24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

ފީފާ ވޯލްޑް ކަޕް 2018

ގޯޓްޒޭ ބާކީކޮށް ޖަރުމަނުގެ ސްކޮޑް އިއުލާންކޮށްފި

  • އަނިޔާގައި މިވަގުތު ހުރި މެނުއެލް ނޯޔާއަށް ވަނީ ފުރުސަތު ދީފައި
  • ޖުމްލަ 27 ކުޅުންތެރިން ސްކޮޑް ގައި ހިމެނޭ
  • ޖަރުމަނު ހިމެނިފައިވަނީ މެކްސިކޯ އަދި ސްވިޑެންގެ އިތުރުން ދެކުނު ކޮރެއާ އާއެކު ގްރޫޕް އެފްގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 16 މެއި 2018 | ބުދަ 16:58 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ކޮޅަށް ގޯޓްޒޭ ލަނޑު ޖަހަނީ -- ގެޓީ އިމޭޖާސް

ޖަރުމަނުގެ ގައުމީ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފައިނަލް މެޗުގައި އާޖެންޓީނާ ކޮޅަށް ލަނޑުޖެހި މާރިއޯ ގޯޓްޒޭ ބާކީކޮށް މިއަހަރުގެ ވޯލްޑް ކަޕަށްދާ އެގައުމުގެ ގައުމީ ޓީމުގެ ސްކޮޑް އިއުލާންކޮށްފިއެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް މި ސީޒަނުގައި ކުޅުނު ގޯޓްޒޭއަށް ފުރުސަތު ދީފައިނުވާއިރު އަނިޔާގައި މިވަގުތު ހުރި މެނުއެލް ނޯޔާއަށް ވަނީ ފުރުސަތު ދީފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އެއްވެސް މެޗެއް ކުޅެފައިނުވާ ނޯޔާއަށް ފުރުސަތު ދީފައިވާއިރު ބެލެވޭ ގޮތުގައި އޭނާއަށް އެންމެ އަވަހަށް ވެސް މެޗެއް ކުޅެވޭނީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް 2006 ވަނަ އަހަރުގެ ފަހުން އިރުޝާދު ދެމުން އަންނަ ޔޯކިމް ލޯ ވެސް ވަނީ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. ފާއިތުވެދިޔަ ހަތަރު ވޯލްޑް ކަޕްގައި ވެސް ޖަރުމަނުން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. 27 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް އިއުލާންކޮށްފައިވާއިރު މުބާރާތް ފެށުމުގެ ކުރިނ ހަތަރު ކުޅުންތެރިން ސްކޮޑުން ބާކީކުރާނެއެވެ.

ޖަރުމަނުގެ ގައުމީ ޓީމުން އިއުލާންކުރި 27 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: ބާންޑް ލީނޯ (ބަޔާ ލެވަކޫސެން)، މެނުއެލް ނޯޔާ (ބަޔާން މިއުނިކް)، މާކް އެންޑަރ ޓަރ ސްޓީޖެން (ބާސެލޯނާ)، ކެވިން ޓްރެޕް (ޕީއެސްޖީ)

ޑިފެންޑަރުން: ޖެރޯމް ބޯޓެންގް، ޖޯޝުއާ ކިމިޗް، މެޓްސް ހުމެލްސް، ނިކްލަސް ސޫލޭ (ބަޔާން މިއުނިކް)، ޖޯނަސް ހެކްޓަރ (ކޮލޯން)، މެތިއަސް ގިންޓަރ (ބޮރޫޝިއާ މޮންޗެންގްލެޑްބެކް)، އެންޓޯނިއޯ ރޫޑިގަރ (ޗެލްސީ)، މަރވިން ޕެލްޓެންހާޓް (ހާތަރ ބަރލިން)، ޖޮނަތަން ޓަރ (ބަޔާ ލެވަކޫސެން)

މިޑްފީލްޑަރުން: އައިކޭ ގުންޑޮގަން، ލެރޯއި ސާނޭ (މެންޗެސްޓާ ސިޓީ)، ސެބެސްޓިއަން ރޫޑ (ބަޔާން މިއުނިކް)، މެސުޓް އޮޒިލް (އާސެނަލް)، ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް)، ސަމީ ކެދީރާ (ޔުވެންޓަސް)، ލިއޯން ގޮރެޓްޒްކާ (ޝާލްކޭ)، ހޫލިއަން ޑްރެކްސްލަރ (ޕީއެސްޖީ)، ހޫލިއަން ބްރަންޑްޓް (ބަޔާ ލެވަކޫސެން)

ފޯވާޑުން: މާރިއޯ ގޯމޭޒް (ސްޓުޓްގާޓް)، ތޯމަސް މުލާ (ބަޔާން މިއުނިކް) ނިލްސް ޕިޓަރސަން (އެސްސީ ފްރެއިބަރގް)، މާކޯ ރޮއިސް (ބޮރޫޝިއާ ޑޯޓްމަންޑް)، ޓީމޯ ވަރނަރ (އާރްބީ ލީޕްޒީގް)

މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ހިމެނިފައިވަނީ މެކްސިކޯ އަދި ސްވިޑެންގެ އިތުރުން ދެކުނު ކޮރެއާ އާއެކު ގްރޫޕް އެފްގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު ގްރޫޕްގެ ދެވަނަ މެޗުގައި ޖޫން މަހުގެ 23 ވަނަ ދުވަހު އެ ގައުމު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ.

ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައި މި މުބާރާތާ ކުރިމަތިލާ ޖަރުމަނު މިފަހަރުގ ތަށި ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ ބްރެޒިލްއާއެކު ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމަށެވެ. މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ ޖަރުމަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް