21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

އަހްމަދު މަޚްލޫފު

މަޚްލޫފް މިނިވަން ކުރުމަށް އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

 • ރާއްޖެއިން ޙައްޤަކާއި ނުލައި، އިންސާފުން ބޭރުން މީހުން ހައްޔަރުކުރުން ހުއްޓާލަން ޖެހޭ
 • މަޚްލޫފްގެ މައްޗަށް އެކި ދައުވާތައް ވަނީ އުފުލާފަ
 • މަޚްލޫފްގެ މައްޗަށް ޖުމްލަ 20 އަހަރުގެ ޖަލު ޙުކުމް އިއްވުމުގެ ފުރުޞަތު އެބަ އޮތް: އެމްނެސްޓީ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 14 މެއި 2018 | ހޯމަ 12:06 | |

މަގުބޫލް

 1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
 2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
 3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
 4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
 5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
 6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
 7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
 8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް -- ފޮޓޯ : މުހައްމަދު ޝަރުހާން

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ޟަމީރުގެ ޤައިދީއެއް ކަމަށް ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް މިނިވަން ކުރުމަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް ސަލީލް ޝެޓީ ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހު ސަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން އިންސާނީ ޙައްޤުތަކަށް އިޚުތިރާމްކޮށް، ޙައްޤަކާއި ނުލައި، އިންސާފުން ބޭރުން މީހުން ހައްޔަރުކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މި ޓްވީޓްގައި ސަލީލް ވަނީ މެންބަރު މަޚްލޫފް މިނިވަން ކުރުމަށްވެސް ގޮވާލައްވާފައެވެ.

މަޚްލޫފަކީ ޟަމީރުގެ ޤައިދީއެއް ކަމަށް ކަނޑައަޅައި، އެމްނެސްޓީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޚްލޫފާއި ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި އުފުލާފައިވާ ހަޤީޤަތެއް ނެތް ދައުވާތަކެއް ކަމަށެވެ.

އެމްނެސްޓީގެ ބަޔާނުގައި އެ ޖަމުޢިއްޔާއިން ވަނީ މަޚްލޫފްގެ މައްޗަށް އުފުލާފައިވާ އެކިއެކި ދައުވާތަކުގެ ތަފްޞީލާއި، އެ ދައުވާތަކާއި ގުޅިގެން މަޚްލޫފްގެ މައްޗަށް ކޮށްފާނެ ކަމަށް ބެލެވޭ ޖަލު ޙުކުމްތަކުގެ ތަފްޞީލު ބަޔާންކޮށްފައެވެ.

އެގޮތުން މުޒާހިރީންނަށް މާސްކު ބެހި މައްސަލައިގައި އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އާއި ގުޅިގެން، މަޚްލޫފްގެ މައްޗަށް މަދުވެގެން 6 މަހުގެ ޖަލު ޙުކުމެއް އިއްވާނެ ކަމަށް ބެލެވެއެވެ. އަދި މަޚްލޫފް ކުރި ދެ ޓްވީޓަކާއި ގުޅިގެން ކޮށްފައިވާ ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދެ ދައުވާ އާއި ގުޅިގެން، މަދުވެގެން ޖުމްލަ 1 އަހަރުގެ ޖަލު ޙުކުމެއް އިއްވާނެ ކަމަށްވެސް ބެލެވެއެވެ.

މީގެ އިތުރުން މާފުށީ ޖަލު ކައިރީގައި މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ކުރި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންތަކަކާއިއެކު މަޚްލޫފް ޖަލުގެ އެތެރެއަށް ވަދެވަޑައިގަތް ކަމަށް ބުނެ ކޮށްފައިވާ ޓެރަރިޒަމްގެ ދަޢުވާއާއި ގުޅިގެން މަޚްލޫފްގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ ފުރުޞަތު އޮތްކަންވެސް އެމްނެސްޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ޚިޔާލު ފާޅުކުރުމާއި، ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އަދި މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ހިންގި ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އެ ޙައްޤުތައް އިތުރަށް ހަނިވެގެން ގޮސްފައިވާ ކަމަށެވެ.

މި ކަންކަން މިހެން ހުރުމުން، އެއްވެސް ޝަރުތެއް ނެތި ވަގުތުން މަޚްލޫފް މިނިވަން ކުރުމަށާއި، ޖިނާއީ އަދުލުގެ ނިޒާމަކީ ސިޔާސީ ވާދަވެރިންނާއި ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރަކަށް ނުހެދޭނެކަން ކަށަވަރުކުރުމަށާއި، ބިރުވެރިކަމެއް ނެތި ޚިޔާލު ފާޅުކުރެވޭނެ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގޮވާލައި، މި ޖޫން މަހުގެ 22 ވަނަ ދުވަހުގެ ކުރިން ބަންޑާރަ ނައިބު މުޙައްމަދު އަނިލް އާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު ޝިހާންއަށް ސިޓީ ލިއުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.

އަދި މި ސިޓީތަކުގެ ކޮޕީ ރާއްޖެއަށް އެކި ޤައުމުތަކުން ކަނޑައަޅާފައިވާ ޑިޕްލޮމޭޓުންނަށް ފޮނުވުމަށްވެސް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް