21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

ރައީސް ނަޝީދު 2018

ރައީސް ނަޝީދު، ރައީސް ޔާމީނަށް: އަޅުގަނޑު އެ އޮތީ އިންތިހާބަށް ކުރިމަތިލާފައި

 • އެންމެފަހު ވަގުތުގައި އިންތިހާބުގައި ވާދަކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި
 • ވެރިކަމުގެ ނިޒާމް ވަނީ އެއްކޮށް ހަރާބުވެފައި، އެކަން އިސްލާހުނުކޮށް ތަރައްޤީއެއް ނުގެނެވޭނެ
 • ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްގެން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 14 މެއި 2018 | ހޯމަ 23:14 | |

މަގުބޫލް

 1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
 2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
 3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
 4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
 5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
 6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
 7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
 8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ރައީސް މުހައްމަދު ނަޝީދު - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަމަށް އެމަނިކުފާނު ވިދާޅުވި -- ގޫގުލް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވޭނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވަމުންގެންދަވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަމުންގެންދަވާކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނަށް ރައްދުދެއްވައިފި އެވެ. 

ރައީސް ނަޝީދުގެ "ޖަޒީރާ ރައީސް" ކެމްޕޭންގެ ތެރެއިން އެމްޑީޕީ ހަރުގޭގައި ބޭއްވި މާހެފުމުގައި ބައިވެރިވެވަޑައިގެންނެވި ސަޕޯޓަރުންނާއި މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުވެސް އެންމެ ފަހުވަގުތާއި ހަމައަށް އެމަނިކުފާނަށް ވާދަނުކުރެއްވޭނެކަމަށް ނިންމާފައި އޮތްކަމަށެވެ. އަދި 2013 ގައިވެސް ކަންވެގެންދިޔައީ ދާދި އެއްގޮތަކަށް ކަމަށާއި، އަދި މި އަހަރުވެސް ހަމަ އެގޮތަށް އެންމެފަހުވަގުތު އެމަނިކުފާނަށް ވާދަކުރެއްވޭނެކަމަށް ނިންމަވާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަމަށް ރައީސް ޔާމީން ވިދާޅުވަމުންގެންދަވާކަމަށާއި، އޭގެ ރައްދެއްގެގޮތުން މިހާރުވެސް ހުންނެވީ އިންތިހާބަށް ކުރިމަތިލައްވައިގެންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު މިހާރުމިވަނީ ކުރިމަތިލާފައި، ރައީސް ޔާމީން އެ ވިދާޅުވަނީ އަޅުގަނޑަށް ކުރިމަތިނުލެވޭނެ އޭ. އަޅުގަނޑު މި ދަންނަވަނީ މިހާރު އެވަނީލާފައޭ."

ރާއްޖޭގެ ވެރިކަން ވަނީ ވަރަށްބޮޑަށް ތަޤައްޔަރުވެފައިކަން ފާހަގަކޮށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ސާފުކޮށްގެން މެނުވީ ހޯދަން އުޅޭ ތަރައްޤީއާއި، ހައްޤުވާ މިންވަރު ހޯދުމަށް ވަރަށް ބޮޑަށް އުދަނގޫވާނެކަމަށެވެ. އަދި ވެރިކަމުގެ ކަންތައްތައް ހުރިގޮތް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ވާދަވެރި ހުރިހާ ލީޑަރުން ޖަލަށްލައްވާފައިވާކަމަށާއި، މެމްބަރުންތައް ހައްޔަރުކޮށް، މަޖިލީސް ހިސޯރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، އެ ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށްފައިވާކަމަށެވެ.

އެހެންކަމުން އެ ހާލަތުން އަރައިގަތުމަށް ހުށައެޅުންތަކެއް އެމްޑީޕީން ރައްޔިތުންނަށް ހުށައަޅަންޖެހޭކަމަށާއި، އެކަންކުރުމުގެ ޒިންމާ އެމްޑީޕީގައި އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ 3 ބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމް އެއްކޮށް ގަނޑުބަނޑުކޮށްލާފައިވާކަމަށެވެ. އަދި އެއްބާރު އަނެއްބާރަށް އަރައިގަނެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެޔަށް ގެނެސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަން ރަނގަޅުގޮތުގައި ނުކުރެވޭނަމަ، ދެން އިތުރުކަމެއް ރަނގަޅުކުރަން އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ. ތަރައޤީ ހޯދޭނީ، އަޅުގަނޑުމެން މި އެދޭކަންކަން އަޅުގަނޑުމެންނަށް ހާސިލްކުރެވޭނީ ވެރިކަމުގެ ނިޒާމްވެސް ސަފުވެގެން. އިރާދަކުރެއްވިއްޔާ މި މަސައްކަތް ކާމިޔާބުވަންދެން އަޅުގަނޑު މި މަސައްކަތުގައި އުޅޭނަން"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް