16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ދޮރުން ދޮރަށް ކެމްޕޭން

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

 • ކެމްޕޭންގައި ހަސަން ލަތީގް މާލޭގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާނެ
 • ހަސަން ލަތީފް ވިދާޅުވީ އަތޮޅު ތެރޭގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާވެސް ބައްދަލުކުރައްވާނެ ކަމަށް
 • އެންމެ ބޮޑު އިސްކަމެއްދޭނީ ރައީސް ނަޝީދު 2018 ގައި ވާދަކުރެވޭނެ ގޮތެއް މަގުފަހިކުރުމަށް
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 10 ޖެނުއަރީ 2017 | އަންގާރަ 23:45 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ހަސަން ލަތީފް އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކުރައްވަނީ -- ރާއްޖެއެމްވީ ފޮޓޯ : އަބުދުﷲ ނަސީރު އިބްރާހިމް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ގާނޫނީ ވަކީލް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން އަންގާރަ ދުވަހު ފައްޓަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަމައެކަނި ކުރިމަތިލައްވާފައިވަނީ ހަސަން ލަތީފް އެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް އޭނާ ގެންދަވަނީ ފުޅާދާއިރާއެއްގައި ކުރިއަށްގެންދަވަމުންނެވެ. އަންގާރަ ދުވަހު، ހަސަން ލަތީފް އަންގާރަ ދުވަހު ވަނީ ހެންވޭރުގައި ދިރިއުޅުއްވާ އެމްޑީޕީގެ މެމްބަރުންގެ ހިޔާލު ހޯއްދެވުމަށް ދޮރުން ދޮރަށް ހިންގަވާ، މެމްބަރުންގެ ހާލު ބައްލަވާފަ އެވެ. ޕާޓީގެ މުސްތަޤުބަލާ ގުޅޭ ގޮތުން މެމްބަރުންގެ ވިސްނުންވެސް އޭނާ ހޯއްދެވި އެވެ.

ދޮރުން ދޮރަށް ފެއްޓެވި ކެމްޕޭން އަންގާރަ ދުވަހަށް ނިންމަވާލެއްވުމަށް ފަހު ހަސަން ލަތީފް ރާއްޖެއެމްވީއަށް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އެމްޑީޕީގެ ވީހާވެސް ގިނަ މެމްބަރުންނާ ބައްދަލުކުރެއްވުން ކަމަށާއި އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރަން ރަށްރަށަށްވެސް ވަޑައިގަންނަވާނެ ކަމަށެވެ. 

"ހުރިހާ ރަށަކަށް ދިއުމަށް ފުރުސަތެއް ނެތް. ނަމަވެސް ވީހާވެސް ގިނަ ރަށްރަށަށް ދެވޭތޯ އަޅުގަނޑު ބަލާނަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި އެންމެ ބޮަޑަށް އޮޅުންފިލުވުމަން ބޭނުންފުޅުވަނީ، ހަސަން ލަތީފު ވިދާޅުވި ގޮތުގައި، ޕާޓީގެ މުސްތަގުބަލާ ގުޅޭގޮތުން މައުލޫމާތެވެ. އެމްޑީޕީގެ މުސްތަގުބަލު ފެނިވަޑައިގަންނަވަނީ ވަރަށް އުޖާލާކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ދޮރުން ދޮރަށް ކެމްޕޭނުގައި ބައްދަލުވި ގިނަ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވިދާނެކަމަށް ދެކެވޭ ވާހަކަތަކެވެ. އެހެންކަމުން އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައީސް ނަޝީދު މިނިވަންކޮށް، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ކުރެއްވޭނެ ގޮތް ހެއްދެވުން ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ. 

"ކުރިއަށް އޮތް ތަނުގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ކުރެވިގެންދާނީ، ރައީސް ނަޝީދަށް 2018 ގައި ވާދަކުރެވޭގޮތަށް ރައީސް މުހައްމަދު ނަޝީދު މިނިވަންވުމާއި، ހަމަ އެހެންމެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭނެ މާހައުލެއް ގާއިމްކުރުން" ހަސަން ލަތީފް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް