20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އަލީ އަޝްފާގު

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

  • ދަގަނޑޭ ވޯޓު ދިނީ ރޮނާލްޑޯ އާއި ގާޑިއޯލާއަށް
ނާފިއު ރަޝީދު | NaphiuR

| 10 ޖެނުއަރީ 2017 | އަންގާރަ 18:35 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) -- ފޭސްބުކް

ފީފާގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު ހޮވަން ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕެޕް ގާޑިޔޯލާ އަށް ދީފި އެވެ.

 

ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ ރޭ ހޯދިއިރު، ދަގަނޑޭ އޭނާގެ ދެވަނަ ވޯޓު ދީފައިވަނީ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއަށެވެ. އަދި ތިންވަނަ ވޯޓު ދީފައިވަނީ ބާސެލޯނާގެ ލުއިސް ސުއަރޭޒް އަށެވެ.

 

އެންމެ މޮޅު ކޯޗަށް ދަގަނޑޭ ވޯޓު ދީފައިވާ ގޮތަށް ބަލާއިރު އޭނާގެ ފުރަތަމަ ވޯޓު ދީފައި ވަނީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ އަށެވެ. ދެވަނަ ވޯޓު ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭއަށް ދިންއިރު، ދަގަނޑޭގެ ތިންވަނަ ވޯޓު ދީފައިވަނީ، ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އަށެވެ.

 

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް، އޭނާގެ އެއްވަނަ ކުޅުންތެރިއަކަށް ހޮވާފައިވަނީ، ގެރެތް ބޭލް އެވެ. ދެވަނަ ރޮނާލްޑޯއަށް ދިންއިރު ތިންވަނަ ދީފައިވަނީ މެސީ އަށެވެ.

 

އެންމެ މޮޅު ކޯޗު ހޮވަން އޮސްޓްރޭލިއާ އަށް އުފަން ސްޓެވާޓް ވޯޓު ދީފައިވާ ގޮތަށް ބަލާއިރު، އެއްވަނަ ދީފައިވަނީ ލެސްޓަ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ އަށެވެ. ދެވަނަ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއަށް ދިންއިރު، ތިންވަނަ ދީފައިވަނީ ޒިދާން އަށެވެ.

 

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯއަށް ލިބުނުއިރު، އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ، ގިނަބަޔަކު ހައިރާންކޮށްލުމަށްފަހު، މިދިޔަ ސީޒަނުގައި ލެސްޓަ ސިޓީއަށް ޕްރެމިއަރ ލީގު ހޯދައިދިން ރަނިއޭރީ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް