24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ޑެނީ އަލްވޭސް

ޗެމްޕިއަންކަން ލިބުމުން އުފަލެއްވެސް ނުވި: އަލްވޭސް

  • އަލްވޭސްގެ ކަނާތު ފައިގެ ކަކުލު ހުޅަށް ވަނީ އަނިޔާވެފައި
  • އޭނާ ސާޖަރީއެއް ފުރިހަމަ ކުރަންޖެހޭ
  • ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި އަލްވޭސް ނުފެންނާނެކަން ކަށަވަރުކޮށްދީފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 މެއި 2018 | އާދީއްތަ 19:24 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައިފި


ބްރެޒިލްގެ ގައުމީ ޓީމުގެ ޖާޒީގައި އަލްވޭސް -- ގެޓީ އިމޭޖާސް

ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ލިބުނު ނަމަވެސް އެވަގުތު އެއްވެސް ވަރަކަށް އުފާނުވި ކަމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފިއެވެ.

އަލްވޭސް މިހެން ބުނެފައިވާއިރު އޭނާއަށް ފްރެންޗް ކަޕްގެ ފައިނަލުގައި ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލެސް ހެބިއާސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ, ވޯލްޑް ކަޕް ވެސް ވަނީ ގެއްލިފައެވެ. އެ މެޗުގައި އޭނާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ކަނާތު ކަކުލުގެ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އެ މެޗުގެ 86 ވަނަ މިނެޓުގައި ދަނޑުން ބޭލިއެވެ.

ޕީއެސްޖީއިން އުއްމީދުކުރި ގޮތުގައި އޭނާއަށް ވޯލްޑް ކަޕް ނުގެއްލޭނެއެވެ. އެގޮތުން ފުރަތަމަ ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި އަލްވޭސް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ ތިން ހަފްތާގެ މުއްދަތަކަށެވެ. އެހެން ނަމަވެސް ފަހުން ހެދި ޓެސްޓްތަކަށް ފަހު އޭނާ ސާޖަރީއެއް ފުރިހަމަ ކުރަންޖެހޭކަން ކަށަވަރުވުމާއެކު އޭނާ ހަ މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަން ކަށަވަރު ވެގެންދިޔައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އަލްވޭސް ބުނީ ކަކުލަށް ތަދުވި ވަގުތުވެސް އޭނާއަށް ވޯލްޑް ކަޕް ގެއްލޭނެކަން އެނގިގެންދިޔަ ކަމަށާއި އެވަގުތު ކުރެވުނު އިހުސާސްތައް ކިޔައިދޭންވެސް ނޭނގޭ ކަމަށެވެ. އޭނާ ބުނީ ޗޭންޖިންގ ރޫމްގައި ޑޮކްޓަރުން އޭނާ ގާތުގައި ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ވަގުތު އެނގޭނީ ހަދާ ޓެސްޓްތަކަށްފަހު ކަމަށް ބުނިކަމަށާއި އެހެން ނަމަވެސް އޭރުވެސް ސީޒަން ނިމުނު ކަން އެނގުނު ކަމަށެވެ.

ތަށި ކާމިޔާބުކުރުމަށްފަހު ހުރިހާ ކުޅުންތެރިންވެސް އުފާ ފާޅުކުރުމަށް ޗޭންޖިންގ ރޫމަށް ދިޔަ ވަގުތު އޭނާ އެއްވެސް ވަރަކަށް އުފާ ފާޅުނުކުރާ ކަމަށާއި އެކަމާއި ކުޅުންތެރިން ސުވާލު ކުރިކަމަށްވެސް އަލްވޭސް ބުނެފައިވެއެވެ. ކުޅުންތެރިންނާއެކު އެވަގުތު މަޖާ ކުރުމަށް މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް އެކަން ކުރުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށް ކަމަށް އަލްވޭސް ބުނެފައިވެއެވެ. އަލްވޭސް ބުނީ ވޯލްޑް ކަޕަށް ނުދެވުނު ނަމަވެސް އޭނާގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި ކެރިއަރުގައި ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

ވޯލްޑް ކަޕަށްދާ ބްރެޒިލްގެ ޓީމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އަލްވޭސް ބުނީ މިވަގުތު އޮތް ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި މިވަގުތު ހުރި ކޯޗަކީ ތަށްޓާއި ހަމަޔަށް ޓީމް ގެންގޮސްދޭނެ ކޯޗެއް ކަމަށެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި އަލްވޭސް ނުފެންނާނެކަން ކަށަވަރުކޮށްދީފައެވެ. އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ ގައުމީ ޓީމުގެ ޓެކްނިކަލް ޓީމުން އެދެނީ ވީހާވެސް އަވަހަށް އޭނާ އަނިޔާއިން ރަނގަޅުވެ ޓީމާއި އަލުން އެނބުރި ގުޅުން ކަމަށާއި އޭނާގެ ލީޑާޝިޕާއި މަސައްކަތް ޓީމަށް ބޭނުންވާ ކަމަށެވެ.

އަލްވޭސް ވަނީ އޭނާގެ ކެރިއަރުގައި ބްރެޒިލްގެ ގައުމީ ޓީމަށް 2006 ވަނަ އަހަރުން ފެށިގެން 106 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިދީފައެވެ. 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބްރެޒިލް ކުޅުނު ވޯލްޑް ކަޕްގައި އަލްވޭސް ރަނގަޅު ކުޅުމެއް ދެއްކިއިރު އޭނާގެ ބަދަލުގައި މިފަހަރު ސްކޮޑަށް ނަގާނެ ކަމަށް ބެލެވެނީ މެންޗެސްޓާ ސިޓީގެ ޑެނީލޯ ނުވަތަ މޮނާކޯއަށް ކުޅެމުން އަންނަ ފަބީނިއޯއެވެ.

ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް މިފަހަރު ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް