22 މެއި 2018 | އަންގާރަ | 03 ރޯނު

ކަނޑު އަޑީގެ ކައިވެނި

ކަނޑު އަޑީގައި ކައިވެނިކޮށް، ކައިވެނީގެ ހެދުމުގައި ދެމަފިރިން ޑައިވްކޮށްފި

  • މީ ދިވެއްސަކު ކަނޑު އަޑީގައި ކުރި ދެވަނަ ކައިވެނި، ކުރިންވެސް ކައިވެނިކޮށްފައިވަނީ މި އާއިލާގެ ކުއްޖެއް
  • ކައިވެންޏަށްފަހު ދެމަފިރިން ވަނީ އެކުގައި ޑައިވްކޮށްފަ
  • ކައިވެނީގެ ހަފްލާއަށް މުޅިއެކު ގާތްގަނޑަކަށް ތިންގަޑިއިރު ހޭދަކުރި
އާމިނަތު ނުޒުހާ | nuzu8121

| 13 މެއި 2018 | އާދީއްތަ 19:59 | |



ސަބްމެރިންގައި ކައިވެނިކުރުމަށް ފަހު އެ ދެމަފިރިން ޑައިވް ކުރަނީ -- މަލްޓި މެރިން ސާވިސް

ދިވެއްސަކު ފުރަތަމަ ފަހަރަށް ކަނޑުގެ އަޑީގައި ކައިވެންޏެއް ކުރީ މީގެ 17 އަހަރު ކުރިންނެވެ. އެއީ 2001 ވަނަ އަހަރު ވޭލް ސަބްމެރިންގައެވެ. އެ ރެކޯޑް މުގުރާލީ ހަސަން އަހުމަދު މަނިކު ނުވަތަ މަޝްހޫރު "ލަކުޑިބޯ" އާއިލާއިންނެވެ. 17 އަހަރަށް ފަހު އަނެއްކާވެސް ހަމަ އެ އާއިލާއިން މި ވަނީ އެ ރެކޯޑް އާކޮށްފައެވެ.

މިފަހަރު ހަސަން އަހުމަދު މަނިކު "ލަކުޑިބޯ" އަށް ބޮޑުބޭބެ ކިޔާ އެއާއިލާގެ މައުރޫފް ސަލީމުގެ ދަރިފުޅު މުހައްމަދު މަފްޒޫލް މައުރޫފެވެ. މަޝްހޫރު ލަކުޑިބޯ އާއިލާއަކީ ގިނަ ޑައިވަރުންތަކެއް އެ އާއިލާއަކަށް ނިސްބަތްވާ އާއިލާއެކެވެ. ކަނޑުގެ އަޑީގައި މިފަދަ ދެވަނަ ކައިވެންޏެއް އެ އާއިލާގެ ކުއްޖަކު ކުރުމަށް ޝައުގުވެރިވި މައިގަނޑު ސަބަބަކީ އެއީކަމަށް ވުން އެކަށީގެންވެއެވެ.

23 އަހަރުގެ މަފްޒޫލް މައުރޫފާއި 18 އަހަރުގެ ރާނިޔާ އަޝްރަފް ކައިވެނި ކުރީ 3 އަހަރު އެ ދެ ޒުވާނުން ރަށްޓެހިވެގެން އުޅުމަށްފަހުއެވެ. ރާނިޔާ އަކީވެސް ޑައިވް ކުރާ ޒުވާނަކަށް ވުމުން ކަނޑު އަޑީގައި ކައިވެނި ކުރުމަކީ އެމީހުން ދެކެމުން އައި ހުވަފެނެކެވެ. ދެމީހުންގެ ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ 13 މެއި 2018 ވަނަ ދުވަހުގެ މެދުރު ފަހު 3.40 ގައި ކަނޑުގެ އަޑީގައި މަފްޒޫލް އޭނާގެ އަނބި "ރާނީ" ގަބޫލު ކުރުމާއި އެކުގައެވެ. އެއާއިއެކު 1700ރ ގެ ރަން ރާނިޔާއަށް ރައްދުކުރެވުނެވެ.

މަފްޒޫލް އާއި ރާނިޔާގެ ކައިވެނީގެ ތެރެއިން

"ދެމީހުންވެސް ޑައިވް ކުރަން. އެހެންވެ ހިތަށް އެރީ ތަންކޮޅެއް ޔުނިކް ކަމެކޭ ކުރާނީ، އެހެންވެ ކަނޑު އަޑީގައި ކައިވެނި ކުރަން އުއްމީދު ކުރީ" ބޭނުންވާ ގޮތަށް ކައިވެނި ކުރެވުނީތީ އުފަލުން ފޮޅިފައި އިން ރާނިޔާ ބުންޏެވެ.

ކައިވެނި ހަފްލާތައް އިންތިޒާމުކުރާ މަޝްހޫރު ވެޑިންގް ޕްލޭނިންގ ކުންފުނި "ޕަރފެކްޓް ސެލެބްރޭޝަންސް" އިން މި ކައިވެނީގެ ކަންކަން އިންތިޒާމުކޮށް ރޭވިފައިވާ ގޮތަށް ވޭލް ސަބްމެރިންގައި 30 މީޓަރަށްވުރެވެސް އަޑީގައި ކައިވެނިކޮށް ނިންމާލީ ހަމަ "ޕަރފެކްޓް" ކޮންނެވެ.

ކައިވެނީގެ ކަންކަން ސަބްމެރިންގައި ކޮށް ނިންމާލުމަށްފަހު، ޑައިވް ކުރާ އެ ދެމަފިރިން ބޭނުންވީ ކައިވެނީގެ ރީތި ހެދުމުގައި ކަނޑުގެ އަޑީގައި ފީނާލުމަށެވެ. އެހެންކަމުން ކައިވެނި ނިންމާލައި އެ ދެމީހުން އެރީ ސަބްމެރީންގެ ޕްލެޓް ފޯމަށެވެ. އެމީހުން ބޭނުންވި ގޮތަށް ކަނޑުގެ އަޑިއަށް ފީނުމަށް ތައްޔާރުވުމަށެވެ.

 

ކައިވެންޏަށްފަހު އެ ދެމީހުން ޑައިވްކުރުމަށް ތައްޔާރު ވަނީ

އޭރު 12 ޑައިވަރުންގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ޑައިވަރުންގެ ޓީމެއް އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އިންތިޒާމު ކުރެވިފައިވާގޮތަށް ޑައިވިން ގިއަރ އަޅައި ދެމީހުން ތައްޔާރުވެލީ ކަނޑުގެ އަޑިއަށް ފީނުމަށެވެ.

އޭރު އާއިލާގެ އެންމެން ތިބީ، ސަމްމެރިންގްގެ އެތެރޭގައި، ވަށައިގެންވާ ކަނޑުއަޑީގެ ރީތި ބަގީޗާގެެ ތެރެއިން އެ މީހުން ޑައިވްކޮށްފައި އައިސް އިޝާރާތެއް ކޮށްލާނެ ވަގުތަކަށް އިންތިޒާރުކޮށްގެންނެވެ.

"މަލްޓި މެރިން ސާވިސް" ގެ ކެމެރާތަކުން ދިޔައީ އެ ހުރިހާ މަންޒަރެއް ވީޑިއޯކޮށް ފޮޓޯ ނަގަމުންނެވެ. އަންޑަރވޯޓަރ ވީޑިއޯ ތިން ކެމެރާ އަދި ސްޓިލް ތިން ކެމެރާއިން ދިޔައި އެ މަންޒަރުތައް ނަގަމުންނެވެ.

 

ކައިވެންނަށްފަހު އެމީހުގެ ޝުއޫރުތައް ރާއްޖެޓީވީއާއި ހިއްސާކުރި

ސަބްމެރިންގެ ވަށައިގެން ކަނޑުގެ 31 މީޓަރުގެ އަޑިން ކައިވެނީގެ ހެދުމުގައި މަފްޒޫލް އަދި ރާނިޔާ ފެނުނީ ވަރަށް ހިތްގައިމުކޮށެވެ. އޭރު އެމީހުން ދިޔައީ އާއިލާއާއި ރަށްޓެހިންނަށް ހަނާއަޅަމުންނެވެ. ސަބްމެރިންގައި ތިބި އާއިލާއާއި ރަށްޓެހިންގެ ފޯނުތައްވެސް ހުރީ އެދެމީހުނަށް އަމާޒުވެފައެވެ. ގާތްގަނޑަކަށް 40 ވަރަަކަށް މިނެޓްގެ ޑައިވްއަކަށްފަހު މައްޗަށް އެރިއެވެ. އޭރު ސަބްމެރިންގެ ޕްލެޓްފޯމްގައި އާއިލާއާއި ރަށްޓެހިންނަށް ޚާއްސަކޮށްފައި އޮތް ސައިގެ ކަންތައް އޮތީ ތައްޔާރުވެފައެވެ.

މަފްޒޫލްއާއި ރާނިޔާ 

ރާއްޖޭގައި ކުރެވުނު ކަނޑު އަޑީގެ ދެވަަނަ ކައިވެނި ރޭވިފައިވާގޮތަށް ކޮށް ނިންމާލީ ހީކުރި ވަރަށްވުރެސް ފުރިހަމައަށް ކަމަށް އާއިލާއިން ބުންޏެވެ. މަފްޒޫލްގެ ބައްޕަ މައުރޫފް ސަލީމް ބުނިގޮތިގައި އެ އާއިލާއަށް މީ އާކަމެއް ނޫންނަމަވެސް މި ކުރެވުނު ކައިވެނީގެ ކަންކަން އުންމީދުކުރި ވަރަށް ވުރެވެސް ފުރިހަމައަށް ނިންމާލެވުނީތީ ވަރަށް ހިތްހަމަ ޖެހެއެވެ.

 

ރާނިޔާ ސަބްމެރިންއަށް އަރަނީ

"ޚިޔާލް ކުރިވަރަށްވުރެވެސް ފުރިހަމައަށް މިކަން މި ދިޔައީ. ހީކުރި ވަރަށްވުރެ މާ ބޮޑަށް ހިތްހަމަ ޖެހިގެން މިކަން މި ނިމެގެން ދިޔައީ. ވަރަށް ރައްކާތެރިކަމާއި އެކު ނިމިގެން މި ދިޔައީ. އެކަމާއި ވަރަށް އުފާވެފައި އާއިލާގެ އެންމެންެވެސް މި ތިބީ" މައުރޫފް ބުންޏެވެ.

ރާއްޖޭގައި ކުރެވުނު ކަނޑުއަޑީގެ ދެވަނަ ކައިވެނީގެ މި އުފާވެރި ހަފްލާ ތިން ގަޑިއެއްހާއިރަށްފަހު ނިމެގެން ދިޔައީ، މަފްޒޫލްއާއި ރާނިޔާގެ ދިރިއުޅުމުގައި މިހާތަނަށް ކުރި އެންމެ އުފާވެރި ތަޖުރިބާގެ ދަތުރުގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރާމިޒާ

1 ހަފްތާކުރިން

ކިތައްމެ ޔުނިކުކޮއް ކިތައްމެ ގިނަ ފައިސާތަކެއް ހަރަދުކޮއް ކިތައްމެ ބޮޑު ހަފުލާއެއް ބޭއްވިކަމުގަ ވިޔަސް ކައިވެނި ކުރުމުގެ ކުރިން އެވީ ލޯބި ކައިވެނި ކުރުމައްފަހު އެކައަވެންޏައް ދަރިންލިބި ކައިވެނީގެ އުފާވެރިކަމާއި.މުހިމްމުކަން ދެނެގަނެ އެ ކައިވެނި ދެމެހެއްޓުމުގެ ބަދަލުގަ ކައިވެންޏައް ގިނަދުވަސް ތަކެއް ނުވަނީސް ދެމަފިރިން ގެ ދެމެދުގަ އޮތް އެއްކަލަ ލޯތްބާ އޯގާތެރިކަމާ އެކަކު އަނެކަކައް އޮންނަން ޖެހޭ ތެދުވެރިކަމާ ވަފާތެރިކަން ނެތިިިިިިިި ކައިވެނި ރޫޅި ދަރިން ބިކަވެ މަންމަ ނުވަތަ ބައްޕަ އާ ދަރިފުޅު ވަކިވެ އެދަރިފުޅައް ދާންވީ ކޮން ކޮޅަކިއްކިން ނޭގި ގިނަ ފަހަރައް ދަރިފުޅު މުމައްޗައް ގިނަވެ ބިކަވާން ޖެހުނީ މަ އެއްކަލަ ބޮޑު ހަރަދުކޮއް ގިނަ މީ ހުންނައް ދައުވަތު ދީގެން މޮޅު ގޮތް ގޮތައް ކުރެވޭ ކައިވެނިތަކުގެ އެއްވެސް އަގެއްނެތް. ބޭނުމެއް ނެތްގޮތައް ފައިސާ ގިނަވީމަ މީހުންނައް ދެއްކުން ތެރިވާން ތަޅާ ބުރުވާ ލެވޭ ފައިސާތަކެއް

0
0