24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސަލާހުގެ ރެކޯޑް ލަނޑާއެކު ލިވަޕޫލް ގަދަ ހަތަރެއް ޔަގީންކޮށްފި

  • ބްރައިޓަން އަތުން ލިވަޕޫލް މޮޅުވީ 4-0 އިން
  • 32 ލަނޑާއެކު މި ސީޒަނުގެ ރަން ބޫޓު ގެންދިޔައީ ސަލާހު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 މެއި 2018 | ހޯމަ 03:21 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ލިވަޕޫލް އަދި ބްރައިޓަން ކުޅުނު މެޗުގެ ތެރެއިން -- ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި މުހައްމަދު ސަލާހު މުގުރާލި ރެކޯޑާއެކު ލިވަޕޫލް ގަދަ ހަތަރެއްގެ ޖާގައެއް ޔަގީންކޮށްފިއެވެ.

އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ބްރައިޓަންގެ މައްޗަށް ލިވަޕޫލް ކުރި ހޯދިއިރު ސަލާހު ވަނީ މި މެޗުގައި ލަނޑު ޖަހާ އެއް ސީޒަނެއްގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލާފައެވެ. ލިވަޕޫލްގެ ފުރަތަމަ އެގާރައިން އަނިޔާގެ ސަބަބުން ޖޭމްސް މިލްނާ ފެނިފައިނުވާއިރު ނެތޭނިއެލް ކްލައިން ވެސް ފެނިފައެއް ނުވެއެވެ. މި މެޗަށް ލިވަޕޫލް ނުކުތީ ގަދަ ހަތަރެއް ޔަގީންކުރުމުގެ އުއްމީދުގައެވެ.

ފުރަތަމަ ހާފު ފެށިގެން ލިވަޕޫލްގް ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލިވަޕޫލްގެ ފޯވާޑް ލައިނުން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ސަލާހު ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށްފަހު ވެސް ބްރައިޓަންގެ ގޯލަށް ލިވަޕޫލް ނުރައްކާކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 40 ވަނަ މިނެޓުގައި ލޮވްރެން ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑު ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޑޮމިނިކް ސޮލާންކީ ޖެހިއިރު އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރޫ ރޮބާޓްސަންއެވެ. މި ލަނޑަކީ އޭނާ ލިވަޕޫލްއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި ޖެހި ލަނޑު ވެގެންގޮސްފައިވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސަލާހު ޖެހި 32 ވަނަ ލަނޑަށެވެ. މިއީ ޕްރިމިއާ ލީގުގެ ރެކޯޑަކަށްވާއިރު އޭނާ ވަނީ ޕްރިމިއާ ލީގުގައި ކުޅޭ 17 ޓީމެއް ކޮޅަށް މި ސީޒަނުގައި ލަނޑު ޖަހާފައެވެ. މިއީ ވެސް ޕްރިމިއާ ލީގުގެ ރެކޯޑެކެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގެ ރަން ބޫޓު ވެސް ގެންދިޔައީ ސަލާހުއެވެ. ހަމައެހެންމެ އޭނާ ވެގެންގޮސްފައިވަނީ މި ޝަރަފު ހޯދި މިސްރަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. 

ލިވަޕޫލް ގަދަ ހަތަރެއްގެ ޖާގައެއް ޔަގީންކުރީ ކުޅުނު 38 މެޗުން 75 ޕޮއިންޓް ހަމަކޮށްގެންނެވެ. ބްރައިޓަން އޮތީ ކުޅުނު 38 މެޗުން ލިބުނު 40 ޕޮއިންޓާއެކު 15 ވަނައިގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް