24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ވެޓެރަންސް ކަޕް 2018

ވެޓެރަންސް ކަޕް މިއަހަރު ވެސް ހަތް ޓީމާއެކު!

  • މި މުބާރާތް ކުރިޔަށް ގެންދަނީ މޯލްޑިވްސް ސޮކަރ މޭޓްސްގެ ފަރާތުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 މެއި 2018 | އަންގާރަ 20:24 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


މިދިޔަ އަހަރުގެ ފައިނަލް މެޗަށްފަހު ނިއު ތަށި އުފުލާލަނީ -- އިމޭޖަސް.އެމްވީ

މޯލްޑިވްސް ސޮކަރ މޭޓްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ 'ވެޓެރަންސް ކަޕް' ގައި މިއަހަރު ވެސް ހަތް ޓީމު ވާދަކުރާނެ ކަމަށް އެ ޓީމުން ބުނެފިއެވެ.

ރާއްޖެޓީވީގެ 'ކުޅިވަރުފައިލް' ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސޮކަރ މޭޓްސްގެ ބޯޑް މެމްބަރ އަލީ ސުޒައިން ބުނެފައިވަނީ މިއަހަރު ވެސް މި މުބާރާތުގައި ހަތް ޓީމެއް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލެވިގެން މުބާރާތް ކުރިޔަށް ގެންދާއިރު ގްރޫޕް އޭގައި ހިމެނެނީ ކްލަބް ވެލެންސިއާ އާއި ޕޮލިސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް އީގަލްސް ކަމަށެވެ. ހަމައެހެންމެ ގްރޫޕްގައި ހިމެނެނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އިތުރުން ދިވެހި ސިފައިންގެ ކްލަބް ކަމަށެވެ.

ސޮކަރ މޭޓްސްގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އާމިރު ބުނީ ސޮކަރ މޭޓްސްއިން މި މުބާރާތް ހިންގުމުގެ މައިގަނޑު މަގްސަދަކީ ވެޓެރަންސް ކުރީގަ ކުޅުނު ކުޅުންތެރިން އެއްކޮށްގެން ސިސްޓަމެއްގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށް ކަމަށެވެ. އޭނާ ބުނީ ސޮކަރ މޭޓްސް އިން މުބާރާތް ނުކުޅޭނެ ކަމަށާއި ސޮކަރ މޭޓްސްއިން ކޮންމެ އަހަރަކު ވެސް ބޭރު ގައުމަކަށް ވެޓެރަންސް ޓީމަކާއެކު ދަތުރުކުރާ ކަމަށެވެ.

ސުޒައިން ބުނީ ރޯދަމަހުގެ ތެރޭގައި މި މުބާރާތް ބާއްވަނީ ހަވީރު ގަޑީގައި ކުޅިވަރުގެ ތެރެއިން ފޯރި ނަގާލައި ކުޅެވޭނެ ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ފެނުމުން ކަމަށެވެ. ސުޒައިން ބުނީ މުބާރާތް ފުރަތަމަ ފެށުނުއިރު ހުރި ވަރަށްވުރު މުބާރާތުގެ އިންތިޒާމްތައް ފުރިހަމަވާނެ ކަމަށާއި ޓާގެޓަކީ މި މުބާރާކީ ރޯދަމަހުގެ ހަވީރު މާލޭގައި ބޭއްވޭ ކުޅިވަރުގެ އެންމެ ބޮޑު އެއްވުމަށް ހެދުން ކަމަށެވެ.

މިއީ ސޮކަރ މޭޓްސްގެ ފަރާތުން މި މުބާރާތް ކުރިޔަށް ގެންދާ ތިންވަނަ އަހަރަށްވާއިރު ފާއިތުވެދިޔަ ތިން އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓްއެވެ. މިއަހަރުގެ މުބާރާތް ރޯދަމަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ހަމަޖެހިފައވާއިރު މުބާރާތުގެ ކުޅުން ރޯދަމަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް