16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވޯލްޑް ކަޕް 2018

ނޭމާ އަދި ކުޓީނިއޯ ހިމަނައި ބްރެޒިލްގެ ސްކޮޑް އިއުލާންކޮށްފި

  • ނޭމާ ހުރީ މިވަގުތު އަނިޔާގައި
  • އަނިޔާގެ ސަބަބުން އަލްވޭސް އަށް ފުރުސަތު ދީފައެއް ނުވޭ
  • މިފަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމަކީ ބްރެޒިލް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 16 މެއި 2018 | ބުދަ 16:28 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ރަހުމަތްތެރިކަމުގެ މެޗެއްގައި ކުޅުނު ބްރެޒިލްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައެއް -- ގެޓީ އިމޭޖާސް

 

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަންއަށް ކުޅެމުން އަންނަ ފޯވާޑް ނޭމާ އަދި ބާސެލޯނާއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ހިމަނައި ބްރެޒިލްގެ ގައުމީ ޓީމުން މިއަހަރުގެ ވޯލްޑް ކަޕަށްދާ އެ ގައުމުގެ ގައުމީ ޓީމުގެ ސްކޮޑް އިއުލާންކޮށްފިއެވެ.

ބްރެޒިލްގެ ކޯޗް ވަނީ 23 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ. މި ސްކޮޑް އެކުލަވާލިއިރު އޭނާ ވަނީ އަނިޔާގައި މިވަގުތު ހުރި ނޭމާއަށް ވެސް ފުރުސަތު ދީފައެވެ. ނޭމާއަށް ފުރުސަތު ދީފައިވާއިރު އޭނާ އަންނަނީ ވޯލްޑް ކަޕަށް ފިޓްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ސްކޮޑްގައި ގިނައިން ހިމެނިފައިވަނީ ޕްރިމިއާ ލީގަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މިފަހަރުގެ ސްކޮޑުން އެންމެ ބޮޑު ނަމެއްގެ ގޮތުގައި ނުފެންނާނީ ޕީއެސްޖީގެ ޑިފެންޑަރު ޑެނީ އަލްވޭސްއެވެ. 2006 ވަނަ އަހަރުން ފެށިގެން ބްރެޒިލްއަށް ކުޅެމުން އަންނަ އަލްވޭސްއަށް މިފަހަރުގެ ވޯލްޑް ކަޕް ގެއްލުނީ ފްރެންޗް ކަޕްގެ ފައިނަލްގައި އޭނާއަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އަލްވޭސްގެ ބަދަލުގައި މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައިވަނީ މެންޗެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރި ޑިފެންޑަރު ޑެނީލޯއަށެވެ.

ބްރެޒިލްއިން އާންމުކުރި 23 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: އެލިސަން (އޭއެސް ރޯމާ)، އެޑާސަން (މެންޗެސްޓާ ސިޓީ)، ކެސިއޯ (ކޮރިންތިއަންސް)

ޑިފެންޑަރުން: ޑެނީލޯ( މެންޗެސްޓާ ސިޓީ)، ފެގްނަރ (ކޮރިންތިއަންސް)، މާސެލޯ (ރެއާލް މެޑްރިޑް)، ފިލީޕޭ ލުއިސް (އެޓްލެޓިކޯ މެޑްރިޑް)، ތިއާގޯ ސިލްވާ، މާކުއިނިއޯސް (ޕީއެސްޖީ)، މިރަންޑާ (އިންޓަ މިލާން)، ޕެޑްރޯ ގެރޯމެލް (ގްރޭމިއޯ)

މިޑްފީލްޑަރުން: ކަސިމޭރޯ (ރެއާލް މެޑްރިޑް)، ފަނާންޑީނިއޯ (މެންޗެސްޓާ ސިޓީ)، ޕައުލީނިއޯ، ފިލިޕޭ ކުޓީނިއޯ (ބާސެލޯނާ)، ފްރެޑް (ޝަކްތަރު ޑޮނޭޓްސްކް)، ރެނާޓޯ އޮގަސްޓޯ (ބެއިޖިންގ ގުއާން)، ވިލިއަން (ޗެލްސީ)، ޑަގްލަސް ކޮސްޓާ (ޔުވެންޓަސް)

ފޯވާޑުން: ނޭމާ (ޕީއެސްޖީ)، ޓައިސަން (ޝަކްރަތު ޑޮނޭޓްސްކް)، ގެބްރިއެލް ޖީސަސް (މެންޗެސްޓާ ސިޓ)، ރޮބާޓޯ ފިރްމީނޯ (ލިވަޕޫލް)

މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމުގެ ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ސްވިޓްޒަލޭންޑާއި ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން 22 ވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ސާބިއާ އާއި ދެކޮޅަށެވެ.

ބްރެޒިލް މިހާރު ރޭންކް ކުރެވިފައި އޮތީ ޖަރުމަނުގެ ފަހަތުން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައެވެ. ބްރެޒިލްއަކީ ފަސް ތަށްޓާއެކު ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބް ޓީމެވެ. މިހާތަނަށް ބޭއްވުނު ހުރިހާ ވޯލްޑް ކަޕަކަށް ވެސް ބްރެޒިލް ކޮލިފައިވެފައިވާއިރު މިފަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމަކީ ވެސް ބްރެޒިލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް