19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ސެލްޓަ ވީގޯ ކޮޅަށް ރެއާލްއިން ހަ ލަނޑު ޖަހައިފި

  • ސެލްޓައާ ދެކޮޅަށް ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
  • ރެއާލް އޮތީ ލަލީގާގެ ތިންވަނައިގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 މެއި 2018 | އާދީއްތަ 20:01 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ރެއާލްގެ ހަވަނަ ލަނޑު ޖެހުމަށްފަހު ކްރޫސް އުފާ ފާޅުކުރަނީ -- ގެޓީ އިމޭޖާސް

ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑްއިން ހަ ލަނޑު ޖަހައިފިއެވެ.

އަމިއްލަ ދަނޑުގައި ސެލްޓައާ ދެކޮޅަށް ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ޑެނީ ކަވަހާލް އަދި ކްރިސްޓިއާނޯ ރޮނާލްޑޮއަށް ކުޅެވިފައިނުވާއިރު ޒިދާން ވަނީ ފުރަތަމަ އެގާރަށް ބޮޑު ބަދަލުތަކެއް ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ސެލްޓައިން ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ގެރެތު ބޭލްއެވެ. އޭގެ ފަސް މިނެޓު ފަހުން ސެލްޓައިން ލަނޑެއް ޖެހިނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ރެއާލްގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ބޭލްއެވެ. އޭގެ ދެ މިނެޓު ފަހުން ލަނޑެއް ޖަހާ އިސްކޯ ވަނީ ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ތިން ލަނޑުގެ ލީޑެއްގައި އޮވެ ރެއާލްއިން ފުރަތަމަ ހާފު ނިންމާލިއިރު ސެލްޓައިން ދެވަނަ ހާފު ފަށާފައިވަނީ ވަރުގަދަކޮށެވެ. އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައިނުވާއިރު މެޗުގެ 52 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ޒުވާން ޑިފެންޑަރު އަޝްރަފް ހާކިމީ ވަނީ ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ރެއާލްއިން އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ ވެސް އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ރެއާލްގެ ފަސްވަނަ ލަނޑަކީ ސެލްޓަގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 81 ވަނަ މިނެޓުގައި ރެއާލްގެ ހަވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ބޯޖާ މަޔޯރާލްއެވެ.

ސްޕެނިޝް ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ރަށުން ބޭރުގައި އެޓްލެޓިކޯއިން ވަނީ 1-0 އިން ގެޓާފޭ ބަލިކޮށްފައެވެ. ސެވިއްޔާ އަދި ރެއާލް ބެޓިސް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ވިޔަރެއާލް ވަނީ ރަށުން ބޭރުގައި 4-2 އިން ޑިޕޯޓިވޯ ބަލިކޮށްފައެވެ. އަލާވޭސް އަދި ރެއާލް ސޮސިއެޑާޑް ވެސް ވަނީ އެ ޓީމުތައް ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ.

ލަލީގާގެ ޗެމްޕިއަންކަން ބާސާއިން ހޯދާފައިވާއިރު ދެވަނައިގައި 78 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑްއެވެ. ކުޅުނު 37 މެޗުން ލިބުނު 75 ޕޮއިންޓާއެކު ތިންވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު ހަތަރު ވަނައިގައި 70 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް