21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ސަލާހު

  • މި ސީޒަނުގައި އޭނާ ކުޅުނު 37 ޕްރިމިއާ ލީގު މެޗުގައި 31 ލަނޑު ޖަހާފައިވޭ
  • ސަލާހު ވަނީ މީގެކުރިން ޗެލްސީއާއެކު ވެސް ޕްރިމިއާ ލީގުގައި ކުޅެފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 މެއި 2018 | އާދީއްތަ 18:30 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  7. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ސަލާހު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު -- ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފިއެވެ.

އުމުރުން 25 އަހަރުގެ ފޯވާޑް ވަނީ މިހާތަނަށް މި ސީޒަނުގައި އޭނާ ކުޅުނު 37 ޕްރިމިއާ ލީގު މެޗުގައި 31 ލަނޑު ޖަހާފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 34 މިލިއަން ޕައުންޑަށް އިޓަލީގެ ރޯމާ ދޫކޮށްލުމަށްފަހު ލިވަޕޫލްއާ ގުޅުނު ސަލާހު އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެއް ސީޒަނެއްގެ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނައިން ޖަހާފައިވަނީ 31 ލަނޑަށްވާއިރު ސީޒަނުގެ އެންމެ ފަހު މެޗުގައި މި ރެކޯޑް މުގުރާލުމުގެ ފުރުސަތު ސަލާހުއަށް އެބައޮތެވެ. މިވަގުތު މި ރެކޯޑް އޮންނަނީ ނިއުކާސަލްއަށް ކުޅުނު އެލަން ޝިއަރާ އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ލިވަޕޫލްއަށް ކުޅުނު ލުއިސް ސުއަރޭޒްގެ އަތުގައެވެ.

މި އެވޯޑް ލިބުމަށްފަހު ލިވަޕޫލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުނެފައިވަނީ އޭނާއަށް މި އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށައި އަލުން އެނބުރި ޕްރިމިއާ ލީގާއި ގުޅުމަށްފަހު އެ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކުމަކީ އޭނާގެ އަޒުމެއް ކަމަށެވެ. ސަލާހު ބުނީ އޭނާގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ކަމަށާއި ދަނޑުން ބޭރުގައިވެސް ކްލޮޕްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އޭނާ ބުނީ ކްލޮޕްއަށް ވަރަށް ބޮޑަށް އިހުތިރާމެއް ކުރާ ކަމަށާއި މިއަހަރަކީ ލިވަޕޫލްއަށް ހާއްސަ އަހަރަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ސަލާހު ވަނީ މީގެކުރިން ޗެލްސީއާއެކުވެސް ޕްރިމިއާ ލީގުގައި ކުޅެފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމަޔަށް ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ސަލާހު ދެމިހުރިއިރު އެ ޓީމާއެކު އޭނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެން ނަމަވެސް މި ސީޒަނުގައި ލިވަޕޫލްއަށް ބަދަލުވުމަށްފަހު ސަލާހު ވަނީ އެ ޓީމަށް ކުޅުނު 50 މެޗުގައި 43 ލަނޑު ޖަހާފައެވެ.

ސަލާހު ވެގެންގޮސްފައިވަނީ މައިކަލް އޮވެން އަދި ލުއިސް ސުއަރޭޒްއަށްފަހު މި އެވޯޑް ހޯދި ލިވަޕޫލްގެ ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ސަލާހު ވަނީ މިހާތަނަށް އިނގިރޭސިވިލާތާއި ވޭލްސްގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ވޯޓާއެކު ހޮވާ ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ނޫސްވެރިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. ބެލެވޭ ގޮތުގައި މިއަހަރު ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށްވެސް ސަލާހު ވާދަކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް