22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އިޓާލީގެ ގައުމީ ޓީމު

އިޓަލީގެ ކޯޗުގެ މަގާމާއި މަންޗިނީ ހަވާލުވެއްޖެ

  • އޭނާ އެންމެފަހުން ފުރާފައިވަނީ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބާގްގެ ކޯޗުގެ މަގާމު
  • އިޓަލީގެ ގައުމީ ޓީމާއެކު މަންޗިނީ ސޮއިކޮށްފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހާމަކޮށްފައެއް ނުވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 މެއި 2018 | އަންގާރަ 17:52 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާއެކު މަންޗިނީ -- އޭޕީ

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި ތަޖުރިބާކާރު ކޯޗު ރޮބާޓޯ މަންޗިނީ ހަވާލުވެއްޖެއެވެ.

އިޓަލީގެ ކޯޗުގެ މަގާމާއި މަންޗިނީ ހަވާލުވެފައިވާއިރު އެ މަގާމު ހުސްވީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ޓީމަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާއި ވިދިގެން އޭރު ކޯޗުގެ ގޮތުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ އެ މަގާމުން ވަކިކުރުމުންނެވެ. ކޮލިފައިންގެ ގްރޫޕުގެ ދެވަނަ ލިބުމާއި ވިދިގެން ކުޅުނު ޕްލޭއޮފް މެޗުތަކުގައި އިޓަލީ ވަނީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ސްވިޑެން އަތުން ބަލިވެފައެވެ. މި ނަތީޖާގެ ސަބަބުން 59 އަހަރުތެރޭ އެ ޓީމަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައެވެ.

އިޓަލީގެ ކޯޗުގެ މަގާމައި މަންޗިނީ ހަވާލުވެފައިވާއިރު އޭނާ އެންމެފަހުން ފުރާފައިވަނީ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބާގްގެ ކޯޗުގެ މަގާމެވެ. ޒެނިތާއެކު މަންޗިނީ ހެދި ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތް ނަމަވެސް އެ ޓީމުން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. މި ސީޒަނުގެ ރަޝިއަން ޕްރިމިއާ ލީގު ޒެނިތުން ނިންމާލީ ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ. އިޓަލީގެ ގައުމީ ޓީމާއެކު މަންޗިނީ ސޮއިކޮށްފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހާމަކޮށްފައެއް ނުވެއެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން މަންޗިނީ އެ މަގާމަށް ގެނެސްފައިވަނީ އޭނާއަކީ އެ ގައުމަށް ނިސްބަތްވާ މީހަކަށްވުމާއެކު އޭނާއަކީ ކާމިޔާބު ގެނެވޭނެ ކޯޗެއް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގަބޫލުކުރެވޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންޗިނީގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ތުރުކީގެ ގަލަޓަސަރޭ އަދި އިޓަލީގެ އިންޓަ މިލާނާއި ލާޒިއޯ އަދި ފިއޮރެންޓީނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭނާ ވެގެންދިޔައީ 2012 ވަނަ އަހަރު މެންޗެސްޓާ ސިޓީއަށް އެ ޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގެއް ހޯދައިދިން ކޯޗަށެވެ.

އުމުރުން 53 އަހަރުގެ މަންޗިނީ އިޓަލީގެ ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ ނުކުންނާނީ މޭ މަހުގެ 28 ވަނަ ދުވަހު ސްވިޓްޒަލޭންޑުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އޭނާގެ އެންމެ ބޮޑު ޗެލެންޖަކަށް ވެގެންދާނީ މާރިއޯ ބަލޮޓެލީއަށް އިޓަލީގެ ގައުމީ ޓީމުން ފުރުސަތު ދިނުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފަހުން ބަލޮޓެލީ އިޓަލީގެ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.

މިފަހަރު ޖޫން މަހު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގައި އިޓަލީ ނުފެންނާނެއިރު އެ ޓީމުގެ ސީނިއަރ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. މަންޗިނީގެ އެންމެ ބޮޑު މަސައްކަތަކަށް ވެގެންދާނީ އައު ކުޅުންތެރިންނާއެކު 2020 ވަނަ އަހަރު އޮންނަ ޔޫރޯއިން އިޓަލީއަށް ފުރުސަތު ހޯދައިދިނުމެވެ.

މަންޗިނީ އެ މަގާމާއި ހަވާލުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު އޭނާގެ 17 އަހަރުގެ ކެރިއަރުގައި މަންޗިނީ ވަނީ އެކި ޓީމުތަކަށް 725 މެޗުގައި އިރުޝާދު ދީފައެވެ. އޭނާވަނީ މި ޓީމުތަކާއެކު 13 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް