23 މެއި 2018 | ބުދަ | 04 ރޯނު

ރާއްޖޭގެ މޫސުން

ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް

  • އުތުރާއި މެދުތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ
  • އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ
އަމްނާ އިމާދު | @amnabinthimad

| 16 މެއި 2018 | ބުދަ 14:44 | |

ވާރޭވެހި ފެން ބޮޑު ވެފައި -- ފޮޓޯ : އަޒުމޫން އަހުމަދު

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރައިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު ހެދުނު 10:00 އިން ފެށިގެން މާދަމާ ހެދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5  މޭލާ 15 މޭލާ ދެމެދުގެ ބާރު މިނުގައެވެ.

މީގެ އިތުރަށް މެޓް އޮފީހުން ބުނީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް