18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ފީފާ

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

  • ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48
  • މިގޮތަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރު
  • މި ބަދަލާއެކު ވޯލްޑް ކަޕުގެ ޖުމްލަ މެޗުތަކުގެ އަދަދު 64 އިން 80 އަށް
ނާފިއު ރަޝީދު | NaphiuR

| 10 ޖެނުއަރީ 2017 | އަންގާރަ 23:19 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


ފީފާ ވޯލްޑް ކަޕް ޓްރޮފީ -- ގޫގުލް

ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ގައުމުތަކުގެ އަދަދު 48 ޓީމަށް އިތުރު ކުރުމާއެކު އޭޝިއާ އަށް ލިބޭ ޖާގަތައް އިތުރުވެއްޖެ އެވެ.

 

މިހާރު އޭޝިއާގެ ޓީމުތަކަށް ލިބެނީ ހަތަރު ޖާގަ އެވެ. އެހެން ކަމުން މި ބަދަލާއެކު އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށް އިތުރު އަށް ޖާގަ ލިބިގެންދާނެ އެވެ.

 

ފީފާގެ ކައުންސިލުން ގެނައި މި ބަދަލާއެކު މިގޮތަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ފެށިގެންނެވެ.

 

މި ބަދަލަކީ ފީފާގެ ރައީސް ކަމަށް ޖިއާނީ އިންފަންޓީނޯ ކެމްޕެއިން ކުރެއްވި އިރު ވެފައިވާ ވައުދެކެވެ. އެއާއެކު މި ބަދަލަށް ކައުންސިލުގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.

 

މިހާރު ކުޅޭ އުސޫލަށް 32 ޓީމަށް ވޯލްޑް ކަޕް ބަދަލުކޮށްފައި ވަނީ ސެޕް ބްލެޓާގެ ދައުރުގައި 1998 ވަނަ އަހަރު އެވެ. އޭގެ ކުރިން ކުޅެމުން އައީ 24 ޓީމާއެކު އެވެ.

 

ފޯމެޓަށް ގެނައި ބަދަލާއެކު ވޯލްޑް ކަޕްގައި އޮންނާނީ ތިން ޓީމު ހިމެނޭ 16 ގްރޫޕެވެ. އޭގެ ތެރެއިން ގަދަ 32 ޓީމު ވާދަކުރާ ބުރަށް ދާނީ ގްރޫޕަކުން ދެ ޓީމެވެ. އެއަށްފަހު ކުރިއަށްދާނީ ނޮކައުޓް އުސޫލުންނެވެ.

 

މި ބަދަލާއެކު ވޯލްޑް ކަޕުގެ ޖުމްލަ މެޗުތަކުގެ އަދަދު 64 އިން 80 އަށް އިތުރުވާނެ އެވެ. އެހެން ނަމަވެސް ކޮންމެ ޓީމެއް ވެސް އެންމެ ގިނައިން ކުޅެން ޖެހޭނީ ހަތް މެޗެވެ. އަދި މުބާރާތް ކުރިއަށްދާނީ ވެސް 32 ދުވަހުގެ މުއްދަތަށެވެ.

 

ވޯލްޑް ކަޕަށް މިގެނައި ބަދަލާއެކު ފުޓުބޯޅައިގެ ގިނަ ފަރާތްތަކަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް