23 މެއި 2018 | ބުދަ | 04 ރޯނު

ރައީސް ނަޝީދު

ކެންޑީގައި ތިބި ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

  • ކެންޑީގައި ތިބި ގިނަ އަދަދެއްގެ ދިވެހިންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވި
އާމިނަތު ނުޒުހާ | nuzu8121

| 15 މެއި 2018 | އަންގާރަ 00:29 | |

ކެންޑީގައި ތިބި ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވަނީ -- ޓްވިޓަރ

ސްރީލަންކާގެ ކެންޑީގައި ތިބި ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

ކެންޑީގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވާފައިވަނީ، ހޯމަ ދުވަހުގެ ރޭގައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ ޝަރަފުގައި ކެންޑީގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ހަދިޔާކުރި މާހެފުމަކާ ވެސް އެކުގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިމަތިލާނެ ކެނޑިޑޭޓެއް ނެރުމަށް އެމްޑީޕީން ބާއްވަން ތައްޔާރު ވެފައިވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި "ޖަޒީރާ ރައީސް" ގެ ނަމުގައި އެމަނިކުފާނުގެ ކެމްޕެއިންގެ ހަރަކާތްތައް ސްރީ ލަންކާގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ފޯރިއާ އެކު ކުރިއަށް ދާކަން ފާހަގަ ކުރެވެއެވެ.

 

ކެންޑީގައި ތިބި ގިނަ އަދަދެއްގެ ދިވެހިންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވި

މި ބައްދަލުވުމުގައި ކެންޑީގައި ދިރިއުޅޭ އެމަނިކުފާނަށާއި އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. 

ރައީސް ނަޝީދު އަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީނުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވޯޓު ކަރުދާސް ކޮޅުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށާއި، އިންތިޚާބުގައި ޔާމީން ބަލި ކުރައްވާނެ ކަމުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް