20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އޭސީސީ

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

 • 50 މެޓްރިކްޓަނުގެ ކަދުރުގެ ތެރެއިން 500 ފޮށި މުލީއާގެ އިން ނެގި
 • ސަދަގާތު ފައުންޑޭޝަނުން ކަދުރު ބެހީ އެ ފައުންޑޭޝަނުގެ ނަމުގައި
 • ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތް
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 18:10 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


މެޑަމް ފާތުމަތު އިބްރާހިމް ދީދީ -- ގޫގުލް

އޭސީސީން ބުނީ ފަގީރުންނާއި ނިކަމެތިންނަށް ދަރުމައަށް ކަދުރު ބެހުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް މުލީއާގޭގައި އެދިފައިވާ ފަރާތްތަކަށް މުލީއާގެއިން ކަދުރު ހަވާލުކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކޮށްފައިވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ކަމަށެވެ.

 

އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެމައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނަޑައަޅައި އެ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

 

މީގެ އިތުރުން، އޭސީސީން ބުނެފައިވަނީ ބޭރުގެ އެކިއެކި ގައުމުތަކުންނާއި އެހެނިހެން ގޮތްގޮތުން ވެސް ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލޭ ގޮތަށް ޢަމަލު ކުރަމުންދާކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

 

އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ބެހުމަށްޓަކައި ވަކިވަކި އޮފީސްތަކާ ނުވަތަ ޖަމިއްޔާތަކާ ހަވާލުކުރާ ނަމަ، އެތަކެތި އެފަރާތްތަކާ ހަވާލުކުރާނެ ހަރުދަނާ އުސޫލެއް ކަނޑައަޅައިގެން އެއުސޫލުގެ ދަށުން އެކަން ކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

 

މެޑަމް ފާތުމަތުގެ ސަދަގާތު ފައުންޑޭޝަނުން، އެ ފައުންޑޭޝަންގެ ނަމުގައި ކަދުރު ބެހި މައްސަލަ ފެންމަތިވެ، އެކި ފަރާތްތަކުން ފާޑުކިޔަން ފެށުމާއެކު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވަނީ ބަޔާނެއް ނެރެ އެ ކަދުރަކީ އެގައުމުން ހަދިޔާކުރި ކަދުރު ކަމަށް ބުނެފަ އެވެ.

 

އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ މުޖުތަމައުގައި ތިބި ފަގީރުންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އަދި އެހީތެރިކަމަށް ބޭނުން ވެފައިވާ މީހުންނަށް މެޑަމް ފާތުމަތު އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވަނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމަށެވެ.

 

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވަނީ ފަސްޓް ލޭޑީ ކަދުރު ބެއްސެވިއަސް އަދި އިޖުތިމާއީ އެހެން ހިދުމަތެއް ކުރެއްވިޔަސް، އެ ކަމެއް ކުރައްވަނީ ދީލަތި ފަރާތްތަކުގެ އެހީއާ އެކުގައި ކަމަށެވެ.

 

މެޑަމް ފާތުމަތުގެ ފައުންޑޭޝަނާ ކަދުރު ހަވާލުކޮށްގެން ބެހުމުގައި ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް އޭސީސީން ނިންމިއިރު، އެ ފައުންޑޭޝަނުން ކަދުރު ބަހާފައިވަނީ "ސަދަގާތު ފައުންޑޭޝަންގެ ހެޔޮ އެދުންތަކަކާ އެކު" ޖަހައިގެން، އެ ފައުންޑޭޝަންގެ ނަމުގަ އެވެ.

 

ކަދުރުގެ މައްސަލައިގައި ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް އޭސީސީން ބުނެފައިވާއިރު، އެ ކޮމިޝަނުން ވަނީ އިސްލާމިކް މިނިސްޓްރީގެ ދީނީ ވަގުފް ފަންޑަށް އަބޫދާބީގެ އަމިއްލަ ޖަމާޢަތަކުން ހަދިޔާކޮށްފައިވާ 24,000 ޑޮލަރުގެ ތެރެއިން 12,000 ޑޮލަރު ސަދަގާތު ފައުންޑޭޝަނަށް ދިން ކަމަށް ބުނާ މައްސަލައިގައި ވެސް ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ކަނޑައަޅައި މިދިޔަ ޑިސެމްބަރު މަހު އެ މައްސަލަ ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް