21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ބެޑްމިންޓަން

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

  • މިއީ 2019 ވަނަ އަހަރަށް އަމާޒުކޮށްގެން ހިންގި ތަމްރީނުތަކެއް
ނާފިއު ރަޝީދު | NaphiuR

| 10 ޖެނުއަރީ 2017 | އަންގާރަ 20:48 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ގައުމީ ބެޑްމިންޓަން ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން- ފޮޓޯ: ބެޑްމިންޓަން -- ފޭސްބުކް

 ބެޑްމިންޓަން އެސޯސިއޭޝަނުން 2019 ވަނަ އަހަރަށް އަމާޒުކޮށްގެން ގައުމީ ޓީމެއް އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި އެވެ.

 

މެލޭޝިޔާގެ ހައި ޕާފޯމާ ޓްރެއިނަރާކާ އެކު ތިން މަސްދުވަހުގެ މުއްދަތަށް ހިންގި މި ތަމްރީނު ޕްރޮގްރާމުގައި 22 ކުޅުންތެރިއަކު ވަނީ ގައުމީ ބެޑްމިންޓަން ޓީމަށް ޝޯޓް ލިސްޓުކޮށްފަ އެވެ. މީގެ ތެރޭގައި 12 އަންހެން ކުޅުންތެރިންނާއި 10 ފިރިހެން ކުޅުންތެރިން ހިމެނެ އެވެ.

 

މި ތަމްރީނުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ކުރިއަށް އޮތް 2019 ވަނަ އަހަރަށް އަމާޒު ކަނޑައަޅައިގެން ހިންގި މިތަމްރީނު ޕްރޮގްރާމަކީ އެ އަހަރުގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އަދިވެސް އެހެނިހެން މުބާރާތްތަކުން ރާއްޖެއަށް ރަންވަނަތަކެއް ހޯދުމަށް ދުރާލާ ތައްޔާރުވެ ތިބުމަށް ހިންގި ތަމްރީނުތަކެއް ކަމަށެވެ.

 

މޫސަ ވިދާޅުވީ މެލޭޝިޔާގެ ހައި ޕާފޯމާގެ އެހީއާއެކު މައިގަނޑު ގޮތެއްގައި ހިންގުނު ހަރަކާތްތަކަކީ ކުޅުންތެރިންގެ ފިޒިކަލް ކޮމްޕޯނެންޓް ފާހަގަކޮށް، ވަކިވަކި ކުޅުންތެރިންނަށް ބޭނުންވާ ކަންތައްތައް އެސޯސިއޭޝަނާއި ހިއްސާ ކުރުން ކަމަށެވެ.

 

މޫސަ ވިދާޅުވީ މެލޭޝިޔާގެ ޓްރެއިނަރާއެކު ހިންގުނު ތަމްރީނުތަކަށްފަހު އެނގިގެން ދިޔައީ މާލޭގައި ޓީމުގެ ކުޅުންތެރިންނަށް އިތުރު ތަމްރީނުތަކެއް ރަނގަޅު ގޮތުގައި ހިންގައިފި ނަމަ މުބާރާތްތަކުން ބޭނުން ވާފަދަ ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

 

ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލުމަށް ހިންގި ތަމްރީނުތަކަށްފަހު މެލޭޝިޔާގެ ހައި ޕާފޯމާ ޓްރެއިނަރު މާދަމާގެ ވަގުތެއްގައި އެ ގައުމަށް ދިއުމަށް ފުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް