20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ރޯދަ ބާޒާރު

ރަމަޟާން މަހަށް އުރީދޫ އިން ވަރަށް ހާއްސަ އޮފަރތަކެއް!

  • ކޮންމެ ހަފްތާއެއްގައި ވެސް އަގުހުރި އިނާމުތަކެއް ލިބޭނެ
ސިމާހާ ނަސީމް | sim_kamana

| 15 މެއި 2018 | އަންގާރަ 18:57 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- އުރީދޫ

ރަމަޟާން މަހަށް ހާއްސަ ކޮށްގެން އުރީދޫ އިން ވަރަށް ހާއްސަ އޮފަރތަކެއް ތައާރަފު ކޮށްފިއެވެ.

އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވޭ ލަކީޑްރޯއެއް ވަނީ ރޯދަ މަހު ފެށުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގައި ވެސް އަގުހުރި އިނާމުތަކެއް ލިބޭ މި ލަކީޑްރޯގައި ބައިވެރިވުމަށް، “THAFAATHU POSTPAID” ޖައްސަވާފައި، 929 އަށް ހިލޭ އެސްއެމްއެސް އެއް ފޮނުވުމުން ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި އުރީދޫގެ ޚިދުމަތް މިހާރު ބޭނުންކުރައްވާ ކަސްޓަމަރުންނާއި، އަލަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

 ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  "50 ގެ ޓީވީ، އަދި ހޯމް ތިއޭޓަރ ކިޓް

       ނިއުރޭޑިއަންޓް ޓީމާއި އެކު، 5 ބޭފުޅުންނަށް ރޯދަ ވީއްލުން

       އައިފޯން  X

       ކަނޑުއަޑީގައިވާ އިތާ ރެސްޓޯރަންޓުގައި، ދެ ބޭފުޅަކަށް މެންދުރު ކެއުން

އެންމެ ޚާއްސަ އިނާމުގެ ވެރިފަރާތް ހޮވިގެންދާނީ ރަމަޟާން މަސް ނިމުމުންނެވެ. އެގޮތުން ހޮވިގެންދާ ނަސީބުވެރި ފަރާތަކަށް، ދެބޭފުޅުންގެ ހަތަރު ރޭގެ ހުރުމާއިއެކު، ރާއްޖޭގެ އެންމެ ބޮޑު ކްރޫޒް ހޮޓެލްގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އާއިލާ އާއި ރައްޓެހިންނަށް %100 އިތުރު ޑޭޓާ ހަދިޔާ ކުރައްވާ

މި ރަމަޟާންމަހު އުރީދޫގެ މަގޭ ޕްލޭން މެދުވެރިކޮށް އާއިލާގެ ބޭފުޅުންނަށް ނުވަތަ ރައްޓެހިންނަށްނަށް ޑޭޓާ ޕެކް ހަދިޔާކުރެއްވުމުން، ހަދިޔާކުރެއްވި ޕެކްގެ ޑޭޓާ އެލަވަންސް ދެގުނަ ވެގެންދާނެއެވެ.

ސޯޝަލް މީޑިއާ ޕެކް

މި ރޯދަމަހު ސޯޝަލް މީޑިޔާ ބޭނުން ކުރެއްވުމަށް އުރީދޫ އިން ގެނެސްދެނީ ވަރަށް ޚާއްޞަ ޕެކްތަކެކެވެ. މިގޮތުން، އެންމެ 99 ރ. އަށް ވަޓްސެއެޕް، ސްނެޕްޗެޓް، ވައިބާ އަދި އިންސްޓަގްރާމް ބޭނުންކުރެއްވުމަށް 3 ޖީބީ ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް، *929*2*2# ޖެއްސެވުމަށް ފަހު 929 އަށް ގުޅާލައްވާށެވެ.

ސައުދީ އައިޑީޑީ އަދި ރޯމިންގް:

މި ރަމަޟާން މަހު، ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ، ސައުދީ ޕްލޭން 99 އުރީދޫ އިން މިއަދު ވަނީ ތަޢާރަފްކޮށްފައެވެ. އެންމެ 99 ރފ. ގެ މި ޚާއްޞަ ޕްލޭން މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބިގެންދާނެއެވެ. ހަމައެއާއި އެކު، ސައުދީ ޕްލޭން އެކްޓިވް ކަމުގައިވާނަމަ، ހިލޭ މިނިޓް ބޭނުންކުރުމަށްފަހުވެސް، މިނިޓަކު އެންމެ 2.99 ރފ. އަށް ސައުދީއަށް ގުޅާލެވޭނެއެވެ. މިޕެކޭޖް ބޭނުން ކުރެއްވުމަށް، “SAUDI” ޖެއްސެވުމަށްފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ *929*18# އަށް ގުޅާލުމުން، ޕެކް އެކްޓިވޭޓްވާނެއެވެ.

ހަމައެއާއި އެކު، ރަމަޟާން މަހުގެ ތެރޭގައި، ސައުދީއަށް ދަތުރުކުރައްވާ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް، އެގައުމުގައި ރޯމިންގް ބޭނުންކުރައްވާއިރު 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.

ސުޕަރނެޓް ބޯނަސް

މި ރޯދަމަހު، އުރީދޫގެ ހަލުވި ސްޕީޑުގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ އައު ކަނެކްޝަން އެއް އިޚްތިޔާރުކުރެއްވުމުން، 30 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.

ކައްކަނީ ކޯއްޗެއް؟

ރޯދަ ކުރުކުރުމަށް، އުރީދޫ އިން މިފަހަރު ގެނެސްދެނީ "ކައްކަނީ ކޯއްޗެއް؟" އެސް.އެމް.އެސް ކުއިޒް އެވެ. ކޮންމެ ދުވަހަކުވެސް، ކައްކަނީ ކޮންއެއްޗެއްކަން ދިމާކުރައްވައިގެން، މި ކުއިޒް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ވަރަށް ހިތްގައިމު އިނާމުތައް ލިބިގެންދާނެއެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:

 އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.

 ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.

 އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯއްދެވުމަށް، GOR ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.

• އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، GOC ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.

ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުން ކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ.

އުރީދޫ އިން ރަމަޟާންމަހަށް ހާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv  މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް