23 މެއި 2018 | ބުދަ | 04 ރޯނު

ފޮތް ހަދިޔާކުރުން

ހިތަދޫ ޢަބްދުﷲ ސޯދިޤް ލިއުއްވި ތާރީޚީ ދެފޮތެއް ރާއްޖެ ޓީވީއަށް ހަދިޔާކޮށްފި

  • އެއް ފޮތަކީ ޢައްޑޫ ޢަބްދުﷲ އަފީފްއާ ބެހޭ ފޮތެއް
  • އަނެއް ފޮތަކީ ސްވަދީވް އުފެދުނު ގޮތާ ބެހޭ ފޮތެއް
  • މިފޮތުގައި ތިނަދޫއަށް ވީ ގޮތުގެ ތަފްސީލީ މައުލޫމާތު ހިމެނޭ
އަހުމަދު މުހުސިނު | dhonbandaara

| 16 މެއި 2018 | ބުދަ 12:59 | |

ޢަބްދުﷲ ސޯދިޤް ރާއްޖެ ޓީވީއަށް ފޮތް ހަދިޔާ ކުރައްވަނީ -- އާކައިވް

ސ ހިތަދޫ ޢަބްދުﷲ ޞާދިޤް ލިއުއްވާފައިވާ ތާރީޚީ ދެފޮތެއް ރާއްޖެ ޓީވީއަށް ހަދިޔާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރ މުހައްމަދު އަސްލަމްގެ ބައްޕާފުޅު ޢަބްދުﷲ ޞާދިޤް ލިއުއްވާފައިވާ މި ދެފޮތަކީ "ސުވާދީވް އާއި ހަވަރު ތިނަދޫ" މިފޮތާއި ހަނދާނާއި ތާރީޚަށްޓަކައި އަލްފާޟިލް އަލްމަރްހޫމް ޢަބްދުﷲ އަފީފް ދީދީގެ ހަޔާތްޕުޅުގެ ތެރެއިން" މިފޮތެވެ.

އައްޑޫ ސިޓީ ހިތަދޫ ސްވަދީވް ކެފޭގައި ބޭއްވި ހަފްލާއެއްގައި މިފޮތްތައް ރާއްޖެ ޓީވީއާ ޙަވާލުކޮށްދެއްވީ ފޮތުގެ މުސައްނިފް ޢަބްދުﷲ ސޯދިޤެވެ. ފޮތްތަކާއި ރާއްޖެ ޓީވީން ހަވާލުވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖާނަލިސްޓް އަހްމަދު މުހްސިންއެވެ.

ޢަބްދުﷲ ސޯދިޤް ވިދާޅުވީ " ހަނދާނާއި ތާރީޚަށްޓަކައި އަލްފާޟިލް އަލްމަރްހޫމް ޢަބްދުﷲ އަފީފް ދީދީގެ ހަޔާތްޕުޅުގެ ތެރެއިން" މި ފޮތަކީ އަފީފްގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އޭނާގެ އޭރުގެ ފޮޓޯތަކާއެކު ޝާއިއު ކުރެއްވި ފޮތެކެވެ.

"މިއީ ޒުވާނުންނަށް ޢަބްދުﷲ އަފީފާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ލިޔުނު ފޮތެއް" ސޯދިޤް ވިދާޅުވިއެވެ.

ޞާދިޤް ވިދާޅުވީ "ސުވާދީވް އާއި ހަވަރު ތިނަދޫ" ފޮތަކީ ތާރީޚީގޮތުން ބަލާއިރު ސްވާދީވް އާއި ބެހޭ މައުލޫމާތުތަކެއް ފޯރުކޮށްދިނުން ކަމަށާއި ފޮތުގައި ބޮޑަށް ބަލާފައިވާނީ ތިނަދޫއަށް ކަމަށެވެ. އަދި ސުވާދީވް އުފެދުނު ގޮތާއި ތިނަދޫއަށާއި އޭރުގެ ފޮޓޯތައްވެސް ފޮތުގައި ހުންނާނެ ކަމަށެވެ.

ފޮތުގައި ތިނަދޫގެ ނަން ގެނެސްފައިވަނީ މިހާތަނަށް ތިނަދޫއާ ބެހޭގޮތުން ލިޔެފައިވާ މައުލޫމާތުތައް އެންމެ ފުރިހަމަކަމަށް ޤަބޫލު ނުކުރައްވާތީ ކަމަށާއި އިތުރު މައުލޫމާތު ތަކެއް ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ

"ސުވާދީވް އުފެދުނު ގޮތާއި ތިނަދޫއަށް ވެގެންދިޔަގޮތް ވަރަށް ތަފްސީލްކޮށް ހުންނާނެ މިފޮތުގައި ގެނެސްދީފައި" ޞާދިޤް ވިދާޅުވިއެވެ.

މިއީ ދެއަހަރެއްހާ ދުވަހުގެ މަސައްކަތް ކަމަށާއި މިފޮތް ޗާންދަލިޔާގެ ފިހާރަތަކުންނާއި ތިނަދޫން އަދި ހިތަދޫގެ ބުކްޝޮޕްތަކުން މިފޮތްތައް ލިބެން ހުންނާނެ ކަމަށް ޞާދިޤް ވިދާޅުވިއެވެ.

ޢަބްދުﷲ ޞާދިޤަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅުގެ މެންބަރުކަމާއި މިހާރުގެ ކްރިމިނަލް ކޯޓު އޭރުގެ ކޯޓު ނަމްބަރު އެކެއްގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެޓަރނީ ޖެނެރަލްގެ އެހީތެރިޔާކަން ކުރައްވާފައިވާ ޞާދިޤް ސަރުކާރަށް ޚިދުމަތް ކުރައްވާތާ 38 އަހަރަށް ފަހު 2010 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް