17 އޯގަސްޓު 2018 | ހުކުރު | 08 މާ
06 ޛުލްޙިއްޖާ 1439
އިޝާ 19:33
މަޣްރިބް 18:19
އަސްރު 15:28
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

އެޗްއާރުސީއެމް

އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެޗްއާރުސީއެމް އިން އެދިއްޖެ

 • އަބްދުﷲ ރަޝީދު މަރުވީ މިިދިޔަ އޮކްޓޯބަރު މަހު
 • މައްސަލައިގެ ތަހްގީގު ނިމި ދައުވާ ކުރަން ފޮނުވާފައިވަނީ ހަތް މަސްފަހުން
 • އަބްދުﷲ ރަޝީދުއާ މެދު ބަޔަކު އިހްމާލުވި ކަމަށް އާއިލާއިން ގަބޫލު ކުރޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 16 މެއި 2018 | ބުދަ 15:28 | |

މަގުބޫލް

 1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
 2. ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
 3. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
 4. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
 5. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
 6. މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ
 7. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
 8. ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި


ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދު:- އެ މައްސަލާގައި ބައެއް މީހުނަށް ދައުވާ ކުރަން ވަނީ ފޮނުވާފަ -- އަވަސް

މާފުށީގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް) އިން ތަހްގީގު ކުރުމަށްފަހު ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓަރ ޖެނަރަލް(ޕީޖީ)ގައި އެދިއްޖެ އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެޗްއާރުސީމްއިން ޕީޖީއަށް އެ މައްސަލަ ފޮނުވީ ނިމިގެންދިޔަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް އެޗްއާރުސީއެމްގެ ތަހްގީގަށް ފަހު އެ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދިފައިވަނީ ކޮން ބައެއްގެ މައްޗަށް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އެޗްއާރުސީއެމް އިން ކުރި ތަހްގީގުގައި އަބްދުﷲ ރަޝީދުގެ މަރުވެފައިވަނީ ބައެއްގެ އިހްމާލުން ކަން ވަނީ އެނގިފަ އެވެ.

އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް:- އަބްދުﷲ ރަޝީދުގެ މަރުވީ ބައެއްގެ އިހްމާލުން ކަމަށް އާއިލާއިން ގަބޫލުކުރޭ 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އެޗްއާރްސީއެމްގެ ރައީސާ އައިމިނަތު އީނާޒު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުން ގ.ކީމަ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު މަރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ އެ ކޮމިޝަނުގެ އިސްނެގުމުގެ މަތިން ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން އޭރު ހާމަ ކޮށްފަ އެއް ނުވެ އެވެ. މައްސަލަ ބަލާ ކަމަށް އެޗްއާރުސީއެމުން ހާމަ ކުރީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ސަރުކާރަށާއި އެޗްއާރުސީއެމް އަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ.

މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖަލައްލާފައި ހުއްޓާ ރަޝީދު މަރުވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ. ރަޝީދުގެ ހުކުމް ތަންފީޒުކޮށް ނިމެން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެ. ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ކަރެކްޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ރަޝީދު މަރުވެފައިވަނީ އެތެރެހަށީގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދި، ފުއްޕާމެއާއި ކިޑްނީ ފެއިލް ވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، އޭނާގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް ބުންޏެވެ. ރަޝީދުގެ އައިލާއިން ބުނެފައިވަނީ، އޭނާގެ މަރުގެ މައްސަލާގައި ކަރެކްޝަނުގެ އިހުމާލުތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބަލިވެ، އެތައް ދުވަހެއްވީ އިރުވެސް އެންމެ އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައިނުވުމާއި އެންމެ ފުރިހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އައިލާއަށް ކަންކަން ކުރަންވީގޮތް އެންމެ ފުރިހަމައަށް ކަރެކްޝަނުން ކިޔާދީފައިނުވާ ކަމަށް އައިލާއިން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް