19 ޖެނުއަރީ 2019 | ހޮނިހިރު | 02 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ނޭމާ - ރެއާލް

ރެއާލްގައި ނޭމާއާއެކު ކުޅެން ބޭނުންވޭ: މާސެލޯ

  • ނޭމާ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަމުގެ އަޑުތަކެއް ފެތުރިފައިވޭ
  • މާސެލޯ ބުނީ އެންމެ މޮޅު ކުޅުންތެރިން އަބަދުވެސް އަންނާނީ ރެއާލްއަށް ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 މެއި 2018 | އާދީއްތަ 19:42 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  7. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މާސެލޯ އަދި ނޭމާ -- އޭއެފްޕީ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އާއެކު ރެއާލް މެޑްރިޑްގައި ކުޅެން ބޭނުންވާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ނޭމާ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އޭނާ ޕީއެސްޖީ ދޫކޮށްލާނަމަ ފެންނާނީ ރެއާލްއިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ޕީއެސްޖީގެ ރައީސް ނަސަރް އަލް ޚެލައިފީ ވަނީ އެއްވެސް ހާލެއްގައި ނޭމާ ނުވިއްކާނެ ކަމަށް ބުނެފައެވެ.

ރެއާލްއަށް 450 ވަނަ މެޗު ކުޅެދިނުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާސެލޯ ބުނީ އެންމެ މޮޅު ކުޅުންތެރިން އަބަދުވެސް އަންނާނީ ރެއާލްއަށް ކަމަށާއި އެހެންކަމުން އެ ޓީމުގައި ނޭމާއާއެކު ކުޅެން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ނޭމާއާ ވާހަކަ ދެއްކި ނަމަވެސް އެއްވެސް ވަރަކަށް ޕީއެސްޖީ ދޫކޮށްލުމަށްފަހު ރެއާލްއާ ގުޅެން ބުނެފައިނުވާނެ ކަމަށެވެ.

މާސެލޯ އަދި ނޭމާ މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމާއެކު ފެންނާނެއެވެ. ބްރެޒިލް ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީގައެވެ. ވޯލްޑް ކަޕްގެ ތެރޭގައި އެއްވެސް ވަރަކަށް ޓްރާންސްފާގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ނުދައްކާނެ ކަމަށް މާސެލޯ ވަނީ ބުނެފައެވެ.

މާސެލޯ ބުނީ ރަޝިއާއަށް ބްރެޒިލް ދާނީ ވަރަށް މުހިންމު ކަމެއް ކުރަން ކަމަށާއި އެއްވެސް ވަރަކަށް ޓްރާންސްފާގެ ވާހަކަ ނުދައްކާނެ ކަމަށެވެ. އެގޮތުން ރަޝިއާއަށް ދަނީ ގައުމު ތަމްސީލްކުރަން ކަމަށާއި އެހެންކަމުން ގައުމީ ޓީމާއެކު އެފަދަ ކަމެއް ކުރަން ބޭނުންނުވާ ކަމަށް މާސެލޯ ބުނެފައިވެއެވެ.

މާސެލޯގެ އިތުރުން ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ނޭމާ އެ ޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން ކަސިމޭރޯ އާއި ޑެނީ ކަވަހާލް އަދި ޓޯނީ ކްރޫސް ފަދަ ކުޅުންތެރިން ވަނީ ނޭމާ ރެއާލްއަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ. ހަމައެހެންމެ އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ ނޭމާއަކީ ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށް ބުނެފައެވެ.

ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ސްޕެއިންގެ ބާސެލޯނާ ދޫކޮށްލުމަށްފަހު ޕީއެސްޖީއަށް ބަދަލުވެ ނޭމާ މޮޅު ކުޅުމެއް ދެއްކިއިރު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ސީޒަން ނިމިފައެވެ. ވޯލްޑް ކަޕަށް ފިޓްވުމަށް ނޭމާ މަސައްކަތްކުރަމުންދާއިރު ބެލެވޭ ގޮތުގައި ޕީއެސްޖީއިން އޭނާ ވިއްކާނީ 250 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަދަދަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް