25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ބަލިވެ ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލިއްޖެ

  • ިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 3-0 ގެ ނަތީޖާއަކުން
  • އަންނަ ސީޒަނުގައި ޗެލްސީ ކުޅޭނީ ޔުރޮޕާ ލީގު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 މެއި 2018 | ހޯމަ 03:58 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ޗެލްސީ އަދި ނިއުކާސަލް ކުޅުނު މެޗުގެ ތެރެއިން -- ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޗެލްސީއަށް ފުރުސަތު ގެއްލިއްޖެއެވެ.

ރަށުން ބޭރުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ޓޮޓެންހަމް އަތުން ބަލިވި ނިއުކާސަލްގެ ޓީމުން އެއް ބަދަލު ފެނިގެންދިޔައިރު ޗެލްސީގެ ފުރަތަމަ އެގާރައިން ވަނީ އަށް ބަދަލެއް ފެނިގެންގޮސްފައެވެ. އެގޮތުން ރޮސް ބާކްލީ އާއި އޮލިވިއާ ޖިރޫ އަދި އެޑެން ހަޒާޑް ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިން މި މެޗުގައި ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ޗެލްސީގެ ފަރާތުން މާ އެދެވޭ ކުޅުމެ ފެނިގެންގޮސްފައިނުވާއިރު ނިއުކާސަލްގެ ކުޅުންތެރިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ޗެލްސީގެ ކީޕަރު ތީބައު ކޯޓުވާ ގިނަ ސޭވްތަކެއް ކުރަމުންދަނިކޮށް މެޗުގެ 23 ވަނަ މިނެޓުގައި އޭނާ ކޮޅަށް ނިއުކާސަލްގެ ފުރަތަމަ ލަނޑު ވައްދާލީ ޑްވައިޓް ގޭލްއެވެ. ޗެލްސީއަށް މި ލަނޑަށް ފަހުވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ނިއުކާސަލްގެ ކުޅުންތެރިން ވަނީ ފުލުފުލުގައި ޗެލްސީގެ ގޯލާއި އަމާޒުކޮށް ހަމަލާތައް ފޮނުވާލާފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއުކާސަލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޗެލްސީއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް ޗެލްސީގެ ކުޅުންތެރިންނަށް އެ ކުޅުންތެރިން އުފެއްދި ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ނިއުކާސަލްއިން ވަނީ މެޗުގެ 59 ވަނަ  މިނެޓުގައި ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޔޯޒީ ޕެރޭޒްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ލަނޑެއް ޖަހާ އޭނާ ވަނީ އަނެއްކާ ވެސް އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި މެޗުން ބަލިވުމާއެކު މިދިޔަ ސީޒަނުގެ ޗެމްޕިއަނުންގެ ގޮތުގައި މި ސީޒަނާއި ކުރިމަތިލި ޗެލްސީއަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިފައެވެ. އެ ޓީމު އަންނަ ސީޒަނުގައި ވާދަކުރާނީ ޔުއެފާ ޔުރޮޕާ ލީގުގައެވެ.

ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ބާންލީ ވަނީ 2-1 އިން ބޯންމައުތު އަތުން ބަލިވެފައެވެ. ކްރިސްޓަލް ޕެލަސް 2-0 އިން ވެސްޓް ބްރޮމް ބަލިކުރިއިރު އާސެނަލް ވެސް ވަނީ 1-0 އިން ހަޑާސްފީލްޑް ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި 1-0 އިން ވޮޓްފޯޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއރު ސްޓޯކް ސިޓީ ވެސް ވަނީ 2-1 އިން ސްވަންސީ ބަލިކޮށްފައެވެ. ހަމައެހެންމެ ވެސްޓް ހަމް ވެސް ވަނީ 3-1 އިން އެވަޓަން ބަލިކޮށްފައެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގައި ކުޅުނު 38 މެޗުން ލިބުނު 70 ޕޮއިންޓާއެކު ފަސްވަނައިގައި ޗެލްސީ އޮތްއިރު 44 ޕޮއިންޓާއެކު ނިއުކާސަލް އޮތީ ތާވަލުގެ 10 ވަނައިގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް