17 އޯގަސްޓު 2018 | ހުކުރު | 08 މާ
06 ޛުލްޙިއްޖާ 1439
އިޝާ 19:33
މަޣްރިބް 18:19
އަސްރު 15:28
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

ކްރިމިނަލް ކޯޓް

ނަދީމްގެ ބަންދަށް ބަދަލެއް ގެނެވޭކަށް ނެތް: ގާޒީ

  • އޭނާ ހުންނެވީ މާފުށީގައި ހައްޔަރުކޮށްފައި
  • އޭނައާ މެދު ތަފާތުކުރާ ކަމަށް ވަކީލުން ވިދާޅުވޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 15 މެއި 2018 | އަންގާރަ 19:03 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  3. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  4. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  5. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  6. މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ
  7. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  8. ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި


ޓެރަރިޒަމްގެ ދައުވާ ލިބޭ ނަދީމް - އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައި -- ފޮޓޯ : އަޒުމޫން އަހުމަދު

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ލިބޭ މުހައްމަދު ނަދީމްގެ ބަންދަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ނިންމަވައިފިއެވެ.  

ނަދީމްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ނަދީމްގެ ދިފާއީ ވަކީލުން ވިދާޅުވީ އޭނާ އެއްކޮށް މިނިވަން ނުކުރެވޭ ކަމަށްވާނަމަ ގެއަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ. ސަބަބަކީ އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ނުވެފައި، އޭނާއަކީ ހެއްކަތް ނުފޫޒު ފޯރުވާނެ މީހެއް ކަމަށް ބެލުމުގެ ފުރުސަތުވެސް ނެތުމެވެ. ނަމަވެސް ޝަރީއަތުން ފާހަގަ ކުރެއްވީ އޭނާ ބަންދުގައި ބަހައްޓާފައި ހުރީ ކޮށްފައިވާ ޓެރަރިޒަމް އަމަލަށް ބެލުމަށްފަހު ކަމަށެވެ.

ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް އޭނާ ބަންދުކޮށްފައި ހުންނައިރު ޓެރަރިޒަމްގެ ދައުވާކޮށްފައި ތިބޭ އެންމެން ތިބެނީ ބަންދުގައި ނޫން ކަމަށް ނަދީމްގެ ދިފާއީ ވަކީލު މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގައް ނެގި ކަމަށްބުނެ ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ ފަރާތްތައްވެސް ތިބީ ދޫކޮށްލާފައި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސިރާޖު ވިދާޅުވީ މާފުށީގައި ނަދީމް ބަހައްޓާފައި ހުންނަވާއިރު އިންތިޒާމްތައް ހަމަ ޖައްސާދީފައިވަނީ އެފަދަ އެހެން މީހުންނާ ތަފާތު ކުރުންތަކެއް ގެންގުޅޭގޮތަށް ކަމަށެވެ. އެގޮތުން އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ނުވަ މީހުން ބަންދުގައި ކޮށްފައި ތިބޭއިރު އެމީހުނަށް ސުޕެޝަލް ޕްރޮޓެކްޝަން ހަމަ ހަމަ ޖައްސަދީފައިވާއިރު ނަދީމަށް ހާއްސަ ގޮތަކަށް އަމަލު ކުރެވެމުން ނުދާ ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލުން ވިދާޅުވީ ހައްޔަރުކޮށްފައި ތިބޭ މީހުންގެ ތެރެއިން ހާއްސަ ރައްކާތެރިކަން ހަމަޖައްސައި ދެނީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ތިބޭ މީހުނަށް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސިރާޖު ވިދާޅުވީ ނަދީމަކީ ފެނަކަ ކޯޕަރޭޝަނުގެ ޗެއާމަންކަން ދެ އަހަރަށް ވުރެ ގިނަ ދުވަހު އަދާ ކުރައްވާފައިވާ މީހެއް ކަމަށާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތުށްވެސް ޖަލުގައި ސުޕެޝަލް ޕްރޮޓަކްޝަން ހަމަ ޖައްސައިދޭ ކަމަށެވެ.  

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް މި މަހުގެ 23 ވަނަ ދުވަހުގެ 12.00 ކުރިން ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ. އަދި ދިފާއުން ހެކި ހުށަހެޅުމަށް ތިން ދުވަސް ޝަރީއަތުން ވަނީ އަރުވާފަ އެވެ. ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ފާރިސް އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް ނަދީމުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް