20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ލީކުވި ބަޔާންތައް

ބަޔާންތައް ލީކު ކުރީ ކޯޓުގެ ތެރެއިން ކަމަށް ތުހުމަތު ކޮށްފި!

  • ފުލުހުން ދަނީ އެމައްސަލާގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންނާ ސުވާލުކޮށް ތަހުގީގު ކުރަމުން
  • ލީކުވި ބަޔާންތަކުގައި ބައެއް ގާޒީންގެ ބަޔާންތައް ހިމެނޭ
  • ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި 9 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭ
މުހައްމަދު ފަޒީން | phaxyn

| 16 މެއި 2018 | ބުދަ 12:01 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ކްރިމިނަލް ކޯޓުގެ ދޮރުމަތީގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކޮށްފައިވާ ރައްޔިޔުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން -- ފޮޓޯ : މުހައްމަދު ޝަރުހާން

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް އެކި ފަރާތްތަކުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތައް ލީކު ކޮށްލާފައިވަނީ ކްރިމިނަލް ކޯޓުގެ ތެރެއިން ކަމަށް ތުހުމަތު ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ބަޔާންތައް ލީކު ކުރި މައްސަލާގައި ފުލުހުން ދަނީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންނާ ސުވާލުކޮށް ތަހުގީގު ކުރަމުންނެވެ. 

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ރަމަޟާން މަސް ފެށޭތީއާއެކު ކޯޓުގެ މުވައްޒަފުންނާ އެކޯޓުގެ އިސް ގާޒީއާއި އިތުރު ގާޒީއެއް އަންގާރަ ދުވަހު ވަނީ ކޯޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ، ރޯދަ މަހުގެ މާތްކަމުގެ ވާހަކައާއި އަމަލުތައް އިސްލާހު ކުރުމުގެ ވާހަކަ ދައްކަވާފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބައެއް ފަރާތްތަކުގެ މައްސަލަތައް ބައްލަވާ ގާޒީ އިބްރާހީމް އަލީ ވަނީ އެ ބައްދަލުވުމުގައި އެ ބަޔާންތައް ލީކުކޮށްލީ ކޯޓުގެ ތެރެއިން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. 

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ހިމެނޭގޮތަށް ޖުމްލަ ނުވަ ބޭފުޅަކަށްކޮށް ދައުވާ ކުރަމުންދާ އިރު ގިނަ އަދަދެއްގެ ތަހުގީގު ބަޔާންތައް ވަނީ ލީކުވެފައެވެ. 

ލީކުވި ބަޔާންތަކުގެ ތެރޭގައި ސިވިލް ކޯޓުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަސްލަހަތު ހިމެނޭ ބައެއް މައްސަލަތައް ބެއްލެވި ގާޒީ މުހައްމަދު ހަލީމް އާއި ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް އާރިފްގެ އިތުރުން ފުލުހުންގެ އިސްވެރިންގެ ބަޔާންތައް ވެސް ހިމެނެއެވެ.   

ބަޔާންތައް ލީކު ކޮށްލި މައްސަލާގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މައްޗަށް ކުރެވޭ މިތުހުމަތާއި ގުޅިގެން އެކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް