21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އިނގިރޭސި ޕްރެމިއަ ލީގު

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

  • ބަޓްޝުއާއީ ޗެލްސީއަށް ބަދަލުވީ ފްރާންސްގެ މާސޭއިން 33 މިލިއަން ޕައުންޑަށް
ނާފިއު ރަޝީދު | NaphiuR

| 10 ޖެނުއަރީ 2017 | އަންގާރަ 20:20 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ބެލްޖިއަމަށް އުފަން ޗެލްސީގެ ފޯވަޑް މިޝީ ބަޓްޝުއާއީ -- ގޫގުލް

މި ޖެނުއަރީ ޓްރާންސްފާގައި ލޯނެއްގެ ދަށުން ޗެލްސީގެ ޒުވާން ފޯވާޑް މިޝީ ބަޓްޝުއާއީ ގެންނަން ވެސްޓްހަމް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ.

 

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ފްރާންސްގެ މާސޭއިން 33 މިލިއަން ޕައުންޑަށް ބަޓްޝުއާއީ ޗެލްސީއަށް ބަދަލުވި ނަމަވެސް އޭނާ އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

 

އުމުރުން 23 އަހަރުގެ ބަޓްޝުއާއީއަށް ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޗެލްސީން އަންނަނީ އޭނާ ލޯނެއްގެ ދަށުން ސްވެންސީ ސިޓީއަށް ފޮނުވާލުމަށް މަސައްކަތްކުރަމުންނެވެ. ބަޓްޝުއާއީ ފޮނުވާލުމަށްފަހު، ޗެލްސީން މަސައްކަތްކުރަމުންދަނީ ލޯނެއްގެ ދަށުން ސްވެންސީގެ ތަޖުރިބާކާރު ފޯވާޑް ފެނާންޑޯ ލޮރެންޓޭ ގެނައުމަށެވެ.

 

އުމުރުން 31 އަހަރުގެ ލޮރެންޓޭއަކީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކީ މީގެކުރިން ޔުވެންޓަސްގައި މަސައްކަތްކޮށްފައިވާ ކުޅުންތެރިއެކެވެ.

 

ޖެނުއަރީ ޓްރާންސްފާ ނިމުމުގެ ކުރިން ރަނގަޅު ފޯވާޑެއް ގެންނަން ވެސްޓްހަމްއިން ބޭނުންވާއިރު، އެޓީމުގެ އަމާޒު މިވަގުތު އެންމެ ބޮޑަށް ހުރި އެއް ކުޅުންތެރިއަކީ ބަޓްޝުއާއީ ކަމަށް ރިޕޯޓުތަށް ބުނެއެވެ. ބަޓްޝުއާއީ މިދިޔަ އަހަރު ޗެލްސީއަށް ބަދަލުވުމުގެ ކުރިން ވެސް ވެސްޓްހަމްއިން އޭނާ ހޯދަން ވަނީ މަސައްކަތްކޮށްފަ އެވެ.

 

މީޑިޔާ ރިޕޯޓުތަށް ބުނާގޮތުން ލޯނެއްގެ ދަށުން އެހެން ޓީމަކަށް ދެވެން އޮތްނަމަ ސްވެންސީއަށް ވުރެ ބޮޑަށް ބަޓްޝުއާއީ ދާން ބޭނުންވަނީ ވެސް ވެސްޓްހަމް އަށެވެ.

 

ޗެލްސީއަށް ބަދަލުވުމުގެ ކުރިން ބެލްޖިއަމްއަށް އުފަން ބަޓްޝުއާއީ އައީ ފްރާންސްގެ މާސޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ ފްރެންޗް ލީގުގައި އެޓީމަށް ކުޅެދިން 62 މެޗުގައި 26 ގޯލް ކާމިޔާބުކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް