23 މެއި 2018 | ބުދަ | 04 ރޯނު

ކަރަންޓް ކެނޑުން

ދ. މީދޫގައި ކަރަންޓްގެ މައްސަލަ ފެންމަތި ވެއްޖެ

  • މިހާރު ކަރަންޓް ދެމުންދަނީ އެކި ފަހަރު އެކި ސަރަހައްދުތަކަށް
  • ޖަނަރޭޓަރުގެ ކެޕޭސިޓީއެއް ނެތް
މުހައްމަދު ފަޒީން | phaxyn

| 16 މެއި 2018 | ބުދަ 14:00 | |

ވިއްސާރަ ވުމުގެ ސަބަބުން ދ. މީދޫ މަގެއްގައި ފެންބޮޑުވެފައި (ފައިލް ފޮޓޯ)، މިއަދު މިވަނީ ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައި -- ފޮޓޯ : މުހައްމަދު ފަޒީން

ދ. މީދޫގައި ކަރަންޓްގެ މައްސަލަ ބޮޑުވެ، ރައްޔިތުންނަށް ދަތި އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.

ދ. މީދޫ ކައުންސިލް ރައީސް އިޔާސް އިސްމާއީލް ލަތީފް ރާއްޖެއެމްވީއަށް ވިދާޅުވީ އެރަށަށް ކަރަންޓް ކެނޑެމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ނަމަވެސް އަންގާރަ ދުވަހުން ފެށިގެން ކަރަންޓް ކެނޑޭ މައްސަލަ ވަރަށް ބޮޑު ވެއްޖެ ކަމަށެވެ. 

އިޔާސް ވިދާޅުވީ ކަރަންޓްގެ މައްސަލަތައް ދިމާވެފައިވަނީ އެރަށުގެ އިންޖީނުގޭގައި ހުރި ޖަނަރޭޓަރު ހަލާކުވެގެން މަރާމާތު ކުރަމުންދާތީ ކަމަށެވެ. އަދި ކުޑަ ޖަނަރޭޓަރަކުން މުޅި ރަށަށް ކަރަންޓް ފޯރުކޮށް ނުދެވޭތީ ދިމާވެގެންއުޅޭ މައްސަލައެއް ކަަށާއި  އެވަރުގެ "ކެޕޭސިޓީ" ނެތީ ކަމަށް އިޔާސް ވިދާޅުވި އެވެ.

އިޔާސް ވިދާޅުވީ ކަރަންޓް ކެނޑެމުންދާތީ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށާއި ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް ކަރަންޓްގެ މައްސަލަ ދިމާވުމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. 

ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނަމުންދާ ކަމަށް ވެސް އިޔާސް ވިދާޅުވި އެވެ.

ދ. މީދޫގެ އާބާދީއަކީ 1410 އެވެ. ނަމަވެސް ރަށުގައި މިވަގުތު ދިރުއުޅެނީ 1000 ވަރަކަށް މީހުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް