15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ދިރާގު ޕްރޮމޯޝަން

ބޮޑެތި އިނާމްތަކާއެކު ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް މިފަހަރު ވަރަށް ފުރިހަމަ

 • އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ކަސްޓަމަރަކަށް އުމުރާ ދަތުރެއް ލިބޭނެ
 • ޑޭޓާ ޕެކްތައް ބައްލަވައިގަތުމަށް ހޭދަކުރައްވާ ހަރަދުގެ 10 އިންސައްތަ ޓައިނީ ހާރޓްސްއަށް ދިނުމަށް ވަނީ ނިންމާފައި
 • އިންސްޓަގްރަމް އަދި ޓްވިޓަރ މެދުވެރިކޮށް ހާއްސަ ޕްރޮމޯޝަންތައް ހިންގާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 16 މެއި 2018 | ބުދަ 17:22 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ނޫސްވެރިންނަށް ޕްރޮމޯޝަންސްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ -- ފޮޓޯ : އަރުޝަމް އަބްދުލް ޢަޒީޒް

ބޮޑެތި އިނާމްތަކާއެކު ދިރާގުން މިފަހަރު ރޯދަމަހަަށް ހާއްސަ ޕްރޮމޯޝަންތައް ފަށައިފިއެވެ.

މިފަހަރުގެ ރޯދަ ޕްރޮމޯޝަން އެންމެ ހާއްސަ ވެގެންދާ މައިގަނޑު ސަބަބަކީ އަލަށް ތައާރަފް ކުރެވުނު ޑޭޓޭ ޕެކްތަކާއެކު އެ ކުންފުނީގެ ކަސްޓަމަރުން ޑޭޓާ ޕެކްތައް ބައްލަވައިގަތުމަށް ހޭދަކުރައްވާ ހަރަދުގެ 10 އިންސައްތަ ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވިސްއަށް ހަދިޔާކުރަން ހަމަޖެހިފައިވާ ވުން ކަމަށް ދިރާގުން ބުނެފައިވެއެވެ.

އެގޮތުން ދިރާގުން ވަނީ މިފަހަރުގެ ރޯދަ މަހަށް ހާއްސަ ދެ ޑޭޓާ ޕެކެއް ތައާރަފްކޮށްފައެވެ. ދިރާގުން ބުނީ 1.5 ޖީބީ 120 ރުފިޔާއަށް ލިބޭއިރު 250 ރުފިޔާއަށް ހަތަރު ޖީބީ ލިބޭނެ ކަމަށެވެ. ހަމައެހެންމެ ޑޭޓާ ޕެކްތަކާއެކު މަގްބޫލު ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުމަށް ހިލޭ އެއް ޖީބީ ލިބޭނެ ކަމަށް ވެސް ދިރާގުން ހާމަކޮށްފައިވެއެވެ.

ހަމައެހެންމެ ދިރާގުން ވަނީ މިފަހަރު ރޯދަ މަހު އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު ދެ މީހުންނަށް އުމުރާ ދަތުރެއް ދިނުމަށް ނިންމާފައެވެ.

ރާއްޖޭގައި އެންމެ މަގްބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރަމް މެދުވެރިކޮށް ވެސް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ހިންގާނެއެވެ. އެގޮތުން #RoadhaMoments ޖައްސަވައިގެން ރޯދަމަހުގެ އެކި މަންޒަރުތައް ހިއްސާކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވާލެވޭ ފަރާތަކަށް ދިރާގުން ގޯޕްރޯ ހީރޯ 6 ދޭން ވަނީ ނިންމާފައެވެ.

މީގެއިތުރުން ޓްވިޓަރ މެދުވެރިކޮށް ވެސް ދިރާގުން މި ރޯދަމަހު ހާއްސަ ޕްރޮމޯޝަނެއް ހިންގާނެއެވެ. އެގޮތުން ދިރާގުން ކޮންމެ ރެޔަކު 10 ޖަހާއިރު މެކްރޯ ފޮޓޯއެއް ޕޯސްޓްކުރާއިރު #Meekoacheh   ހޭޝްޓެގް ޖެހުމަށްފަހު އެ ފޯޓޯގައި އިނީ ކޮންއެއްޗެއްކަން ގެސްކުރުމުން ކޮންމެ ހަފްތާއަކު އެންމެ ގިނަ ރަނގަޅު ޖަވާބް ދޭ ޓްވީޕަކަށް ފަސް ބޭފުޅުންގެ ރޯދަ ވީއްލުމެއް ސީހައުސް ރެސްޓޯރަންޓްއިން ހަދިޔާކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް "ދިވެހިންގެ ރަހަ" ނަމުގައި ދިރާގުން ކުރިޔަށް ގެންދިޔަ ތަފާތު ދިވެހި ކެއުންތައް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ ވީޑިއޯތައް މިއަހަރުގެ ރޯދަމަހުވެސް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަސް މެދުވެރިކޮށް ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

މިއަހަރުގެ ރޯދަމަހު ވެސް ސައުދީ އަރަބިއްޔާއަށް ހެޔޮ އަގުގައި ގުޅޭނެ ދޮރު ދިރާގުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ޕްރޮމޯޝަން ކޯޑް ޖެއްސެވުމަށްފަހު ސައުދީއަށް މިނެޓަކު އެންމެ 1.88 ރުފިޔާއަށް ގުޅޭނެ ކަމަށް ދިރާގުން ބުނެއެވެ. މި އޮފަރ ކުރިޔަށްދާނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހު ނިޔަލަށެވެ.

ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ދިރާގުގެ ކަސްޓަމަރުންނަށް ޒަކާތް ދެއްކޭނެ މަގު އެ ކުންފުނިން ވަނީ ފަހިކޮށްދީފައެވެ. ޕްރީޕެއިޑް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ހާމަކޮށްފައިވާއިރު އެ ހިދުމަތް ހޯއްދެވުމަށް ގުޅަން ޖެހޭނީ *123*8# ކަމަށް ދިރާގުން ބުނެފައިވެއެވެ. މިއަހަރު ވެސް ނަމާދު އެލާޓްގެ ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.

ދިރާގުން ބުނީ ރޯދަމަހަކީ ހާއްސަ މަހަކަށްވުމާއެކު އެ ކުންފުނިން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް