20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފުލުހުން

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

  • އިރުފާން ހޯދަން އިއުލާނުކުރީ ޖޫން މަހު
  • ފާތިރުގެ މަރާ ގުޅިގެން 15 އަހަރުގެ ކުއްޖެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 18:19 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ފުލުހުންގެ މައި އިދާރާ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކުރި މ. ކުރިރުއްމަގު، އިރުފާން ރުޝްދީ އަދިވެސް ނުހޯދޭ ކަމަށް ފުލުހުން ބުނެފި އެވެ.

 

އުމުރުން 14 އަހަރުގެ ފާތިރު މަރާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:20 ހާއިރު އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފާތިރު މަރާލާފައިވަނީ ގްރޫޕަކުން ސަރުމާގެ އަށް ވަދެ ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާއާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ފާތިރު ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

 

ފާތިރު މަރާލުމުގެ ކުރިން އެ ދުވަހުގެ ހަވީރު، މާލޭގައި އިތުރު ކުއްޖަކު ވެސް މަރާލާފައި ވެއެވެ. ފުލުހުން ބުނި ގޮތުގައި އެ ދުވަހުގެ ހަވީރު މަރާލި ކ. ކާށިދޫ  ރަންފަރު، އުމުރުން 14 އަހަރުގެ އަހުމަދު އިރުޝާން ހިލްމީގެ މަރާ ފާތިރުގެ މަރާ ވަނީ ގުޅިފަ އެވެ. އެގޮތުން އިރުޝާން މަރާލުމުގެ ފާތިރު ބައިވެރިވެފައިވާ ކަމަށާއި ފާތިރު މަރާލާފައިވަނީ އެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

 

އިރުޝާންގެ މަރާލި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ އޯގަސްޓް މަހު ދައުލަތުން ވަނީ ތިން ކުއްޖެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކޮށްފަ އެވެ.

 

ފާތިރުގެ މަރާ ގުޅިގެން އުމުރުން 21 އަހަރުގެ އިރުފާން ހޯދުމަށް ފުލުހުން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އިރުފާން އާއެކު ގދ. ތިނަދޫ، ލަވްނެސްޓް އިބާދަތް ލަތީފް ހޯދުމަށް ވެސް ފުލުހުން އިއުލާނުކުރި އިރު، އިބާދަތު ފެނުނީ ޖޫން މަހުގެ 24 ވަނަ ދުވަހު ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށެވެ. އިބާދަތުގެ މައްޗަށް މިމަހުގެ ތެރޭގައި ދައުލަތުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

 

ފުލުހުން ބުނީ އިރުފާން ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އޭނާ ހޯދައިގަނެވޭ ގޮތް ވެފައިނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް