22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

މަގޭ ރިޕޯޓް

އަހަރުގެ ބޮޑު ޖޯކް

  • އަމުރު ނެރުނު ތިންފަނޑިޔާރުންގެ ހިތްނިޔަތް ގޯހެއް ނޫން
  • އަމުރު ތަންފީޒް ކުރަން އުޅުނު ކޮންމެ މީހަކު ޖަލަށް
  • އަމުރުގެ ބައިތައް އުނިކުރުން ސަރުކާރަށް ބަރާބަރު
އަހުމަދު މުހުސިނު | dhonbandaara

| 16 މެއި 2018 | ބުދަ 14:26 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ސުޕްރީމް ކޯޓުގައި ބާކީ ތިއްބެވި 3 ފަނޑިޔާރުން -- ފޮޓޯ : ރާއްޖެ އެމްވީ

މީހުން އަރަތާއި ޖޯކު ކިޔާ އުޅެނީ ހިނގާފައިވާ ހާދިސާތަކާއި ކަންކަމުގެ މައްޗަށް ބިނާކޮށްފައެވެ. ރީތިގޮތަކަށް ބަސްތައް އަތުރާލައިގެން އެކަންކަން ޖޯކުގެ ގޮތުގައި ކިޔަސް ބަޔަކަށް ކަމުދާނީ އޭގައި އޮއްޓަރެއް ހުރި ކަމެއް ހުރެގެންނެވެ.

މިހާތަނަށް އައިއިރު މިއަހަރުގެ ބޮޑު ޖޯކުގެ ގޮތުގައި ބެލެވިފައިވާ އެއްކަމަކީ ރައީސް މީހާ ހީނުކުރައްވާފަދަ ހުހުކުމެއް ކުރުމެވެ. ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ވަރުގަދަ އަމުރެވެ.

އަމުރު ނެރުމާއެކު އެކޯޓު ހިސާރުކޮށް ފުރާޅުން ޓިނު ނަގައިގެން ވަދެ އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ދަމާ ކޫއްތާފައި ގެންގޮސް ހައްޔަރު ކުރީއެވެ. އޭގެ ފަހުން އެމީހުންނަށް ނުކުރާކަ ތުހުމަތެއް ނެތެވެ. އަމުދުން 2013 ވަނަ އަހަރުން ފެށިގެން ވެސް ކުރަމުން އައި ކަންތައްތަކެއްގެ ވާހަކަ ނަގައި އެވަރުގެ ނުބައިބަޔަކު ނެތްހާ ވަރަށް ކަންކަން ގެންދިޔައީއެވެ. ކުރިން ނުބެލި ހުރި ކަންކަން ބެލި އެކަންކަން ސާބިތުވާވަރުގެ ހެކިތައް ވެސް ފެނުނީއެވެ. އަމުރު ނެރެން ތިބި ބަޔަކު ނެރުނު އަމުރަކާ ގުޅިގެންނެވެ. އޭގެ ކުރިން ރައީސް މީހާއާއި ރައީސް މީހާގެ ސަރުކާރަށް ފައްސިޔަޔަށް ނެރުނިއްޔާ ނެރުނުހާ އަމުރެއް ހަމަ ބަރާބަރެވެ. އޯކޭއެވެ. ގޯސްވީ ނެރުނު ހަމަ އެންމެ އަމުރެކެވެ. މިއީ ޖޯކު ނޫން ދެން ކޮންއެއްޗެއް ތޯއެވެ.

އަމުރު ނެރުނު 5 ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރަކު ހައްޔަރުކޮށްގެން ބުރިން ހަންނަގާވަރާ ހަމައަށް ގެންގޮސްފައިވަނީ އެވެރިންގެ ހިތް ނިޔަތް ގޯސްވީމަޔޯލައެވެ. އެކަމަކު އެއަމުރު ނެރުމުގެ އަޣްލަބިއްޔަތު އޮތް މިހާރު ތިއްބެވި 3 ފަނޑިޔާރެއްގެ ހިތް ނިޔަތް ހަމަ ބޯކިރުކޮޅެއްހާ ސާފޯލައެވެ. ފަހަރުގައި އެއީ އަމުރު ތަންފީޒް ނުކޮށް ދެއްކި ބަހަނާތަކާ އެއްގޮތަށް އަމުރުގެ ބައިތައް ބައިބަޔަށް ބާތިލް ކޮށްދިނީތީ ވީގޮތަކަށް ވާނަމަ އެއީވެސް ކިހާބޮޑު ޖޯކެއް ހެއްޔެވެ. އެއީ އިއްތިފާގަކަށްވާނަމަ އެވެސް އިއްތިފާގޭ ޖޯކެއްތާއެވެ.

މިހާރުވެސް އެއަމުރު އެބައޮތެވެ. އަމުރު ނެރުނު 5 ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުން އުނިކުރިނަމަވެސް އަޣްލަބިއްޔަތު އޮތީ މިހާރު ތިއްބެވި ހިތްނިޔަތް ޚާލިސް ތިންފަނޑިޔާރުންގެ އަތްމަތީގައެވެ. ހަމަގައިމުވެސް އެއަމުރު ގޯސް ކަމަކަށް އެއިން އެއްވެސް ފަނޑިޔާރަކު އަދިއެއް ނުބުނެއެވެ. އެހެން ކަމަށްވާނަމަ އެހުކުމް ތަންފީޒް ނުކޮށް ބޮޑު ސިންގާ ސަރުކާރަކުން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައިގެން އޮތުމަކީ ވެސް ހީނހީ ބަނޑުގައި ގޮށްލާވަރުގެ ޖޯކެކެވެ. އަމުރު ނެރުނު ފަނޑިޔާރުން ނުފޫޒް ފޯރުވައިގެން ހުކުމް ކުރިކަމަށް ދެކޯޓެއްގެ ޤާޒީއަކު ބުނީތީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޢަލީ ހަމީދަށް ޖަލުހުކުމެއް އިއްވިއިރު އެމީހުން ބުނެގެން ބުނިގޮތައް ހުކުމްކޮށް އިންސާފް ނަގާލި ދެ ޤާޒީން ހަމަ އެހެން ހުކުމް ކުރަން ބައިތިއްބާފައި ތިބި ތިބުމަކީ އަނެއްކާ "ނުފޫޒީ" ޖޯކެއް ނޫންބާއެވެ.

ކޮންމެއަކަސް މިހާރު އެކެއް ފެބްރުއަރީގެ އަމުރު މިވަނީ ހަމަ ހަޤީގަތުގައި ވެސް ބޮޑު ޖޯކަކަށްވެފައެވެ. އެންމެބޮޑު ޖޯކަކަށްވަނީ އެއަމުރު ތަންފީޒް ނުކޮށް ޤާނޫން އަސާސީއާ ޤާނޫނާ ޚިލާފަށް އުޅެމުންދާދިއުމުގެ ޖޯކެވެ. މަގެ ދީނާ މަގެ ޤައުމޭ ކިޔައިގެން މާދީނީވެފައި ތިބެގެން އިސްލާމްދީނާ ޚިލާފް ވާތީ ރައްޔިތުން ހީހީފައި ޖަހާ ބޮޑު ޖޯކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް