23 މެއި 2018 | ބުދަ | 04 ރޯނު

ކަރީނާ ކަޕޫރު

ތައުލީމާއި ނުލައި އަންހެނުން ބާރުވެރިއެއް ނުކުރެވޭނެ: ކަރީނާ

  • މަންމައިންގެ ދުވަސް ފާހަގަ ކުރުމަށް ޔުނިސެފް އިންޑިއާ އިން މުމްބާއީގައި ބޭއްވި ހަފުލާއެއްގައި ކަރީނާ ވަނީ ބައިވެރިވެފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 މެއި 2018 | ބުދަ 13:13 | |

ކަރީނާ ކަޕޫރު -- ގޫގުލް

ތައުލީމާއި ނުލައި އަންހެނުން ބާރުވެރިއެއް ނުކުރެވޭނެ ކަމަށާއި އަންހެނުންނަށް ތައުލީމު އުނގެނުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ބުނެފިއެވެ.

މަންމައިންގެ ދުވަސް ފާހަގަ ކުރުމަށް ޔުނިސެފް އިންޑިއާ އިން މުމްބާއީގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަމުން ކަރީނާ ބުނީ ތައުލީމާއި އެއްވަރަށް އަންހެނުންނަށް ފިރިހެނުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އަންހެނުން ބާރުވެރިވުމަށް ފިރިހެނުންގެ ހިއްސާ ބޮޑު ކަމަށް ކަރީނާ ބުންޏެވެ. އެގޮތުން އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި ސައިފްގެ އެހީތެރިކަން އޭނާގެ ކާމިޔާބީގައި ހިމެނޭ ކަމަށާއި އެންމެ ގާތުގައި އަބަދުވެސް ސައިފް ހުންނަ ކަމަށް ކަރީނާ ބުންޏެވެ.

އޭނާގެ ފިލްމީ ކެރިއާގައި ސައިފް އަކީ މުހިއްމު މީހެއްކަމަށް ވެސް ކަރީނާ ވަނީ ބުނެފައެވެ.

 ކަރީނާ ބުނީ ކަން ކަމަށް ލޯހުޅުވި ހޭލުންތެރިވާނީ ތައުލީމުގެ ސަބަބުން ކަމަށްވާއިރު އިންޑިއާގެ އަންހެނުންނަށް ތައުލީމު ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކަރީނާ ބުނީ އޭނާ ބަލިވެ އިނުމަށް ފަހު ސައިފްގެ ފަރާތުން ވަކިން ޚާއްސަކޮށް އެހީތެރިކަމެއް ލިބުނު ކަމަށެވެ.

ކަރީނާ އަބަދު ވެސް އޭނާ ދޭ އިންޓަވިއުތަކުގައި ފިރިމީހާ ސައިފްއަށް ތައުރީފުކުރެއެވެ.

ކަރީނާ އެންމެ އަވަހަށް ފެނިގެންދާނީ ޖޫންމަހުގެ 1 ގައި ފެނިގެންދާ ފިލްމު ވީރޭ ދި ވެޑިންއިންނެވެ. އެ ފިލްމަކީ ކަރީނާ ވިހެއުމަށް ފަހު ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް