23 މެއި 2018 | ބުދަ | 04 ރޯނު

ޑރ ޖަމީލު

އަންވަރު ފަދަ ބޭފުޅުންގެ މަސައްކަތްފުޅުތަކުން ހިތްވަރު ލިބިގަންނަން ޖެހޭ: ޑރ ޖަމީލް

  • އަންވަރަކީ އިސްލާހީ މަސައްކަތްތައް ކުރުމުގައި ލާމަސީލު ލީޑަރެއް
  • މުސްލިމް އުންމަތްތަކުން އަންވަރު ކަހަލަ ބޭފުޅުން ނަމޫނާ އަކަށް ބަލަންޖެހޭ
  • އަޒުމާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ
އަމްނާ އިމާދު | @amnabinthimad

| 16 މެއި 2018 | ބުދަ 17:17 | |

ކުރީގެ ނައިބް ރައީސް ޑރ ޖަމީލު -- ފޮޓޯ : އަޒުމޫން އަހުމަދު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު އަންވަރު އިބްރާހިމް ފަދަ ބޭފުޅުންގެ މަސައްކަތްފުޅު ތަކުން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބު އަންވަރު މިނިވަންކުރުމާއި ގުޅިގެން މަރުހަބާ ދަންނަވާ ކުރައްވާފައިވާ ޓްވީޓެއްގައި ޑރ ޖަމީލު ވިދާޅުވީ އަންވަރަކީ އިސްލާހީ މަސައްކަތްތައް ކުރުމުގައި ލާމަސީލު ލީޑަރެއް ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ ޑިމަކްރަސީއާ، އިންސާނީ ހައްގުތައް ދެމެހެއްޓުމަށް އަންވަރު ކުރައްވާފައިވާ މަސައްކަތްތަކުން ބާރާއި، ހިތްވަރު ލިބިގަންނަންޖެހޭ ކަމަށެވެ. އަދި މުސްލިމް އުންމަތްތަކުން އަންވަރު ކަހަލަ ބޭފުޅުން ނަމޫނާ އަކަށް ބަލަންޖެހޭ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަންވަރު މިނިވަންވުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ކަމެއް ހާސިލް ކުރުމަށް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށެވެ.

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު ދެވަނަ ފަހަރަށް ޖަލަށް ލެއްވީ 2015 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގްގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ޖަލު ހުކުމް އިއްވީ އޭނާގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެންނެވުމަށް ނަޖީބު ބޭނުންފުޅުވެގެން ކަމަށާއި، ހިންގީ ސިޔާސީ ޝަރިއަތެއް ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގެ އާންމު އިންތިހާބުގައި އެގައުމުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން ރާއްޖޭގެ ސިޔާސީ އިދިކޮޅި ފަރާތްތަކުން ވަނީ އުފާފާޅު ކުރައްވާފައެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވައިފިނަމަ ލިބިވަޑައިގަންނަވާނީ ހަމަ އެ ނަތީޖާ ކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް