22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ފްރެންޗް ލީގު

ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ނޭމާ

  • ނޭމާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ
  • އޭނާ ވަނީ މި ސީޒަނުގައި ޕީއެސްޖީއަށް 19 ލަނޑު ޖަހައިދީފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 މެއި 2018 | އަންގާރަ 19:41 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ރޮނާލްޑޯ އަދި ނޭމާ އެވޯޑް ދިނުމަށްފަހު -- ގެޓީ އިމޭޖާސް

މި ނިމުނު ސީޒަނުގައި ފްރެންޗް ލީގުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔަކަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ހޮވިއްޖެއެވެ.

ނޭމާ މި އެވޯޑް ހޯދީ އޭނާއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ފަހަތަށް ޖައްސާލުމަށްފަހުއެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވެ ނޭމާ ވަނީ އެ ޓީމަށް ކުޅުނު 20 މެޗުގައި 19 ލަނޑު ޖަހާ 13 ލަނޑު ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހެން ނަމަވެސް ފެބްރުއަރީ މަހުގެ ތެރޭގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ އޭގެ ފަހުން ކުޅުނު އެއްވެސް މެޗެއްގައި ކުޅެފައެއް ނުވެއެވެ.

އަނިޔާގެ ސަބަބުން ނޭމާ ކުޅުމާއި ދުރުގައި ހުރި ނަމަވެސް ޕީއެސްޖީއިން ވަނީ މި ސީޒަނުގައި ފްރާންސްގައި ކުޅުނު ބޮޑު ތިން މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ކޯޗު އުނައި އެމެރީ މި ކާމިޔާބް ހޯދައިދިން ނަމަވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެ މަގާމުން އެމެރީ ވަކިކުރި ނަމަވެސް މި ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމެރީއެވެ.

ޕީއެސްޖީގެ ވާދަވެރި މޮނާކޯއިން 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ބަދަލުވީ ކިލިއަން އެމްބާޕޭއަށް އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް ލިބުނުއިރު އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މާސޭގެ ސްޓީވް މަންޑަންޑާއެވެ. ހަމައެހެންމެ މި ސީޒަނުގެ އެންމެ ރީތި ލަނޑަކަށް ހޮވުނީ ބޯޑޯއަށް ކުޅެމުން އަންނަ މެލްކޮމް ޖެހި ލަނޑެކެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނޭމާ ގެންދިޔައިރު އޭނާ ވަނީ މި ސީޒަނުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމުގައި ވެސް ހިމެނިފައެވެ. މި ޓީމުގައި ނޭމާގެ އިތުރުން ހިމެނެނީ ޕީއެސްޖީގެ ޑެނީ އަލްވޭސް އާއި މާކުއީނިއޯސް އާއި ތިއާގޯ ސިލްވާ އާއި މާކޯ ވެރާޓީ އަދި ކިލިއަން އެމްބާޕޭގެ އިތުރުން އެޑިންސަން ކަވާނީއެވެ. ހަމައެހެންމެ މާސޭގެ މަންޑަންޑާ އާއި ލުއިޒް ގުސްޓާވޯ އަދި ލިޔޯންގެ ފެރލަންޑް މެންޑީ އަދި ނަބިލް ފެކީރް ވެސް މި ޓީމުގައި ހިމެނިފައިވެއެވެ.

މިދިޔަ ސީޒަނުގައި ގައުމުން ބޭރުގައި ކުޅޭ އެންމެ މޮޅު ފަރަންސޭސި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗެލްސީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ.

ނޭމާ އާއި މި އެވޯޑް ހަވާލުކޮށްދިނީ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް