17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ޔާމީން ބަންދުކުރި މައްސަލަ

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

  • ޓެރަރިޒަގެ ކުށުގެ އެއްވެސް ޢަމަލެއް ރައީސް މުޙައްމަދު ނަޝީދު ހިންގާފައިނުވާނެ
  • ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކުގެ ހިންގުން ހުއްޓުވައި ޑިމޮކްރަޓިކް ނިޒާމް ނެތިކޮށްލާފައިވާކަމީ ދިވެހިންނަށް ލިބޭ ނިކަމެތިކަމެއް
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 11 ޖެނުއަރީ 2017 | ބުދަ 02:05 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައި -- ގޫގުލް

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވާފައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދައުލަތުން ކުރައްވާ ކަމެއް ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ދިފާޢީ ބާރުގެ ބެއްލެވުމުގެ ދަށުން މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން، އާރަށުގައި ބެހެއްޓިކަމަށް ބުނާ މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރަން ދައުލަތުން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ. ޕްރޮސެކިއުޓަރ ޖެނެރެލްގެ ޤާނޫނީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރައްވައި އެ މައްސަލަ އަނބުރާ ފޮނުވާލުމަށް ގޮވާލާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޓެރަރިޒަމްގެ ކުށުގެ އެއްވެސް ޢަމަލެއް ރައީސް މުޙައްމަދު ނަޝީދު ހިންގާފައިނުވާ ކަމަށާއި، ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެއް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި ކުރިން ޢަމަލުކުރަމުން ގެންދިޔަ ޓެރަރިޒަމް ގާނޫނު މިހާރު އުވާލެވިފައި ވާއިރު، ބާތިލްކޮށްފައިވާ ގާނޫނެއްގެ ދަށުން ދައުވާއެއް ކުރަން އުޅުމަކީ ގާނޫނީ އުސޫލުތައް ނިޔާކުރާ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީން އިންތިޚާބުވެވަޑައިގަތުމަށްފަހު ސިޔާސީ ދައުވާތައް އިންތިހާއަށް އިތުރުވެ، ޤާނޫނު އަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކޮށްފައިވާކަމަށާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި، ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކުގެ ހިންގުން ހުއްޓުވައި ޑިމޮކްރަޓިކް ނިޒާމް ނެތިކޮށްލާފައިވާކަމަށް ބަޔާނުގައި ބުނެ އެވެ. އެއީ ދިވެހިންނަށް ލިބޭ ނިކަމެތިކަމެއް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެެވެ. 

އެހެންކަމުން ކަންކަމުގެ މެދުވެރިންނަށް ދައުލަތުގެ މުވައްސަސާތައް ވުން ދުރުވެ ގާނޫނުގެ ވެރިކަން ހިންގެވުމަށް ބާރު އެޅުއްވުމަށް ރައީސް ނަޝީދުގެ އޮފީހުން ވަނީ ގޮވާލާފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުލަކު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ޔާމީން ހުންނެވިއިރު، އޭނާ ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާކުރުމަށް ފޮނުވާފައިވަނީ ދެ ބޭފުޅެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދައުވާ ކުރުމަށް ފޮނުވީ ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ޑިފެންސް މިިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. 

އޮފިޝަލް ވިދާޅުވީ އަމީން ފައިސަލްގެ މައްޗަށް ދައުވާކޮށްފައި ވާއިރު، ރައީސް ނަޝީދުގެ މައްޗަށް ދައުވާ ނުކުރެވި ވަނީ، އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ. އަދި މިހާރު އެ ކަންތައްތައް ފުރިހަމަ ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް