23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

އެސްޓީއޯ މާލޭ ލީގު

ޓީސީ އަދި މާޒިޔާގެ މެޗު އެއްވަރުވެއްޖެ

  • މި ދެ ޓީމު ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 މެއި 2018 | އާދީއްތަ 20:20 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


ޓީސީ އަދި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން -- އިމޭޖަސް.އެމްވީ

އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ދެ ޓީމު ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗާއި މާޒިޔާއިން ކުރިމަތިލީ ލީގުގެ ކުރީގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަކުރުމަށެވެ. ހަމައެހެންމެ ޓީސީ އަތުން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވި މާޒިޔާއިން ނުކުތީ ބަދަލުކުރަންށެވެ. މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޓީސީގެ މިޑްފީލްޑަރު ޔާމީން އިބްރާހިމް (ޔާމްބެ) އަދި ބިދޭސީ ޑިފެންޑަރު އަލާ ނާސިރު ފެނިފައެއް ނުވެއެވެ. ހަމައެހެންމެ އަނިޔާގެ ސަބަބުން މާޒިޔާގެ ޓީމުން އިސްމާއިލް އީސާ (މެސީ) ވެސް ފެނިފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މާޒިޔާއިންނެވެ. މި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ޖަހައިދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. މި ހާފުގައި ޓީސީއަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މާޒިޔާއިން ފުރަތަމަ ހާފު ނިންމާލިރިއިރު ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ސްޓެވާޓް ކޯނެލިއަސްއެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއްގައި ޓީސީގެ ބިދޭސީ ކުޅުންތެރިޔާ އެންޓޮލީ ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު އެ ޓީމަށް ކުޑަކޮށްދީފައެވެ. ޓީސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އާރިފް (އާރީ) އެވެ.

ލީގުގައި ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކު އެއްވަނައިގައި ނިއު އޮތްއިރު ދެވަނައިގައި 17 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ. ތިންވަނައިގައި އީގަލްސް އޮތްއިރު ހަތަރު ވަނައިގައި އޮތީ ޓީސީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް