20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އިނގިރޭސި ޕްރެމިއަ ލީގު

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

  • ހަލްސިޓީ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިންމު. މޮރީނިއޯ
ނާފިއު ރަޝީދު | NaphiuR

| 10 ޖެނުއަރީ 2017 | އަންގާރަ 20:30 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ -- ގޫގުލް

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ހަލްސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިންމު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

 

މި މެޗަށް ނުކުންނައިރު ޔުނައިޓެޑް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން އެޓީމު ވަނީ އެންމެ ފަހުން ކުޅުނު 8 މެޗުން ވެސް މޮޅުވެފަ އެވެ.

 

ޕްރިމިއަރ ލީގުގެ ހަވަނައިގައި ޔުނައިޓެޑް މިވަގުތު އޮތްއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ. ލިވަޕޫލް މެޗު ކުރިއަށް އޮތް ނަމަވެސް، މިރޭގެ މެޗުގައި ލާޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ މެން ފަދަ، ޔުނައިޓެޑްގެ މުހިއްމު ކުޅުންތެރިން ކުޅޭނެ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.

 

ސެމީގެ ފުރަތަމަ ލެގު އޮތީ ޔުނައިޓެޑްގެ ދަނޑުގައި ކަމުން، އެ ލެގުން ނެގެން އޮތް ހުރިހާ ފައިދާއެއް ނެގުމަށް މަސައްކަތް ކުރަންޖެހޭނެކަން މޮރީނިއޯ ފާހަގަކުރިއެވެއަދި ބޮޑެތި ޓީމުތަކަށް ކުޅޭ ކޮންމެ މުބާރާތަކީ ވެސް، މުހިއްމު މުބާރާތަކަށް ވާނެ ކަމަށާއި، މި މުބާރާތުގެ ފައިނަލް ވެމްބްލީ ސްޓޭޑިއަމަށް ބަދަލުކުރިފަހުން، މުބާރާތުގެ ހާއްސަކަން ބޮޑުވެގެން ގޮސްފައިވާ ކަމަށް ވެސް، މޮރީނިއޯ ބުންޏެވެ.

 

މޮރީނިއޯ ވަނީ މީގެ ކުރިން، ޗެލްސީއާއެކު އިނގިރޭސި ލީގުކަޕް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

 

ޔުނައިޓެޑާއި ހަލް ސިޓީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް