19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ބީއެމްއެލް

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް ނިންމައިފި

  • ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 118.4 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައި
  • އެހެންކަމުން ކޮންމެ ހިއްސާއަކަށް 22 ރުފިޔާ ލިބިގެންދާނެ
  • ބީއެމްއެލްގެ ހިއްސާގެ އަގަށް ވަނީ 240 އިންސައްތައިގެ ކުރިއެރުމެއް އައިސްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 މެއި 2018 | ހޯމަ 02:22 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ރައީސް ޔާމީންގެ އެކައުންޓަށް ވަދެވަފައިވާ 1 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ: އަދީބު


ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ : މުހައްމަދު ޝަރުހާން

ބެންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް އެ ބެންކްއިން ނިންމައިފިއެވެ.

ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 118.4 މިލިއަން ރުފިޔާ ބަހަން ހޮޓެލް ޖެންގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ. އެހެންކަމުން ކޮންމެ ހިއްސާއަކަށް ހިއްސާދާރަކަށް 22 ރުފިޔާ ލިބިގެންދާނެއެވެ.

ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރަކީ ދިވެހި ދައުލަތް ކަމަށްވާއިރު މިދިޔަ އަހަރުގެ ފައިދާއި  ދައުލަތަށް ޓެކްސް އާއި ހިއްސާގެ ގޮތުގައި ޖުމްލަ 378 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

 

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން 

މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބީއެމްއެލްއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 1.416 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ޖުމްލަކަށް 2016 ވަނަ އަހަރާއި އަޅާބަލާއިރު ހަތަރު އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އުފެއްދުންތެރި ނޫން ލޯންތަކުގެ ނިސްބަތް ބެންކުން 20.3 އިންސައްތަ އިން 4.1 އިންސައްތައަށް ދަށްކޮށްފައިވާއިރު އަލަށް ދޫކުރި ލޯންގެ އަދަދު ވަނީ 4.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި މި ލޯންތައް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ ޑިޕޮސިޓްތައް 15 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށާއި މިއީ މާކެޓަށް ބަލާއިރު ޑިޕޮސިޓް އިތުރުވާ މިންވަރަށްވުރެ މަތީ ނިސްބަތެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މީގެއިތުރުން ބޭންގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ހިފެހެއްޓިފައިހުރީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ވެސް ބެންކްއިން ބުނެފައިވެއެވެ.

ބީއެމްއެލްގެ ހިއްސާގެ އަގަށް ވަނީ 240 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް