22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފޭދޫ ފިނޮޅު

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

  • 50 އަހަރު ތެރޭ 80 މިލިއަނެއްހާ ޑޮލަރު ފުލުހުންނަށް ލިބޭނެ
  • ފޭދޫ ފިނޮޅު ޓޫޜިޒަމަށް ނެގިޔަސް ދަތިކަމެއް ނެތް
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 18:16 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު
  8. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި


ފޭދޫ ފިނޮޅު، -- ގޫގުލް

މާލެ އަތޮޅު ފޭދޫ ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކުރުމުން ފުލުހުންނަށް މާލީ ގޮތުން ފައިދާކުރާނެ ކަމަށް ފުލުހުންގެ ވެލްފެއާ ކުންފުނީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، އެސިސްޓެންޓް ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވިދާޅުވެއްޖެ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މަންނާނު ވިދާޅުވީ ފޭދޫ ފިނޮޅު ދޫކޮށްފައިވަނީ 50 އަހަރަށް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބައޮތް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ފުލުހުންގެ ވެލްފެއާ އަށް މާލީ ގޮތުން ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.

 

މަންނާނު ވިދާޅުވީ ފޭދޫ ފިނޮޅާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ފުލުހުންނާ ދެމެދު މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، މިނިސްޓަރު ހާމަކުރައްވާފައިވަ ގޮތަށް ފުލުހުންގެ ވެލްފެއާ އަށް ފައިދާ ލިބޭނެ ކަމަށެވެ.

 

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި އެ ރަށް ވިއްކާލާފައިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުންޏަށް 50 އަހަރުގެ ތެރޭގައި 80 މިލިއަނެއްހާ ޑޮލަރު ވަންނަ ގޮތަށެވެ.

 

ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، ފުލުހުންގެ ވެލްފެއާ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ފޭދޫ ފިނޮޅު ޗައިނާގެ ކުންފުންޏަކަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ. ފޭދޫ ފިނޮޅު ގަނެފައިވަނީ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެެވެ.

 

ޕާލް އެޓޯލް ކުންފުންޏަކީ ޗައިނާގެ ޝެންޒެން ސުުންޕެން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ހޮންގ ކޮންގެ މިރީޗް އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ އިތުރުން އައްޑޫ ވިޔަފާރިވެރިޔަކު ހިއްސާވާ ކުންފުންޏެކެވެ.

 

މައިގަނޑު ގޮތެއްގައި ފުލުހުންގެ ތަމްރީނުތަކަށް ބޭނުން ކުރަމުންދިޔަ ފޭދޫ ފިނޮޅު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެ ރަށް ހުސްކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މަންނާނު ވިދާޅުވީ އެ ރަށް ދޫކޮށްލަންޖެހުނަސް ފުލުހުންނަށް އެއްވެސް ގޮތަކުން ދަތި ނުވާނެ ކަމަށެވެ.

 

މަންނާނު ވިދާޅުވީ ގުޅީފަޅުގައި އަޅާ ޕޮލިސް އެކެޑަމީއާއެކު، ފޭދޫ ފިނޮޅުގައި ހިންގަމުން އައި ތަމްރީނުތަކާއި އެހެނިހެން ކަންތައްތައް އެ ރަށަށް ބަދަލުވެގެންދާނެ ކަމަށެވެ.

 

ޕޮލިސް އެކަޑަމީ އެޅުމަށް ގުޅީ ފަޅުން 240،000 އަކަފޫޓޫގެ ބިމެއް 99 އަހަރަށް ފުލުހުންނަށް ވަނީ ދީފަ އެވެ. އެ ބިމުގެ އެއްެބަސްވުމުގައި ފުލުހުންނާއި ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑް ސޮއިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

 

ބީލަމަކާ ނުލައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރާ ރަށްތަކުގެ ލިސްޓު އޮކްޓޯބަރު މަހު އިއުލާނުކުރުމާއެކު ފޭދޫ ފިނޮޅު ވިއްކާނުލުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކާއި ބައެއް އާންމު ރައްޔިތުން ވެސް ވަނީ ގޮވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް