23 އޭޕުރިލް 2019 | އަންގާރަ | 03 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފީފާ ވޯލްޑް ކަޕް 2018

ހާރޓް އަދި ވިލްޝެއަރ ބާކީކޮށް އިނގިރޭސިވިލާތުގެ ސްކޮޑް އިއުލާންކޮށްފި

 • މި ސީޒަނުގައި މި ދެ ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ
 • ސްކޮޑްގައި ޖުމްލަ 23 ކުޅުންތެރިން ތިބޭނެ
 • ފަސް ކުޅުންތެރިޔަކު ސްޓޭންޑް ބައިގައި ތިބޭނެ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 16 މެއި 2018 | ބުދަ 20:07 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 5. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 8. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!


އިނގިރޭސި ގައުމީ ޓީމް ރަހުމަތްތެރިކަމުގެ މެޗެއްގެ ކުރިން -- ގެޓީ އިމޭޖާސް

ވެސްޓް ހަމް ޔުނައިޓެޑްގެ ކީޕަރު ޖޯ ހާރޓް އަދި އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެއަރ ބާކީކުރުމަށްފަހު މިފަހަރުގެ ވޯލްޑް ކަޕަށްދާ އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ސްކޮޑް އިއުލާންކޮށްފިއެވެ.

މި ދެކުޅުންތެރިން ބާކިކޮށްފައިވާއިރު މި ސީޒަނުގައި މި ދެ ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި ދެކުޅުންތެރިން ބާކީކުރި ނަމަވެސް ޗެލްސީގެ ޑިފެންޑަރު ގެރީ ކޭހިލް އަދި އެ ޓީމުގެ މިޑްފީލްޑަރު ރޫބެން ލޮފްޓަސް ޗީކް ވަނީ ފުރުސަތު ދީފައެވެ. ހަމައެހެންމެ ބާންލީގައި ރަނގަޅު ކުޅުމެއް މި ސީޒަނުގައި ދެއްކި ކީޕަރު ނިކް ޕޯޕް ވަނީ ސްކޮޑުގައި ހިމަނާފައެވެ.

ޖުމްލަ 23 ކުޅުންތެރިންގެ ސްކޮޑެއް އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ގެރެތު ސައުތުގޭޓް ނަގާފައިވާއިރު އެ ކުޅުންތެރިންގެ އިތުރުން ސްޓޭންޑްބައިގައި ފަސް ކުޅުންތެރިޔަކު ތިބޭނެއެވެ. އެ ކުޅުންތެރިން ތެރޭގައި ހިމެނެނީ ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ އާއި ބާންލީގެ ކީޕަރު ޓޮމް ހީޓަން އާއި ބޯންމައުތުގެ ލުއިސް  ކުކް އަދި ވެސްޓް ބްރޮމްގެ މިޑްފީލްޑަރު ޖޭކް ލިވަރމޯގެ އިތުރުން ކްލެރެޓްސްގެ ޑިފެންޑަރު ޖޭމްސް ޓާކޯސްކީއެވެ.

ސްކޮޑް އިއުލާންކުރުމަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ މިއީ ވަރަށް ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް ކަމަށާއި މި ކުޅުންތެރިންނަކީ ތަޖުރިބާ ވެސް ލިބިފައިވާ ކުޅުންތެރިންނަށް ވުމާއެކު މުބާރާތުގެ ރަނގަޅު ހިސާބަކަށް ދަތުރުކުރެވޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

އިނގިރޭސިވިލާތުން ނެގި 23 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: ޖެކް ބަޓްލޭންޑް (ސްޓޯކް ސިޓީ)، ޖޯޑަން ޕިކްފޯޑް (އެވަޓަން)، ނިކް ޕޯޕް (ބާންލީ)

ޑިފެންޑަރުން: ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް (ލިވަޕޫލް) ގެރީ ކޭހިލް (ޗެލްސީ) ކައިލް ވޯކަރ، ފަބިއަން ޑެލްފް، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ) ހެރީ މެގަޔަރ (ލެސްޓާ ސިޓީ)، ކިއެރަން ޓްރިޕިއާ، ޑެނީ ރޯސް (ޓޮޓެނަހަމް ހޮޓްސްޕަރސް)، އޭޝްލީ ޔަންގް، ފިލް ޖޯންސް (މެންޗެސްޓާ ޔުނައިޓެޑް)

މިޑްފީލްޑަރުން: އެރިކް ޑަޔަރ، ޑެލޭ އަލީ (ޓޮޓެންހަމް ހޮޓްސްޕަރސް)، ޖެސޭ ލިންގާޑް (މެންޗެސްޓާ ޔުނައިޓެޑް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް) ރޫބެން ލޮފްޓަސް ޗީކް (ޗެލްސީ)

ފޯވާޑުން: ޖެއިމީ ވަރޑީ (ލެސްޓާ ސިޓީ)، މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)، ޑެނީ ވެލްބެކް (އާސެނަލް) ހެރީ ކޭން (ޓޮޓެންހަމް ހޮޓްސްޕަރސް)

މިފަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ޓިއުނީޝިއާ އަދި ޕެނަމާގެ އިތުރުން ބެލްޖިއަމްއާއެކު ގްރޫޕް ޖީ ގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 18 ވަނަ ދުވަހު ޓިއުނީޝިއާ އާއި ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން މަހުގެ 24 ވަނަ ދުވަހު ޕެނަމާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ އެންމެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ އޭގެ ހަތަރު ދުވަސްފަހުން ބެލްޖިއަމްއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކާމިޔާބްކުރުމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް