17 އޯގަސްޓު 2018 | ހުކުރު | 08 މާ
06 ޛުލްޙިއްޖާ 1439
އިޝާ 19:33
މަޣްރިބް 18:19
އަސްރު 15:28
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

އެމްޑީޕީ ރިޔާސީ ޕްރައިމަރީ

ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ޑޯޓުޑޯ ހިންގަވަން ފައްޓަވައިފި

 • ފުރަތަމަ ފެށްޓެވީ މއ ތަބައްގޭ މީހުންނާއެކު
 • ގިނަ ބަޔަކު ދަނީ ރައީސް ނަޝީދާ ސްކައިޕް މެދުވެރިކޮށް ބައްދަލުވާން އެދެމުން
 • މިހާތަނަށް 2565 މީހުންނާ ރައީސް ނަޝީދު ސްކައިޕުން ވާހަކަ ދައްކަވައިފި
އަހުމަދު މުހުސިނު | dhonbandaara

| 15 މެއި 2018 | އަންގާރަ 19:43 | |

މަގުބޫލް

 1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
 2. ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
 3. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
 4. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
 5. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
 6. މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ
 7. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
 8. ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި


ރައީސް ނަޝީދު މއ ތަބައްގޭ މީހުންނާ ވާހަކަ ދައްކަވަނީ -- އާކައިވް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ ކެމްޕެއިންގެ ތެރެއިން "ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ޑޯޓުޑޯ" ހިންގަވަން ފަށްޓަވައިފިއެވެ.

އެގޮތުން އެކަން ފެށުމުގެ ގޮތުން ރައީސް ނަޝީދުވަނީ މއ ތަބައްގޭގައި ދިރިއުޅޭ އާއިލާއަކާއެކު ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވާފައެވެ. ކޮޅުނބުގައި ހުންނަވައިގެން ރައީސް ނަޝީދު އެގޭމީހުންގެ ހާލު އަހުވާލު ބައްލަވައި ތާއީދު ހޯއްދެވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދުގެ ކެންޕެއިން މެނޭޖަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ވަރަށްގިނަ ޢާއިލާތަކުން ރައީސް ނަޝީދާ ސްކައިޕް މެދުވެރިކޮށް ބަދައްލުވުމަށް އެދެމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ހުރިހާ ގެއަކަށް އެފުރުސަތު ނުދެވުނު ނަމަވެސް ވީހާވެސް ގިނަ އާއިލާތަކާއި ރައީސް ނަޝީދާ ބައްދަލުވުމުގެ ފުރުސަތު ދެއްވޭތޯ މަސައްކަތް ކުރައްވާކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދާ އާއިލާތަކުން ބައްދަލުވުމުން ވަރަށް ބޮޑަށް އެއާއިލާތަކަށް ދިރުންލިބި މިހާރު މިއޮތް އަނިޔާވެރިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް އިތުރު ޖޯޝަކާއި ފޯރިއެއް ލިބިގެންދާކަން ފާހަގަކުރެވޭ ކަމަށެވެ.

މިހާތަނަށް ވަނީ 12 ރަށެއްގައި 29 ސަކައިޕް ސެޝަނެއް ބާއްވައިގެން 2565 މީހުންނާ ރައީސް ނަޝީދު ބައްދަލުކޮށް މުއާމަލާތު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް