17 އޯގަސްޓު 2018 | ހުކުރު | 08 މާ
06 ޛުލްޙިއްޖާ 1439
އިޝާ 19:33
މަޣްރިބް 18:19
އަސްރު 15:28
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

ޖަރުމަނު ގައުމީ ޓީމު

ޖަރުމަނުގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ލޯ އާކޮށްފި

  • އޭނާ ވަނީ އެ ޓީމާއެކު އިތުރު ދެ އަހަރު މަޑުކުރުމަށް އެއްބަސްވެ އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި
  • ލޯ ވަނީ ޖަރުމަނަށް ވޯލްޑް ކަޕެއް ކާމިޔާބުކޮށްދީފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 މެއި 2018 | އަންގާރަ 18:49 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  3. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  4. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  5. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  6. މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ
  7. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  8. ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި


ޔޯކިމް ލޯ -- ގެޓީ އިމޭޖާސް

ޖަރުމަނުގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ޔޯކިމް ލޯ އާކޮށްފިއެވެ.

ލޯ ގެ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް އޭނާ ވަނީ އެ ޓީމާއެކު އިތުރު ދެ އަހަރު މަޑުކުރުމަށް އެއްބަސްވެ އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ނިޔަލަށް އޭނާ ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ދެމި ހުންނާނެއެވެ.

ލޯ އާއެކު މަސައްކަތްކުރަމުންދާ އޭނާގެ އެސިސްޓަންޓް ކޯޗު ތޯމަސް ޝްނެއިޑަރ އަދި ގޯލްކީޕިންގ ކޯޗް އަންދްރޭސް ކޮޕްކޭ ވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އިތުރުކޮށްފައެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ލޯ ބުނީ މޮޅު ކޯޗިން ސްޓާފުންނާއެކު ޖަރުމަނުގައި ތިބޭ އެންމެ މޮޅު ކުޅުންތެރިންނަށް އިރުޝާދު ދިނުމަކީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށެވެ. ހަމައެހެންމެ އެ ކުޅުންތެރިންނަށް އިތުރު ތަމްރީންދީ އެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ލޯ ބުނީ އޭނާގެ އަމާޒު މިހާރު ހުރީ ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށް ކަމަށާއި އެ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އުއްމީދުކުރާ ކަމަށެވެ. އޭނާ ބުނީ ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށެވެ.

ޖަރުމަނުގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އެ ޓީމުގެ މެނޭޖަރު އޮލިވިއާ ބިހޮފް ވެސް ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޖަރުމަނުގެ ފުޓްބޯޅަ އިދާރާގެ ރައީސް ރެއިންހާޑް ގްރިންޑެލް ބުނެފައިވަނީ މިވަގުތަށް ގައުމީ ޓީމަށް އެންމެ މުހިންމު މީހަކީ ލޯ ކަމަށާއި އަދި ޓީމުގެ ކޯޗުގެ މަގާމަށް ވެސް އެންމެ އެކަށީގެންވަނީ ލޯ ކަމަށެވެ. އޭނާ ބުނީ ލޯގެ އަމާޒަކީ އަދިވެސް އިތުރު ތަށިތަކެއް ޓީމަކަށް ހޯދައިދިނުން ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އޭނާއަކީ ދަނޑުން ބޭރުގައި ވެސް ޖަރުމަނުގެ ފުޓްބޯޅަ ތަމްސީލްކުރުމަށް އެންމެ ރަނގަޅު މީހާގެ ގޮތުގައި ދެކޭ ކަމަށް ބުނެފައިވެއެވެ.

އުމުރުން 58 އަހަރުގެ ކޯޗު ޖަރުމަނުގެ ގައުމީ ޓީމާއި ހަވާލުވީ 2006 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ގައުމީ ޓީމުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނައިރު އެ ޓީމުން ވަނީ އޭގެ ފަހުން ކުޅުނު ކޮންމެ މުބާރާތެއްގެ ވެސް ސެމީ ފައިނަލުގައި ކުޅެފައެވެ. ހަމައެހެންމެ ލޯ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ޖަރުމަނުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. ހަމައެހެންމެ މިދިޔަ އަހަރު އޮތް ފީފާ ކޮންފެޑެރޭޝަންސް ކަޕް ވެސް ޖަރުމަނު ކާމިޔާބުކުރީ ލޯ ގެ އިރުޝާދުގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް