖީގެ ފަރާތުން ހުރިހާ ބައިވެރިންނަށްވެސް އެންމެ އެކަށިގެންވާ ތަމްރީނުތައް ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެމްޓީސީސީއަށް ދޭކަމަށެވެ.

މީޑިޔާ އޮފިޝަލް އިތުރަށް ވިދާޅުވީ ދުޅަހެޔޮކަން އިތުރުކޮށްދޭ ހާއްސަ ޕްރޮގްރާމެއް ޓިއެފްޖީއާ ގުޅިގެން އެމްޓީސީސީގެ މުވައްޒަފުންނަށް ހިންގުމަށް އެއްބަސްވުމެއްގައި ދާދިފަހުންވެސް ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ފިޓްނަސް ޗެލެންޖް ޕްރޮގްރާމްގައި އެންމެ ރަނގަޅު ބައިވެރިޔަކަށް ޓީއެފްޖީގެ ހިލޭ މެމްބަޝިޕް ލިބިގެންދާނެކަމަށެވެ.

އެމްޓީސީސީ އަކީ، ދިވެހި ރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓް ބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީ ތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމްގެ ރާއްޖޭގެ އެޖެންޓެވެ. އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮއްދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް