26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ތަގްސް އޮފް ހިންދުސްތާން

ތަގްސް އޮފް ހިންދުސްތާން ރިލީޒް ކުރަނީ އައިމެކްސް ފޯމެޓްގައި

  • މި ފިލްމު ރިލީޒްކުރާނީ އަންނަ ނޮވެމްބަރު 7 ގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 14 މެއި 2018 | ހޯމަ 09:09 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ތަގްސް އޮފް ހިންދުސްތާންގެ ކަވަރ ފޮޓޯއެއް -- ގެޓީ އިމޭޖާސް

މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތަގްސް އޮފް ހިންދުސްތާން، އައިމެކްސް ފޯމެޓުގައި ރިލީޒްކުރަން ނިންމައިފިއެވެ. 

ތަގްސް އޮފް ހިންދުސްތާން ރިލީޒް ކުރާނީ އައިމެކްސް ފޯމެޓްގައިކަން އައިމެކްސް އާއި އެފިލްމު އުފައްދާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިންވެސް ވަނީ ޔަގީންކޮށްދީފައެވެ. އެ ދެ ކުންފުނިންވެސް ވަނީ ޓްވިޓަރ މެދުވެރިކޮށް އެކަން ކަށަވަރުކޮށްދީފައެވެ. 

މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މޯލްޓާ އާއި މުމްބާއީގައެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި އަމީތާބު ބައްޗަންވެސް މުހިއްމު ރޯލެއް އަދާކުރާއިރު، މި ފިލްމުގެ ވާހަކަ ލިޔެ، ފިލްމު ޑައިރެކްޓްކުރަނީ ވިޖޭ ކްރިޝްނާ އަޗާރިޔާއެވެ.

ތަގްސް އޮފް ހިންދުސްތާނުގައި އަމީތާބުގެ އިތުރުން އާމިރު ޚާން އާއި ފާތިމާ ސަނާ ޝައިޚް އަދި ކެޓްރީނާ ކައިފް އާއި މުޙައްމަދު ޒީޝާން އައްޔޫބް ފެނިގެންދާނެއެވެ. 

ތަގްސް އޮފް ހިންދުސްތާން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ.

މި ފިލްމާއި ބެހޭގޮތުން މީގެ ކުރިން އާމިރު ޚާން ވަނީ ވާހަކަ ދައްކާފައެވެ. އާމިރު ބުނީ މި ފިލްމުގެ އަސްލު ވާހަކަ ބިނާވެގެންވާނީ ފާތިމާގެ މައްޗަށް ކަމަށާއި ދެން ފެންނަ އެކްޓަރުން އެއީ ސަޕޯޓިން އެކްޓަރުން ކަމަށެވެ. ޑަންގަލް އިން މޮޅު އެކްޓިންއެއް ދައްކުވައިދީފައިވާ ފާތިމާ ގެ ކެރެކްޓާގައި އެކި ކަހަލަ ކުލަތަކެއް އެކުލެވޭނެ ކަމަށާއި އޯޑިއެންސް އެ ފިލްމު ބަލައިގަންނާނެ ކަމަށް އާމިރު ބުންޏެވެ. އާމިރު ޚާންގެ "ޑަންގަލް"ގައި ފާތިމާ އަދާކޮށްފައިވަނީ އާމިރުގެ ދަރިއެއްގެ ރޯލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް