15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މަގޭ ރިޕޯޓް

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

  • ލީކްވެފައިވާ ބަޔާންތަކުން ހުކުމް ނެރުނީ ނުފޫޒުންކަން އެނގޭ
  • ކޯޓުގައި ހެކިބަސްދިނީ ވެސް އޭނާ ކަމަށް ގަބޫލުކުރެވޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 14 މެއި 2018 | ހޯމަ 19:27 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ގާޒީ ހަލީމް:- ލީކްވެފައިވާ ބަޔާންތަކުން ނުފޫޒުގައި ޖެހި ހުކުމްކޮށްފައިވާކަން އެނގޭ -- ވީނިއުސް

އަމިއްލަ އިއުތިރާފުން ތިމަންނަ ބައެއް ހުކުމްތައް ނެރުނީ އެހެން މީހަކު ލިޔެދިނީމަ ކަމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އެ ވަނީ ވިދާޅުވެފަ އެވެ. ކިތަންމެ ސިއްރުން ދެއްކެވި ވާހަކައެއް ނަމަވެސް އެ ވާހަކަ އެ ވަނީ އެންމެނަށް އެނގޭ ބޮޑު ސިއްރަށްވެފަ އެވެ. ލީކްވެގެން އުޅޭ ބަޔާން ތަކުންނާއި ފިލާ ސިއްރުން ހުންނަވައި ދެއްވި ބަޔާންތަކުން ގާޒީ ހަލީމްގެ އަސްލު ސިފަ އެނގި އެވަނި ބޭޒާރުވެފައެވެ.ސިވިލް ކޯޓަށް ދާ ކޮންމެ މީހަކަށްވެސް އެތަނުގައި އިސް ގާޒީއަކަށް އިނީ މިނިވަންކަން ގެއްލިފައިވާ އަދި މަގާމު ހަސިއްޔަތެއްވެސް މިހާރު ނެތް މީހެއްކަން ވެސް އިނގޭނެ އެވެ.  

ގާޒީންނަކީ ކޯޓަށް ހުށަހެޅޭ މައްސަލަތައް މިނިވަން ކަމާއެކު ވަކި ފަރާތެއްގެ ނުފޫޒު ނެތި އިންސާފުވެރި ހުކުމްތަކެއް ނެރެން ޖެހޭ ބައެކެވެ. ނަމަވެސް ހިތާމައަކީ އިސްލާމުންނޭ ކިޔައިގެން އަތް ޖަހަ ޖަހާފައި އަނެއް ބަޔަކު ކާފަރުކުރާ މީހުންވެސް ހަލީމް ފަދަ ބޭފުޅުނަކީ ހަމަ ގާޒީން ކަމަށް ގަބޫލުކުރެ އެވެ.  

ގައުމެއްގެ ރައްޔިތަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތި ކަމަކީ އޭނާ އިންސާފު ހޯދަން ދާން އޮތް ކޯޓުތަކުން އިންސާފު ނުލިބޭނެ ކަމަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގުމެވެ. އިންސާފުވެރި ޝަރީއަތަކީ ކޮންމެ މީހަކަށް ލިބެން ޖެހޭ އަސާސީ ހައްގެކެވެ.

ޖިނާއީ އަދުލުގެ ނިޒާމް ފުނޑިފައިވާ މިންވަރަކީ މި ދެންނެވި ގާޒީ، ހަލީމް ފުލުސް އޮފީހަށް ގޮސް ތިމަންނަ ބައެއް ހުކުމްތައް ކުރީ އެހެން ފަނޑިޔާރަކު އިތުރުކޮށްފައިވާ ބަޔަކާ އެކު ކަމަށް ވިދާޅުވީމަ ވެސް އޭނާގެ މައްޗަށް ތަހްގީގެއް ހިންގައި ދައުވާ ކޮށްފައި ނެތުމެވެ. އެކަމު އެ ގާޒީއަށް ނުފޫޒު ފޯރުވި ކަމަށް ލިބުނު އެ މައުލޫމާތާ ގުޅިގެން މިހާރު އެ ވަނީ ދައުވާ އެއްކޮން ހުކުމް ވެސް ކޮށްފަ އެވެ.  

ހަވީރު ނޫހުގެ މުވައްޒަފުންނާ ގުޅުވައި ކުރި ހުކުމާއި ވިލާ ކުންފުންޏާ ގުޅޭ މައްސަލައެއްގައި ނިންމި ނިންމުންތަކަކީ ވަކި މީހެއްގެ ނުފޫޒުން ނިންމި ނިންމުންތަކެއް ކަމަށް ހަމަ އެކަނި ފުލުހުންގެ ތަހްގީގުގައި ވިދާޅުވީކީ ވެސް ނޫނެވެ. ކްރިމިނަލް ކޯޓުގެ ޝަރީތުގެ މަޖިލީހުގައި ﷲ ގަންދީ ހުވާކޮށް ހެކިބަސް ވެސް ދިނީ ނުފޫޒުތައް އައިސް ހުކުމްތަކެއް ކުރީ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ފަނޑިޔާރުންގެ ނިންމުންތަކާއި އަމުރުތަކާއި ހުކުމްތައް ކުރަން ވާނީ ވަކި ފަރާތަކަށް ނުޖެހި ނުފޫޒަށް ބެލުމެއް ނެތި ވަކި މީހަކު ދައްކަފާނެ ބިރަކަށް ބެލުމެއް ނެތި ކަމަށް ބުނެފައިވެ އެވެ. އެ ސިފަ ނެތި ގާޒީއަކަށް ނުހުރެވޭއިރު އަދިވެސް ހަލީމް ގާޒީވެސް އެ ހުންނެވީ ގާޒީ ކަމުގައި އެވެ.  ނުފޫޒެއް އެހެން ފަނޑިޔާރަކު ފޯރުވާނަމަ ވެސް އެ ވާހަކަ ޖުޑިޝަލް ސާވީސް ކޮމިޝަނަށް ރިޕޯޓްކޮށް އެކަން ސަމާލުކަމަށް ގެންނަންވާނެ އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން ވެސް މި އެނގުނީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކަށްފަހު އެ ބޭފުޅުން ހައްޔަރުކުރީމަ އެ ވާހަކަދެއްކުމުން ހަލީމްގެ ހުރީ ކޮން އިހްލާސްތެރިކަމެއް ހެއްޔެވެ. އެއްކޮޅަކުންވެސް ގާޒީ ހަލީމަށް އެ މަގާމުގައި ހުރެވިދާނެ ކަމަށް ގަބޫލު ކުރެވޭނެ ހަމައެއް ނުދެއްކޭނެ އެވެ. މިވަރުވީމަވެސް މި ރާއްޖޭގައި މިއީ މައްސަލައަކަށްވީހެނެއް ހިޔެއްނުވެ އެވެ. މީހުން ބުނާތީ އަޑު އިވެނީ އެހެން ތަނެއް ނަމަ މިހާރު އެ ގާޒީއަށް ހުކުމް ކުރަން ނުކެރޭ ވަރަށް އިހްތިޖާޖުތައް ކޮށް ގައުމު ކައްކުވާލާފީސް ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުހައްމަދު

6 މަސް ކުރިން

އޭނާ ކައރީ އަހާބަލަ ސިަފއިންގޭގައި އުޅުނު އިރު މީހެއްގެ އަތުން ނެގި ލާރިގަނޑު ކޮބާތޯ މީނަފަހުން ދޭނަމޭ ކިޔާފަ ނެގި ލާރި ގަނޑު އަދިވެސް ނުދޭ މިކަން މިހެން އޮއްވާ ހުކުމް މިކުރަނީ، ﷲ އަށް ބިރުވެތިވާ މީހެއްނަމަ ފުރަތަމަ ދަރަނި އަދާކުރުން އެދެން.

0
0
Baba

6 މަސް ކުރިން

haleem kon kamakaa haasvaakah. Haleem ge anhenun babaa ah Mihaaru vanee youth ministry ge coordinator kan dheefa. Ehves bayaan dhineema eyge hadhiyaa akah dhin ehcheh. Abadhu NEWPORT ga alhaafa innairu Varah heevi kommeves jareemaaeh hingaa meehekey me.

1
0
ޙަސަން

6 މަސް ކުރިން

Haleem akee Civil Court ge is qaazee eh noon. Civil Court ge is qaazee akee Abdulla Ali. Thandhoru neyn'gunas kommeves echcheh liyeveythoa balaathi.

0
1