20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އެވެންޖާސް: އިންފިނިޓީ ވޯ

އެވެންޖަރސް: އިންފިނިޓީ ވޯ 1.5 ބިލިއަން ޑޮލަރާއެކު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަށް

  • ފުރަތަމަ ދުވަހު ވެސް ޗައިނާއިން ވަނީ ފިލްމަށް 75 މިލިއަން ޑޮލަރު ލިބިފައި
  • މި ހަފްތާ ބަންދު ނިމޭއިރު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަކަށް އިންފިނިޓޯ ވޯ ވެގެންދާނެ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 މެއި 2018 | ހޮނިހިރު 21:37 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


އެވެންޖަރސް އިންފިނިޓީ ވޯގެ ޕޯސްޓަރު -- ގޫގުލް

މާވެލް ސްޓޫޑިއޯސްއިން ރިލީޒްކޮށްފައިވާ އެވެންޖަރސް އިންފިނީޓް ވޯއަށް މި ހަފްތާ ބަންދު ނިމޭއިރު 1.5 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބޭނެކަމަށް ލަފާކުރެވިއްޖެއެވެ.

މި ފިލްމް ހޮނިހިރު ދުވަހު ޗައިނާގައި ރިލީޒްކޮށްފައިވާއިރު ފުރަތަމަ ދުވަހު ވެސް ޗައިނާއިން ވަނީ މި ފިލްމަށް 75 މިލިއަން ޑޮލަރު ލިބިފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން މި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ އެއް ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު ބެލެވޭ ގޮތުގައި މި ހަފްތާ ބަންދުގެ ތެރޭގައި މި އަދަދު 1.5 ބިލިއަން ޑޮލަރަށްވުރެ އިތުރު ވެގެންދާނެއެވެ. މި ހަފްތާ ބަންދު ނިމޭއިރު އިންފިނިޓީ ވޯ ވެގެންދާނީ ތާރީހުގައި ވެސް ފަސްވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވާ ފިލްމަށެވެ.

މި ހަފްތާ ބަންދު ނިމޭއިރު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަކަށް އިންފިނީޓް ވޯ ވެގެންދާނެކަމަށް ރިޕޯޓްތައް ބުނާއިރު މި ރެކޯޑު މިވަގުތު އޮންނަނީ 2012 ވަނަ އަހަރު ރިލީޒްކުރި "ދަ އެވެންޖަރސް" އަތުގައެވެ. އެ ފިލްމަށް މިހާތަނަށް 1.518 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ބެލެވޭ ގޮތުގައި މި ފިލްމަށް ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރަށްވުރެ އިތުރު އާމްދަނީއެއް ލިބިގެންދާނެއެވެ.

މި ފިލްމް ރިލީސް ކުރިތާ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އުތުރު އެމެރިކާއިން ފިލްމަށް 305.9 މިލިއަން ޑޮލަރު ލިބުނުއިރު އެމެރިކާއިން އެކަނި ވެސް 258 މިލިއަން ޑޮލަރު ލިބުނެވެ.

މާވެލްއިން 2008 ން ފަށައިގެން މިހާތަނަށް 19 ފިލްމް ނެރެފައިވާއިރު، އެ ސްޓޫޑިއޯގެ އެންމެ ކާމިޔާބު ފިލްމަކީ 2012 ވަނަ އަހަރު ރިލީޒްކުރި 'ދަ އެވެންޖާސް' އެވެ.

މާވެލްގެ ފިލްމްތަކަކީ ކޮމިކަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމްތަކަށްވާ އިރު، އޭގެ ވާދަވެރިޔާ ޑީސީގެ 'ޖަސްޓިސް ލީގް'އަށް މުޅިއެކު ލިބިފައިވަނީ 659 މިލިއަން ޑޮލަރެވެ.

މާވެލްގެ ފިލްމްތައް މިހާރު ޑިޒްނީން ޕްރޮޑިއުސް ކުރާއިރު، މިއީ ޑިޒްނީން ޕްރޮޑިއުސް ކުރި ފުރަތަމަ 'އެވެންޖަރސް' ފިލްމެވެ. އަދި ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ހޯދާފައިވާ 10 ފިލްމްގެ ތެރެއިން ނުވަ ފިލްމަކީ ޑިޒްނީގެ ޕްރޮޑަކްޝަންތަކެވެ.

އިންފިނިޓީ ވޯ އިން ހޮލީވުޑްގައި ބޮޑެތި ގިނަ ތަރިންތަކެއް ފެނިގެންދެއެވެ. 50އަށް ވުރެ ގިނަ ތަރިން ފެނިގެންދާ އިރު އޭގެ ތެރޭގައި، އަޔަންމޭންގެ ރޯލް ކުޅޭ ރޮބަޓް ޑައުނީ ޖޫނިއަރ، ތޯރގެ ރޯލް ކުޅޭ ކްރިސް ހެމްސްވަރތު، ހަލްކްގެ ރޯލް ކުޅޭ މާކް ރަފަލޯ، ބްލެކް ވިޑޯގެ ރޯލުން ފެންނަ ސްކާލެޓް ޖޮހާންސަން، ބްލެކް ޕެންތާގެ ރޯލް ކުޅޭ ޗެޑްވޮކް ބޮސްމަން، ލޯކީގެ ރޯލުން ފެންނަ ޓޮމް ހިޑްލްސްޓަން، ހަލްކްގެ ރޯލް ކުޅޭ މާކް ރަފަލޯ ފަދަ ބޮޑެތި ތަރިން ހިމެނެއެވެ. އެވެންޖަރސްއަކީ މާވެލްގެ ހުރިހާ ސުޕަރ-ހީރޯއިންގެ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް