22 މެއި 2018 | އަންގާރަ | 03 ރޯނު

އޮކްސްލޭޑް ޗެމްބަލިން

ނޮވެމްބަރު މަހުގެ ކުރިން ޗެމްބަލިންއަށް ނުކުޅެވޭނެ

  • ޗެމްބަލިންއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 މެއި 2018 | އަންގާރަ 20:04 | |އެލެކްސް އޮކްސްލޭޑް ޗެމްބަލިން -- ގެޓީ އިމޭޖާސް

އަންނަ ނޮވެމްބަރު މަހުގެ ކުރިން ލިވަޕޫލް އަދި އިނގިރޭސިވިލާތުގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިންއަށް ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެއެވެ.

ޗެމްބަލިންއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި  އިޓަލީގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޯމާގެ އެލެކްޒެންޑާ ކޮލަރޯވް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ. މި އަނިޔާގެ ސަބަބުން މެޗުގެ 15 ވަނަ މިނެޓުގައި އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. ލިވަޕޫލްއިން ހާމަކޮށްފައިވާ ގޮތުގައި ޗެމްބަލިންގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ. އެނާ ވަނީ މި އަނިޔާއިން ސަލާމަތްވުމަށް ސާޖަރީ އެއް ވެސް ފުރިހަމަކޮށްފައެވެ.

ލިވަޕޫލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ޗެމްބަލިންގެ ލިގަމެންޓަށް ވެފައިވާ އަނިޔާއާއެކު އޭނާއަށް މި ސީޒަނުގައި އިތުރު މެޗެއް ނުކުޅެވޭނެ ކަމަށާއި އަދި ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމަށް ވެސް އޭނާއަށް ނުކުޅެވޭނެ ކަމަށެވެ. މި ބަޔާނުގައި ވަނީ އޭނާގެ ރިކަވަރީގެ ކަންކަން ވަރަށް ގާތުން މޮނީޓަރ ކުރެވިގެންދާނެ ކަމަށާއި ފުލް ފިޓްނެސްއަށް ވީހާވެސް އަވަހަށް އޭނާ ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ހަމައެހެންމެ އަންނަ ސީޒަނުގެ ފުރަތަމަ ތިން މަސް ދުވަސްވެސް އޭނާއަށް ގެއްލޭނޭ ކަމަށެވެ.

ޗެމްބަލިންއަށް އަނިޔާވި ނަމަވެސް ލިވަޕޫލްގެ ޓީމުން ސީޒަން ފެށޭއިރު އެތަން ނުފެންނާނެއެވެ. އެގޮތުން އެ ޓީމުން ވަނީ ޖަރުމަނުގެ އާރްބީ ލީޕްޒީގްއަށް ކުޅެމުން އަންނަ ނަބީ ކެއިޓާ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމާއި ގުޅޭނެ ކަމަށް ހާމަކޮށްފައެވެ. އެގޮތުން ޖުލައި މަހުގެ ފުރަތަމަ ދުވަހު ކެއިޓާ ލިވަޕޫލްގެ ޓީމާއި ގުޅޭނެ ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް ޗެމްބަލިން ނެތުމަކީ އިނގިރޭސި ގައުމީ ޓީމަށް ލިބިގެންދާނެ ބޮޑު ހީނަރު ކަމެކެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ބެލްޖިއަމް އަދި ޓިއުނީޝިއާގެ އިތުރުން ޕެނަމާއާއެކު ގްރޫޕް ޖީގައެވެ.

ޗެމްބަލިން ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވަނީ ސީޒަނުގެ އެންމެ މުހިންމު ބައިގައި ބޮޑު އަނިޔާ ކުރިމަތިވުމަކީ އޭނާ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއަށް އިތުރު މެޗެއް ނުކުޅެވުމާއި ވޯލްޑް ކަޕް ގެއްލުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ޗެމްބަލިންގެ ބަޔާނުގައި ވަނީ މިހާރު އޭނާއަށް ކުރެވޭނެ ކަމަކީ ކުޅުންތެރިންނަށް ސަޕޯޓު ދިނުން ކަމަށާއި ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ރަނގަޅު ނަތީޖާއަކާއި ހަމަޔަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އުމުރުން 24 އަހަރުގެ ޗެމްބަލިންއަށް ޗެމްޕިއަންސް ލީގުގައި ނުކުޅެވޭއިރު އޭނާގެ ޓީމު ކަމަށްވާ ލިވަޕޫލް ވަނީ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. ލިވަޕޫލްގެ ފައިނަލުގައި ނުކުންނާނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.

އާސެނަލް ދޫކޮށް 35 މިލިއަން ޕައުންޑްގެ ފީއަކަށް ލިވަޕޫލްއަށް ބަދަލުވުމަށް ފަހު ޗެމްބަލިން އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ކުޅުނު 41 މެޗުގައި ފަސް ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް