17 އޯގަސްޓު 2018 | ހުކުރު | 08 މާ
06 ޛުލްޙިއްޖާ 1439
އިޝާ 19:33
މަޣްރިބް 18:19
އަސްރު 15:28
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

އާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން– ދަމައިގަތުން

  • 18 ވަނަ ބައި

| 15 މެއި 2018 | އަންގާރަ 13:03 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  3. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  4. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  5. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  6. މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ
  7. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  8. ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި


ވާހަކައިގެ ތީމް ފޮޓޯ -- ފޮޓޯ : އަޒުމޫން އަހުމަދު

މެއި 7 ވަނަ ދުވަހުގެ އަދަދާއި ގުޅޭ

އައިޝާ އާއި އަދުހަމް އަށް ތިބެވުނީ ޝޮކެއްގެ ތެރޭގަ އެވެ. މަލީޝާ އެގޮތަށް ކަންތައް ކޮށްފާނޭ އެމީހުންގެ ހިތަށްވެސް ނާރަ އެވެ. ގައިމުވެސް އެއީކީ މަލީޝާ ކުރާ ސަމާސާއެއް ނޫންކަންވެސް މިހާރު އެމީހުންނަށް ޔަޤީން ކުރެވިއްޖެ އެވެ. އެމީހުން އެތަނުގައި ބަންދުކޮށްފައި މަލީޝާ ދިޔަތަނަކަށް ދިޔަގޮތަށް ޚަބަރެއް ނުވެ މިހާރު ގަޑިއެއްހައި އިރު ފާއިތުވެ ހިނގައްޖެ އެވެ. މަލީޝާ އެތަނުން ނިކުމެ ދޮރު ލައްޕައި ތަޅުލުމަށްފަހު ހުރިހައި ބޮކިތަކެއް ނިއްވާލާފައި ދިއުމުން ފުދޭވަރަކަށް ބޮޑަށް އެތަނަށް އަނދިރިކަންވަނީ ވެރިވެފަ އެވެ.

 

ނިކުންނާނެ ދޮރެއް ފެނޭތޯ އަދުހަމް އާއި އައިޝާ ހިނގަން ފެށިއެވެ. ފާރުތަކުގައި އަތް ކާއްތަމުން ހިނގަމުން ގޮސް ތަންކޮޅެއް ހަނި ގޯޅިގަނޑެއް ކަހަލަ ހިސާބަކަށް ދެވުނުކަން އެނގިގެން މަޑުކޮށްލި އެވެ. އެތަނަށް ވެރިފައިވާ ފަނޑު އަލިކަމުގެ ތެރެއިން ފާރުގައި އަޅުވާފައިވާ ފޮޓޯ ފުރޭމެއް ފާހަގަ ކުރެވުނެވެ.

 

ފޮޓޯ ފުރޭމާއި ދިމާ މަތީގައި ބާޒެއްގެ ބޮލެއް ގޮތަށް މުށިން ހަދާފައިވާ އެއްޗެއް ފާރުގައި ހަރުކޮށްފައި ހުރިކަން އަދުހަމް އަށް ފާހަގަކުރެވުނެވެ.

 

އައިޝާ ހުއްޓިގެން ހުރި ދިމާ މަތީގައި ނަރެއް އެލިފައި އޮތްކަން އަދުހަމް އަށް އެނގިގެން ރަނގަޅަށް ބަލައިލި އެވެ. އެ ނަރުފަށުގެ އަނެއްކޮޅުގައި ހަރުކޮށްފައިވާ ހޯލްޑަރަށް ޖަހާފައިވާ ބޮކި އިނީ ތެޅިފައެވެ.

 

"މިތަނުން ނިކުންނާނެ ކޮންމެވެސް ގޮތެއް އަވަހަށް ހޯދަން އެބަ ޖެހޭ!" އައިޝާ ހުއްޓިގެން ހުރިތަން ފެނިފައި އަދުހަމް ބުންޏެވެ. ދެ އުކުޅުގައި އަތް ވިދެލަމުން ކަކޫ މައްޗަށް ތިރިވެ ތަޅުން މަތީގައި އޭނާ އިށީންނި އެވެ.

 

"މަލީޝާ އަށް އަނެއްކާ ކިހިނެތްބާ އެވީ؟" އަދުހަމް އަށް ބަލައިލަމުން އައިޝާ އެހި އެވެ.

 

އައިޝާ އިށީންދެ އިންތަން ފެނިގެން އަދުހަމް ވެސް އައިޝާ ކައިރިއަށް ގޮސް އިށީންދެއްޖެ އެވެ.

 

"މަށަކަށް ނޭނގޭ!!" އޯގާތެރި ހިނިތުންވުމަކާއި އެކު އަދުހަމް ޖަވާބު ދިނެވެ. "އެހާ ހާސްވާ އެއްޗެއް ނޫނޭ. މިތަނުން އަހަރުން ސަލާމަތް ވާނަމޭ. މީކީ ދައްތަ ގެ މިސްޓޭކަކުން ވީކަމެއް ނޫނޭ... ސޯ ޑޯންޓް ޔޫ އެވަރ އީވަން ޓްރައި ޓު ބްލޭމް ޔޯރސެލްފް އޯކޭ."

 

"މަގޭ މިސްޓޭކޭ؟ ... މިކަމުގަ ކޮބާތަ މަގޭ މިސްޓޭކެއް." ރުންކުރު ގޮތަކަށް އައިޝާ ހަޅޭއްލަވަން ފެށިއެވެ. "ތީނައެއްނު އެ ބޯގޯސް ކުއްޖާ އާ 'ކްރަޝް' އޮވެގެން ތިޔަ އުޅެނީވެސް."

 

އަދުހަމް ގެ ބައްތިރީސް ދަތް އެއްކޮށް ދައްކާލަމުން ހިނިތުންވެލި އެވެ. "އެއްމެ ރަނގަޅޭ. އެހެން ވެއްޖެއްޔާ އެ ބޯގޯސް ކުއްޖާގެ ތި ފުރެންޑް ކުއްޖާގެ ފޯނު އެބަ އޮތްތަ އަތުގަ؟" ސަމާސާ ރާގަކަށް އަދުހަމް އަހާލިއެވެ.

 

"ނޫން. ފޯނު ގަނޑުވެސް ކާރުގަ ބާއްވަފައޭ މި ގެޔަކަށް މި ވަދެވުނީ!"

 

އަދުހަމް ކޮޅަށް ތެދުވި އެވެ. އައިޝާ އަށް ބަލައިލަމުން ތެދުވުމަށް އިޝާރާތް ކުރި އެވެ. "ހިނގާބަލަ މިތަނުން ނިކުމެވޭނެ ގޮތެއް އޮތްތޯ ބަލަމާ ދެންވެސް."

 

އައިޝާ ތެދުވީ އަދުހަމްގެ ފައިގައި ހިފަހައްޓައިގެންނެވެ. އިރުކޮޅެއް ވާންދެން ހިނގުނުތަނާ ވަދެވުނީ ދިގު ހޯލްވޭ އަކަށެވެ. ހޯލްވޭގެ ދެފަރާތުގައި ހުރީ ބައިވަރު ކޮޓަރި ތަކެކެވެ. ކޮންމެ ކޮޓަރިއެއްގައި ނަންބަރު ޖަހާފައި ހުއްޓެވެ. ހީވަނީ ބޮޑު ގެސްޓްހައުސް އެއްގެ ހޯލްވޭ ތެރެއަށް ވަދެވުނުހެންނެވެ.

 

"މި ނަންބަރުތައް!!.... އެއީ ކޮންމެވެސް ކަހަލަ ކޯޑެއްހެން ހިއެއް ނުވޭތަ؟" އައިޝާ ސުވާލުކުރިއެވެ.

 

"މަށަކަށް ހިއެއް ނުވޭ!"

 

އައިޝާ ކުރިއަށް ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އެތަނުން އެއް ކޮޓަރީގެ ދޮރުފަތުގެ ހިއްމި އެއްގެ ދޭތެރެއިން ކޮންމެވެސް އެއްޗެއް ވިދާލި ތަނެވެ.

"އަދުހަމް؟"

 

އައިޝާ އެ ކޮޓަރިއާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެވަގުތު އެ ކޮޓަރި ތެރެއިން އިވެން ފެށީ ކޮންމެވެސް ބަރު އެއްޗެއް ތަޅުންމަތީގައި ޖެހެމުން ދާ އަޑެވެ. އިވުނު އަޑުން ލަފަކުރެވުނީ ޗޭނު ޖަހައި ބަންދުކޮށްފައިވާ މީހަކު ޗޭނުގަނޑު ދަމަމުން ހިނގަމުންދާ ކަމެވެ.

 

"އަދޫ އަށް އެބަ އިވޭތަ އެ އަޑު؟" އަޑު އިވެމުން ދިޔަ ދިމާއަށް ބަލަން ހުރެފައި އަދުހަމް ހުރި ދިމާއަށް އެނބުރެމުން އައިޝާ ސުވާލުކުރި އެވެ.

 

ފަސް އެނބުރި ބަލައިލި ވަގުތު އައިޝާގެ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާ އެވެ. ކޮންމެވެސް ނުފެންނަ ބާރަކުން އަދުހަމް ދަމާފައި ގެންދާތަން ފެނުމުންނެވެ. ހޯލްވޭ ތެރެއިން ފަހަތަށްވާ ގޮތަށް އެއްވެސް ތަނެއްގައި ނުވެސް ޖެހި އޮވެގެން އަދުހަމް ގެ ހަށިގަނޑު ދަމާފައި ގެންދާތަން ފެނުމުން އައިޝާގެ ތަލިން ކުޅުހިކި، ހިތް ހުއްޓޭހާވަރު ވި އެވެ. ހަދާނެގޮތެއް ނޭނގިފައި އޭނާއަށް ހުރެވުނީ އެވެ.

ނުނިމޭ

 

ގުޅުންހުރި ބައިތައް

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް