
| 14 މެއި 2018 | ހޯމަ 17:56 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އުރީދޫ އާއި ހުއާވޭ ގުޅިގެން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޙަފްލާގައި، ހުއާވޭގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ހުއާވޭ ޕީ20 ސީރީސްގެ ފޯނުތައް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދަމުންދާ ހުއާވޭ ޕީ20 އަދި ޕީ20 ޕްރޯ ގަތުމަށް، އުރީދޫ އިން ވަނީ ވަރަށް ހާއްސަ ޕެކޭޖްތަކެއްވެސް ތައާރަފު ކޮށްފައެވެ.
ހުއާވޭގެ ޕީ20 ޕްރޯ ތައާރަފު ކޮށްފައިވަނީ ދުނިޔޭގެ ފުރަތަމަ ލެއިކާ ޓްރިޕަލް ކެމެރާ ހިމަނައިގެންނެވެ. އެގޮތުން، ސްމާޓް ފޯން އިންޑަސްޓްރީގައި ކުރިން ފެނިފައި ނުވާ އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުންތަކާއި އެކު، ޕީ20 ސީރީސްގެ ދެ ފޯނުން ވެސް ވަރަށް ފުރިހަމަ ތަޖުރިބާތަކެއް ކުރެވޭނެއެވެ. މި ސްމާޓްފޯން ސީރީޒްއާއެކު، ކޮންމެ މީހަކަށް ވެސް، ޕްރޮފެޝެނަލް ކޮލިޓީގެ ފޮޓޯ ނެގުމަށް ފަސޭހަ ވެގެންދާނެއެވެ.
އުރީދޫ އިން ތައާރަފު ކޮށްފައިވާ ހާއްސަ ޕެކޭޖާއެކު، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ވަރަށް ފަސޭހަކަމާއެކު، ވަރަށް ރަނގަޅު އަގު ގައި ފޯނުތައް ގަނެވޭނެއެވެ. އަދި މި ޕެކޭޖްގެ ދަށުން، އެއް އަހަރު ދުވަހުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ. މީގެ އިތުރުން މަހަކު އެންމެ 825 ރުފިޔާ ދައްކައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ހުއާވޭ ޕީ20 ސީރީޒްގެ ފޯންތައް ގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް އުރީދޫ އިން ވަނީ ތައާރަފު ކޮށްފައެވެ.
މަހުފީ (ރ.) | ޑައުންޕޭމަންޓް (ރ.) | ހޭންޑްސެޓް |
825.00 | 1,099.00 | ހުއާވޭ ޕީ20 |
1,075.00 | 1,099.00 | ހުއާވޭ ޕީ20 ޕްރޯ |
މި ޕްލޭން އަކީ އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ފުލް ޕޭމަންޓް ޕްލޭންއެކެވެ.
އަގު (ރފ.) | ހޭންޑްސެޓް |
11,299.00 | ހުއާވޭ ޕީ20 |
14,299.00 | ހުއާވޭ ޕީ20 ޕްރޯ |
ފުލް ޕޭމަންޓް ޕްލޭން އަދި އިންސްޓޯލްމަންޓް ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖީބީގެ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ހުއާވޭ ޕީ20 ޕްރޯގައި ލެއިކާ ޓްރިޕަލް ކެމެރާ އާއި x5 ހައިބްރިޑް ޒޫމް، އަދި ޕީ20 ގައި ލެއިކާ ޑުއަލް ކެމެރާ ހިމަނާފައިވާއިރު، މި ސީރީޒްގެ ފޯނުތަކުގެ އެޑްވާންސް ކެމެރާ ސިސްޓަމް މެދުވެރިކޮށް ޕްރޮފެޝަނަލް ފެންވަރުގައި ވަރަށް ފުރިހަމަކޮށް ފޮޓޯ ނެގޭނެއެވެ. އުފެއްދުންތެރި ފޮޓޯގްރަފީ ފީޗަރސް ތެރޭގައި، އޭ.އައި މެދުވެރިކޮށް ޕްރޮފެޝަނަލް ފޮޓޯ ނަގަން ބޭނުންކުރާ މާސްޓާ އޭ.އައި އާއި، އޭ.އައި މެދުވެރިކޮށް ފޮޓޯ އިމޭޖްތައް ސްޓޭބަލް ކުރާ ވާވޭ އޭ.އައި.އެސް (އާޓިފިޝަލް އިންޓެލިޖެންސް އިމޭޖް ސްޓޭބަލައިޒޭޝަން) ހިމެނެއެވެ.
މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު www.ooredoo.mv މެދުވެރިކޮށް ލިބޭނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް